ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެ، މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރުނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެންދުރު 2:30 އިން ފެށިގެން މިރޭ 20:30 ގެ ނިޔަލަށެވެ.
މެޓްއޮފީހުން ބުނީ ރާއްޖެގެ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރުގަދަވެ، އޮކްޓޯބަރު 17، ގެ ނިޔަލަށް ރާއްޖެއަށް މުސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން އެ އޮފީހުން ބުނީ ހާއްސަކޮށް ދެކުނާއި މެދުރާއްޖެ ހިމެނޭ ސަރަހައްދަށް ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އެންމެން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް ދަންނަވަން،" މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ލަފާކުރާ މޫސުން:
- ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ.
- އާއްމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ.
- ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ.
- ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވޭ.













