"ސޮނިކް ވެޕަން" ބޭނުންކުރުން ފުލުހުން ދިފާއުކޮށްފި

Oct 4, 2025, 1:52 PM
"ސޮނިކް ވެޕަން" ބޭނުންކުރުން ފުލުހުން ދިފާއުކޮށްފި

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށްބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" ބޭނުންކުރުން ފުލުހުންގެ އިދާރާއިން ދިފާއުކޮށްފި އެވެ.

މުޒާހަރާ ރޫޅާލުމަށް ތަކުރާރުކޮށް ސޮނިކް ވެޕަން ފުލުހުން ބޭނުން ކުރި އެވެ. އޭގެ އަޑު، ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް ބާރެވެ.

މުޒާހަރާގެ ބައިވެރިންގެ އިތުރުން ކައިރީގައި ހުރި ގެތަކުގައި ތިބި މީހުންނާއި ފިހަރާތަކާއި ހޮޓާ ރެސްޓޯރަންޓުތަކުގައި ތިބި މީހުންނަށް ވެސް އޭގެ އުނދަގޫ ޖެހުނެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުމަށް ހުރަސް އެޅުން ދިފާއުކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެއްވުމުގެ ބައިވެރިން ގާނޫނާ ހިލާފު އަމަލު ހިންގާފައިވާ ކަމަށެވެ.

ސުލްހަވެރި އެއްވުމުގެ ސިފަ އެ މުޒާހަރާއިން ގެއްލުމުން ގާނޫނީ އިންޒާރު ދިނުމަށް ފަހު ރޫޅާލަން މަސައްކަތް ކުރީ "ކެތްތެރިކަމާއެކު" ކަމަށް ފުލުހުން ބުނެ އެވެ. އަދި ބާރުގޭ ބޭނުންކޮށްފައި ވަނީ ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ނަގަހައްޓަން ޖެހޭ އަސާސްތަކާއެކު ކަމަށް ބުނެ ފުލުހުން ދިފާއުވެފައިވެ އެވެ.

ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. މިއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ.

ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެ އެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެ އެވެ.

ނަމަވެސް ސޮނިކު ވެޕަން، ނުވަތަ ބާރު އަޑު ބޭނުންކުރަން ޖެހޭ ހާލަތާއި ބޭނުންކުރާ ގޮތް ފުލުހުން އާންމުކޮށްފައެއް ނެތެވެ.

ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމާ ގުޅޭ ފުލުހުންގެ ގަވާއިދުގައި ބުނާ ގޮތުން ހަތިޔާރެއް ބޭނުންކުރުމުގެ ކުރިން އިންޒާރު ދޭން ޖެހެ އެވެ. ގަވާއިދު ބުނާ ގޮތުން ފުލުހުން އިންޒާރުގެ ގޮތުން "ހަތިޔާރު ބޭނުންކުރަނީ" މި އިބާރާތް ބޭނުންކުރަން ޖެހޭނެ އެވެ. އެކަމަކު ފުލުހުން ސޮނިކް ވެޕަން ބޭނުންކުރަން މިފަދަ އިންޒާރެއް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox