މި ސަރުކާރަކީ ރައްޔިތުންނަށް ޖެހިފައި އޮތް މުސީބާތެއް، މިކަމުން ސަލާމަތްވާންވެއްޖެ: ގަފޫރު

ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްގަފޫރު މޫސާ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްގަފޫރު މޫސާ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ސަރުކާރު ވެރިކަމަށް އައިތާ ދެ އަހަރުވީއިރު ރައްޔިތަކަށްވީ އެއްވެސް ފައިދާއެއް ނެތް ކަމަށާއި މި ވެރިކަމަކީ މުސީބާތެއް ކަމަށް ސިފަކުރައްވައި މިކަމުން ސަލާމާތްވާންޖެހޭ ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އެސްއީޒެޑް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ގަފޫރު ވިދާޅުވީ މި ސަރުކާރު ގެނެވުމަކީ ހެދުނު ގޯހެއްކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ. މި ވެރިކަމުގައި ރައްޔިތަކަށް އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށާއި މި ވެރިކަމަކީ ރައްޔިތުންނަށް އަނިޔާއަކަށްވެފައިވާ ކަމަށް ގަފޫރު ވިދާޅުވި އެވެ.

"އެއްކަމެއް ވެސް ނުވޭ، މުޅިންވެސް ރައްޔިތުންނަށް ތަކުލީފު އޮތީ، ރައްޔިތުންނަށް އޮތީ އަނިޔާވެރިކަން، މި ސަރުކާރަކީ އަނިޔާއަކަށް ރައްޔިތުންނަށް ވެއްޖެ މިހާރު، މިކަމުން ސަލާމަތް ވާންވެއްޖެ، މިއީ ބޮޑު މުސީބާތެއް ރައްޔިތުންނަށް ޖެހިފައި އޮތް،" ގަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ކުޑަކުރާނެ ކަމަށް ބުނި ޑޮލަރުގެ އަގު މިވީހައި ދުވަސްވީރު ވެސް ކުޑަ ނުކުރެވުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑުވި ކާބޯތަކެތީގެ އަގު ވެސް ހެޔޮނުވާ ކަމަށް އެނާ ވިދާޅުވި އެވެ. އެކަމަށް ހައްލު ނުހޯދި އުޅެނިކޮށް، ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރީމާ މާދަމާ ޑޮލަރުގެ އަގު 22 އަށް އަރާނެ ކަމަށް ގަފޫރު ވިދާޅުވި އެވެ.

"ވިދާޅުވެބައްލަވާ ތިޔަ ބުނާ ފޮނި ކަނޑާއިރުގައި މި ސަރުކާރު އައިސްގެން ދެ އަހަރުވީއިރުގައި ރައްޔިތަކަށްވީ ފައިދާއެއް، ކޮންމެ ރައްޔިތަކާ ދިމާވިޔަސް ބޯ ކަހަނީ، ބުނީ ތިމަންނާމެންނަށް ހެދުނު ގޯހެކޭ، ތިމަންނާމެންގެ މުޅި އާމްދަނީ ހަލާކުވެއްޖެޔޭ، މި ނޫން ވާހަައެއް ބުނާ ރައްޔިތަކާ މި ގައުމަކުން މިއަދު ދިމައެއް ނުވޭ،" ގަފޫރު ވިދާޅުވި އެވެ.

"މި ބަލާވެރިކަމާއި މުސީބާތް ގެންނާކަށް ނޫން ރައްޔިތުން ސަރުކާރު ބަދަލުކުރީކީ އިއްޒަތްތެރި ރައީސް، ސާފު ދިރިއުޅުމެއް ހޯދަން، ރައްޔިތުންނަށް ތަނަވަސްކަމާއި ތިޔާގިކަން ހޯދަން ސަރުކާރު ބަދަލުކުރީ، އެކަމެއް ނޫން ފެންނަނީކީއެއް."

ގައުމުގައި ފައިސާއެއް ނެތް ކަމަށް ސަރުކާރުން ބުނަމުންދާއިރު، ޑްރޯންތަކެއް ގަތުމަށް 100 މިލިއަނެއްހާ ރުފިޔާ ސަރުކާރުން މިހާރު ވެސް ހަަރަދުކޮށްފައިވާ ކަމަށް ގަފޫރު ވިދާޅުވި އެވެ. އެފަދަ ކަންކަން ކުރަނީ ސަރުކާރުގައި ފައިސާ ހުރީމާ ކަމަށް ގަފޫރު ވިދާޅުވި އެވެ.

"ކޮން ލާރިއެއް ނެތް ވާހައެއް މި ދައްކަނީ؟ ލާރި ހުރެގެން ކުރާ ކަންކަން އެއީ، ރައްޔިތަކަށް ކަމެއް ކޮށްދޭންވެއްޖެއްޔާ ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގުލާރި ހަދަންވެއްޖެއްޔާ ލާރިހުރޭ. އެއިން ޑްރޯންއެއްގެ އަގު އެނގޭ ރައްޔިތަކު މި ގައުމަކު ނެތް، މިއީ ގައުމެއްތޯ؟ އެހެންވެއްޖެއްޔާ ރައްޔިތުންނަށް އެނގެންޖެހޭނެ އެ މައުލޫމާތު،" ގަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާ ގެއްލިގެން ދަނީ ވައްކަމަށް ކަމަށެވެ. މި ސަރުކާރު ހިންގާ ޕާޓީން ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ބޭނުން ހިފައިގެން ވެސް ކުރަމުން ދަނީ ވައްކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލު ދައްކަވަމުން ގަފޫރު ވިދާޅުވީ ދުންފަތް މަނާކުރުމުގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ވަގު ސިނގިރޭޓުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވެފައިވާ ކަމަށް އެނާ ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ ވެރިކަމެއް ރައްޔިތުން ގެންނަނީ ފޮނި އުއްމީދުތަކާ އެކުގައި ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް ކަން ކުރަމުންދާ ނަމަ ނިމުން ހިތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox