އައްޑޫ ވޯޓު: ސްޓޭންޑެއް ނެތް ކަމަށް ބުނެ ހެއްދެވީ ދޮގުކަން މުއިއްޒުގެ ވާހަކައިން ހާމަވެއްޖެ

ރައީސް މުހައްމަދު މުއިއްޒު: ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް އައްޑޫގައި ވަކި ކައުންސިލްތަކެއް ހަދަން ވަނީ ކެމްޕެއިން ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު: ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް އައްޑޫގައި ވަކި ކައުންސިލްތަކެއް ހަދަން ވަނީ ކެމްޕެއިން ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބަލަން މި މަހު 25 ގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ބުނެ ހެދީ ދޮގުކަން ރައިސް މުހައްމަދު މުއިއްޒުގެ ވާހަކައިން ރޭ ހާމަވެއްޖެ އެވެ.

ލ. އަތޮޅަށް ކުރައްވާ ދަތުރުގައި ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ވަކި ކައުންސިލެއް އުފެއްދުމުން ރަށު ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވަނީ އާންމު ވޯޓު ނަގާ އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އޮތުމުން ލިބޭނެ އަދަދުތައް ވެސް ވިދާޅުވެފަ އެވެ.

"ވަކި ކައުންސިލްތަކެއް އުފެދިއްޖެއްޔާ އެ ކައުންސިލަކަށް، ކައުންސިލެއްގެ ހުރިހާ ހައިސިއްޔަތެއް ލިބޭނެ. ވަކި ބަޖެޓެއް އަންނާނެ. މިހާރު އޮންނަނީ މުޅި ސިޓީއަށް އެއް ބަޖެޓް. މިހާރަކު ވަކިންނެއް ފޭދޫއަކަށް ވަކި ބަޖެޓެއް ނޯވޭ. ހުޅުދޫއަކަށް، މީދޫއަކަށް ވަކި ބަޖެޓެއް ނޯވޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރަށު ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭން ނިންމާފައިވާ އުސޫލުގެ ތެރެއިން ފޭދޫ ކައުންސިލަށް 25 މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް 13 ނުވަތަ 14 މިލިއަން ރުފިޔާ އަދި މީދޫ ކައުންސިލަށް 18 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށެވެ.

"ފޭދޫއަށް ލިބޭނެ ބްލޮކް ގްރާންޓްގެ، ވަކި ކައުންސިލެއް އުފައްދައިފިއްޔާ ފޭދޫ ކައުންސިލަށް ލިބޭނެ އަހަރަކު 25 މިލިއަނެއްހާ ރުފިޔާ. ބްލޮކް ގްރާންޓުގައި. ހުޅުދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 13 ނުވަތަ 14 ވަރަކަށް މިލިއަން ރުފިޔާ ބްލޮކް ގްރާންޓް ގޮތުގައި. މީދޫ ކައުންސިލަށް ލިބޭނެ ގާތްގަނަޑަކަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓް ގޮތުގައި،" މުއިއްޒު ވިދާޅުވި އެވެ.

ވޯޓު ނަގާ ތިން ރަށުން ވަކި ކައުންސިލެއް އުފެއްދުމުން ލިބޭނެ ބްލޮކް ގްރާންޓްތައް ސާފުކޮށްދިނީ ވޯޓުގައި ވަކި ނަތީޖާއެއް ހޯދުމުގެ ބަދަލުގައި ވޯޓުގެ ކަންކަން ނިމުމުން ވެގެންދާނެ ގޮތް ބަޔާން ކޮށްދިނުމަކީ އޮތް ޒިންމާއެއް ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑު މިކަން ރައްޔިތުންނަށް ސާފުކޮށްލަ ދިނުމަކީ ސަރުކާރުން އެއްވެސް ކަހަލަ މީގައި އައުޓްކަމްއެއް، ވަކި ނަތީޖާއެއް ބޭނުން ނުވާ ހާލަތުގައި ވެސް ރައްޔިތުންނަށް ކަންކަން ނިމިގެންދާ ގޮތަކުން ވާނެގޮތް ބަޔާންކޮށްދިނުމުގެ ޒިންމާއަކީ އަޅުގަނޑުގެ ކިބައިގައި ވެސް އޮތް ޒިންމާއެއްކަން ފެންނާތީ ދަންނަވާލީ،" މުއިއްޒު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށްލަން ސަރުކާރުގެ އެއްވެސް ސްޓޭންޑެއް ނެތް ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ވަކި ކައުންސިލެއް އުފައްދަން ހިތްވަރު ލިބޭ ގޮތަށް މުއިއްޒު މިވަނީ ކެމްޕެއިން ކުރައްވައިފަ އެވެ.

މީގެއިތުރުން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ބުނާއިރު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވަނީ މިދިޔަ ހަފްތާ ބަންދުގައި ފޭދޫއަށް ވަޑައިގެން ވަކި ކައުންސިލެއް ހެދުމަށް ކެމްޕެއިން ކޮށްފަ އެވެ.

ފޭދޫ ރައްޔިތުންނާ އައިބީ ބައްދަލުކުރައްވާ ދެއްކި ވާހަކަތަކުގެ ބައެއް އޯޑިއޯ ރެކޯޑިންތަކެއް ވަނީ ލީކުވެފަ އެވެ. އެގޮތުން އެއް އޯޑިއޯއިން ވަނީ ޓީމެއް އައްޑޫ ވޯޓާ ގުޅިގެން ޓީމެއް އޮންނަ ވަރުގަދަ މީހުންނަށް އެކަނި ވަޒީފާ ދިނުމަށް ސީދާ މުއިއްޒު އަންގަވާފައިވާކަން ވަނީ ހާމަވެފަ އެވެ.

މުއިއްޒު ވިދާޅުވީ އެ ވޯޓުގައި ރައްޔިތުން ނިންމާ ކޮންމެ ގޮތެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ކެބިނެޓުން ނިންމީ އޮކްޓޯބަރު 5، ގަ އެވެ. އެ ނިންމުން ކެބިނެޓުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ވޯޓާސް ލިސްޓުގައިވާ ގޮތުން، މި ވޯޓުގައި، 9،577 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. އައްޑޫ އާންމު ވޯޓު ނަގަނީ އެކަށީގެންވާ ވަގުތު ނުދީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އެކަމާ ގުޅިގެން ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox