ޑައިޓް ބުއިންތަކުން ވެސް ފުރަމޭ ހަލާކުކޮށްލަފާނެ

Oct 20, 2025, 8:50 AM
ޑައިޓް ބުއިންތަކުން ވެސް ފުރަމޭ ހަލާކުކޮށްލަފާނެ

ފިނި ބުއިންތައް ނުވަތަ ސޮފްޓް ޑްރިންކްސް އުފައްދާ ކުންފުނިތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ޑޮކްޓަރުންގެ އިންޒާރުތަކެވެ. އެ ޒާތުގެ ބުއިންތަކުގައި ހަކުރު އެކުލެވޭ މިންވަރު މަތިކަމުން އިންސާނުންގެ ސިއްހަތަށް ނުރައްކާކުރާ ވާހަކަ ޑޮކްޓަރުން ދައްކަން ފެށުމުން، ދެން އުފައްދަން ފެށީ ޑައިޓް ބުއިންތަކެވެ. އެހެންކަމުން، އެފަދަ ބުއިންތަކަށް އާދަވެފައި ތިބި މީހުންނަށް ހީވީ، ޑައިޓް ނުވަތަ ލެސް ޝުގާ ނުވަތަ ޒީރޯ ޝުގާ ޖަހާފައި ހުރިއްޔާ ބޯންވީ ކަމަށެވެ.

ނަމަވެސް އިނގިރޭސި ވިލާތުގައި ދާދި ފަހުން ފުޅާ ދާއިރާއެއްގައި ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އެ ބުއިމެއްގައި އާންމުކޮށް ހަކުރު އެކުލެވޭ މިންވަރަށް އުފައްދާފައި ހުންނަ ބުއިންތަކާއި، ހަކުރު މަދުކޮށް ޑައިޓް މިންގަނޑުގައި ހަދާފައި ހުންނަ ބުއިންތަކުން ވެސް، ހަށިގަނޑަށް ގެއްލުން ލިބެއެވެ. ޑައިޓް މިންގަނޑުގައި އުފައްދާފައި ހުންނަ ފިނި ބުއިންތަކަކީ، ސިއްހަތަށް ރަނގަޅު އެއްޗެއް ނޫނެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ޑައިޓް މިންގަނޑުގައި ހަދާފައި ހުންނަ ފިނި ބުއިންތަކުން ވެސް، އަހަރެމެން ހީނުކުރާހާ ބޮޑެތި ގެއްލުންތައް އަހަރެމެންގެ ފުރަމެއަށް ލިބެއެވެ. އެ ގޮތުން އެވްރެޖް ގޮތެއްގައި ދުވާލަކު އެއް ދަޅަށް ވުރެ ގިނައިން ބޯ މީހުންނަށް، މެޓަބޮލިކް-އެސޮސިއޭޓެޑް ސްޓެއަޓޮޓިކް ލިވާ ޑިސީސް (އެމްއޭއެސްއެލްޑީ) ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.

Advertisement

އެމްއޭއެސްއެލްޑީ އަކީ އިންސާނާގެ ފުރަމޭގައި ސަރުބީ ޖެހުމުން އުފެދޭ ބައްޔެކެވެ. މި ގޮތަށް ފުރަމޭގައި ސަރުބީ ޖެހުމުގައި، އާންމު ސޮފްޓް ޑްރިންކުތަކާއި ޑައިޓް ސޮފްޓް ޑްރިންކުތައް ބޯ މީހަކާ ވަކި ތަފާތެއް ނެތެވެ. އަދި މި ބަލީގެ ހާލަތު ގޯސްވެ، ފުރާނަ ގެއްލޭ ގޮތް ވެސް މެދުވެރިވެއެވެ.

އިނގިރޭސި ވިލާތުގައި މި ދިރާސާ ހަދާފައިވަނީ، 123،788 މީހުން ބައިވެރިކޮށްގެންނެވެ. މި އެންމެންނަކީ ވެސް މި ދިރާސާގައި ބައިވެރިވި އިރު، ފުރަމޭގެ އެއްވެސް ބައްޔެއްގެ އަލާމާތެއް ފެންނަން ނެތް މީހުންނެވެ. ދިރާސާ ފެށުމަށް ފަހު، އެމީހުން 24 ގަޑިއިރުގެ ތެރޭގައި، ފިނި ބުއިންތައް ބޯ މިންވަރު ކޮންމެ ދުވަހަކު ދިޔައީ ރެކޯޑްކޮށް ބަލަހައްޓަމުންނެވެ.

އެވްރެޖް ގޮތެއްގައި ދުވާލަކު 250 ގްރާމަށް ވުރެ ގިނައިން، އާދައިގެ ނުވަތަ ޑައިޓް ބުއިމެއް ބޯ މީހުންނަށް އެމްއޭއެސްއެލްޑީ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ދިރާސާގައި ފާހަގަވި އެންމެ ހައިރާންކުރަނިވި ކަމަކީ، ހަކުރު އެކުލެވޭ ބުއިންތަކުގެ ސަބަބުން އެމްއޭއެސްއެލްޑީ ޖެހުމުގެ ފުރުސަތު 50 ޕަސެންޓްގައި ހުރި އިރު، ޑައިޓް ބުއިންތަކުގެ ސަބަބުން އެމްއޭއެސްއެލްޑީ ޖެހުމުގެ ފުރުސަތު 60 ޕަސެންޓް އިތުރެވެ.

މި ދިރާސާގެ ފުރަތަމަ 10 އަހަރުން އެއްކުރެވުނު މައުލޫމާތަށް ބަލާއިރު، ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން 1178 މީހަކަށް އެމްއޭއެސްއެލްޑީ ޖެހުނެވެ. އަދި އޭގެ ތެރެއިން 108 މީހަކު ފުރަމޭގެ ބަލިތަކުގައި މަރުވިއެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ސޮފްޓް ޑްރިންކްތަކުގެ ތެރެއިން އާންމު މިންގަނޑުގައި ހަކުރު އެކުލެވޭ ބުއިންތަކާއި ޑައިޓް ބުއިންތަކުން ވެސް، ފުރަމޭގައި ސަރުބި ޖަހާ މިންވަރު އިތުރުކޮށްދެ އެވެ. ނަމަވެސް ހަކުރު އެކުލެވޭ ބުއިންތަކުން މެދުވެރިވާ ފުރަމޭގެ މައްސަލަތަކުގައި ފުރާނަ ގެއްލޭކަން ފާހަގަކުރެވިފައި ނެތަސް، ޑައިޓް ބުއިންތަކުން މެދުވެރިވާ ފުރަމޭގެ މައްސަލަތަކުގައި ފުރާނަ ގެއްލޭކަން ވަނީ ސާބިތުވެފައެވެ.

އިންސާނާގެ ފުރަމޭގައި އާދަޔާ ޚިލާފަށް ސަރުބީ ޖެހުމުން، ފުރަމޭ ދުޅަވެ، ހެޕަޓައިޓިސް އަށް ބަދަލުވެއެވެ. އެ ހާލަތަށް ފުރަމޭގެ ސިއްހަތު ގޯސްވެއްޖެކަމުގެ އަލާމާތެއްގެ ގޮތުން، ބަނޑުގައި ރިއްސުމާއި ވަރުބަލިވުމާއި ކާހިތް ކެނޑުން ފަދަ ކަންތައް މެދުވެރިވާން ފަށައެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، ފިނި ބުއިންތަކުގެ ސަބަބުން ފުރަމޭގައި ސަރުބީ ޖަހައިގެން މެދުވެރިވާ ސިއްހީ މައްސަލަތަކަކީ (އެމްއޭއެސްއެލްޑީ)، ފުރަމޭގެ ބަލިތަކުގެ ތެރެއިން މިހާރު އެންމެ ގިނަ މީހުންނަށް ޖެހޭ ބައްޔެވެ. ދުނިޔޭގެ އާބާދީގެ 33 ޕަސެންޓް މީހުން މި ބަލި ތަހައްމަލު ކުރަމުން ދާއިރު، ފުރަމޭގެ ބަލިތަކުގެ ތެރެއިން އެންމެ ގިނަމީހުންގެ މަރުވަނީ ވެސް މި ބަލީގައެވެ.

ދިރާސާ ޓީމުން ބުނި ގޮތުގައި، މި ދިރާސާއިން ކަށަވަރުވެފައިވަނީ ޑައިޓް ބުއިންތަކުން ވެސް އެމްއޭއެސްއެލްޑީ ޖެހުމުގެ ނުރައްކާ ވަރަށް ބޮޑު ކަމެވެ. ދުވާލަކު އެންމެ ދަޅެއް ނުވަތަ އެއަށް ވުރެ މަދުން ބުއިކަމަށް ވިޔަސް، އެ ނުރައްކާ ކުޑައެއް ނޫނެވެ. އެހެންކަމުން، ޑައިޓް ބުއިންތަކަކީ ސިއްހަތަށް ގެއްލުން ނުދޭ ބުއިންތަކެއް ކަމަށް ގަބޫލުކުރާ ގަބޫލުކުރުން އަވަހަށް ދޫކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox