ސްޓްރާޑާއިން ފައިސާ ނުދައްކާ މައްސަލަ އަލުން ކޯޓަށް ހުށަހަޅަނީ

ސްޓްރާޑާއިން ފައިސާ ނުދައްކާ މައްސަލަ އަލުން ކޯޓަށް ހުށަހަޅަނީ

ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ ސިވިލް ކޯޓުން އިސް ނަގައިގެން ކުރިއަށްގެންދިޔަ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން އެދިގެން ބާތިލުކުރި ނަމަވެސް، އެ ކުންފުނިން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ އަދަދު ސާފުކުރުމަށް ފަހު އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މި މައްސަލަ އަނބުރާ ގެންދިޔަ ސަބަބު ސާފުކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުޝާމް އާއި ސުވާލު ކުރެއްވީ އައްޑޫމީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން އެވެ. ޖަވާބުގައި އުޝާމް ވިދާޅުވީ މައްސަލަ ބާތިލުކުރަން އެދުނީ އެ ކުންފުނިން ދައުލަތާއި ތަން ހަވާލުކުރި ދުވަހާ ހަމައަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ސާފު ނުވާތީ ކަމަށެވެ.

އެ ކުންފުނިން ބިން ހަވާލުކުރި މުއްދަތާއި ހަމައަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތަފުސީލު ހޯދަން ވުޒާރާތަކަށް މިހާރު ސިޓި ފޮނުވާފައިވާނެ ކަމަށް އުޝާމް މިއަދު ވިދާޅުވި އެވެ. އަދި، ޖަވާބުގައި މިނިސްޓްރީން ފޮނުވި ތަފުސީލުގައި މައްސަލަތަކެއް އުޅޭތީ އެކަން ރަނގަޅުކުރަން މިހާރު އެދިފައިވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އެ ހިސާބުތައް ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ތަންފީޒީ މައްސަލައިގެ ދެވަނަ ބައި. އެއީ ފައިސާ ހޯދުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނަން،" އުޝާމް ވިދާޅުވި އެވެ.

ސްޓްރާޑާ ކުންފުންޏަކީ ވެރިކަން ކުރާ ޕީއެންސީގެ ސެނެޓުގައި ހިމެނޭ ޒާހިދު ރަމީޒުގެ ވިޔަފާރިއެކެވެ. އުޝާމްގެ ފުރަތަމަ ޖަވާބަށް ރައްދު ދެއްވާ އަބްދުއްރަހީމް ވަނީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގައި އަމަލުކުރަނީ ވަކި މީހަކަށް ބަލައިގެން، ވަކި ތަރުތީބަކުންތޯ ސުވާލުކުރައްވާފަ އެވެ.

ޖަވާބުގައި އުޝާމް ވިދާޅުވީ، ގާނޫނު ތަންފީޒުކުރުމާއި ކޯޓަށް މައްސަލަތައް ހުށަހެޅުމުގައި އެއްވެސް ފަރާތަކަށް ވަކި ހާއްސަ އުސޫލެއް ނުގެންގުޅުއްވާ ކަމަށެވެ. ވަކި ފަރާތަކަށް ނުބަލާ މިފަދަ މައްސަލަތައް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެ ތަނުގައި ފުޑް ކޯޓަކާއި ބްރިޖު ބަލާނެ ތަނެއް އަޅަން ހަވާލުކުރީ ސެޕްޓެމްބަރު، 2016، ގަ އެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އެވެ.

އެ ބިމުގެ ކުލި ނުދައްކާތީ އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރަން އެ ކުންފުންޏަށް އެންގީ މާޗު 11، 2019، ގަ އެވެ. މި މައްސަލައިގައި ސްޓްރާޑާގެ ފަރާތުން އެއްބާރުލުން ނުލިބިގެން ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް ދިޔުމުން އެ ކޯޓުން މައްސަލަ ނިންމީ މިނިސްޓްރީ ކޮޅަށެވެ.

ސިވިލް ކޯޓުން ސެޕްޓެމްބަރު 26، 2019، ގައި ހުކުމް ކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 1،149،271ރ. 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ސިވިލް ކޯޓުގެ އަމުރު ސްޓްރާޑާއިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޮކްޓޯބަރު، 2021, ގައި އެ ކޯޓުން ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާށެވެ. އެ ކުންފުނިން ސުޕްރީމް ކޯޓަށް ދިޔުމުން ވެސް އެޕްރީލް 24، 2024 ގައި ދަށު ކޯޓުގެ ހުކުމް ވަނީ ދަމަހައްޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox