އެމްޑީޕީގެ އެއްވުމަށް ހާއްސަކޮށް ގާނޫނީ އެހީ ދޭން ހެލްޕްލައިނެއް

އެމްޑީޕީގެ އެއްވުމަށް ހާއްސަކޮށް ގާނޫނީ އެހީ ދޭން ހެލްޕްލައިނެއް

އިދިކޮޅު އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅުވައި އެއްވެސް މީހަކު ހައްޔަރުކޮށްފިނަމަ އެމީހަކަށް ބޭނުންވާނޭ ގާނޫނީ ކަންކަން ހަމަޖެއްސުމަށް އެހީވުމަށްޓަކައި އެމްޑީޕީގެ ފަރާތުން ހެލްޕްލައިނެެއް ގާއިމުކޮށްފި އެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ، މިރޭގެ މުޒާހަރާއިން އެއްވެސް މީހަކު ހައްޔަރުކޮށްފިނަމަ އެމްޑީޕީގެ ލީގަލް ޓީމުން އެމީހަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނޭ ކަމަށެވެ. ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ގުޅަންޖެހޭ ނަންބަރަކީ 7341637 އެވެ.

މިރޭގެ މުޒާހަރާއާ ގުޅިގެން އެއްވެސް މީހަކު ހުއްޓުވައި، ސުވާލުކޮށް، ނުވަތަ ބަލާފާސްކޮށްފިކަމުގެ ނުވަތަ ހައްޔަރުކޮށްފި ކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެމީހެއްގެ ވަނަވަރާއެކު ވައިބާ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް އެ ނަންބަރަށް މެސެޖުކުރުމަށް މައުރޫފު އެދިވަޑައިގަންނަވަ އެވެ.

Advertisement

މައުރޫފް ވިދާޅުވީ މިރޭ އެމްޑީޕީ އިން ބާއްވާ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށާއި، އެހެންނަމަވެސް އެ ހަރަކާތަށް ހުރަސް އަޅައި ސަރުކާރުން ބަޔަކު ހައްޔަރުކުރުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ހިނގައިފިނަމަ ވީ އެންމެ އަވަހަކަށް ޕާޓީގެ ހެލްޕްލައިނަށް މެސެޖުކޮށް އެ މައުލޫމާތު ދިނުމަށް މައުރޫފު އެދިވަޑައިގަންނަވަ އެވެ.

މިރޭގެ މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީއަށް ތާއީދުކުރާ އަދި މި ސަރުކާރާއި އިދިކޮޅު ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު ވަނީ މާލޭ ދަތުރުކޮށްފަ އެވެ. ލޯންޗުތަކާއި ބޯޓުތައް އަދި ދުރު ސަރަހައްދުތަކުން ވައިގެ މަގުން މާލެއަށް މީހުން ދަތުރުކުރާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ ދެކުނާއި އުތުރު އަދި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކުން ދަތުރުކުރާ މީހުން ހިމެނެ އެވެ.

މީގެ އިތުރުން، ރެޔާއި މިއަދު ހެދުނު އަތޮޅުތެރެއިން މާލެއަށް މީހުން އައިސްފައިވެ އެވެ. ލޯންޗުތަކުގައި އައި މީހުން މާލެ އެރީ އެމްޑީޕީގެ ދިދަތައް ވެސް ހިފައިގެންނެވެ. އެމްޑީޕީން އުއްމީދު ކުރަނީ މި ފަހުގެ ތާރީހެއްގައި އެއްވުމެއްގައި ބައިވެރިނުވާ ވަރަށް މިރޭގެ އެއްވުމުގައި ބައިވެރިވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox