މަޖުބޫރީ ހާލަތު މެދުވެރިވެގެން މާލެއިން ބޭރުގައި އުޅުނު މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް އަންގާކަމުގެ ތުހުމަތު

ގެދޮރުވެރިޔާ ފްލެޓު ލިބުނު މީހުންނަށް ފްލެޓު ހަވާލު ކުރުން ލަސްވަމުންދާތީ އެކަމާ ދެކޮޅަށް މީގެ ކުރިން އޭސީސީގެ ތެރޭގައި ކުރި އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ: އަދަދު

ގެދޮރުވެރިޔާ ފްލެޓު ލިބުނު މީހުންނަށް ފްލެޓު ހަވާލު ކުރުން ލަސްވަމުންދާތީ އެކަމާ ދެކޮޅަށް މީގެ ކުރިން އޭސީސީގެ ތެރޭގައި ކުރި އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ: އަދަދު

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނުނު ބައެއް މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުން ފޮނުވަމުންދާ ކަމަށް ފަހި ޔޫނިއަނުން ތުހުމަތުކޮށްފި އެވެ.

އެ ޔޫނިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކިއެކި މަޖުބޫރީ ސަބަބުތަކަށްޓަކައި މާލެއިން ބޭރަށް ދާންޖެހުނު މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް ސަރުކާރުން އަންގަމުންދާ ކަމަށެވެ. އޭގެތެރޭގައި އެކި މައްސަލަތަކުގައި ޖަލަށް ލާފައި ތިބި މީހުންނާއި އެ ނޫން ވެސް ބައެއް މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް ސަރުކާރުން އަންގަމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މާލޭގައި މުޅި އުމުރު ވެއަތުކުރަމުންދަނިކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޖަލުބަންދުގައި ތިބެންޖެހުނު ފަރާތްތަކާއި އަދި އެ ފަރާތްތަކުގެ މައްޗަށް އާހިރުގައި ކުށް ސާބިތު ނުވާ ފަރާތްތަކާއި ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް މަޖުބޫރުވި ފަރާތްތަކާއި ތައުލީމު ހާސިލު ކުރުމަށް ރާއްޖެއިން ބޭރުގައި އުޅެން ޖެހުނު ފަރާތްތަކުގެ ފްލެޓު ލިބުމުގެ ހައްގު ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ،" ފަހި ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ކޮވިޑުގެ ދުވަސްވަރު މާލޭގައި އުޅެވޭނެ ގޮތެއް ނެތިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިރިއުޅުން ވަގުތީ ގޮތުން ބަދަލުކުރި މީހުންނަށް ވެސް ފްލެޓު ނުލިބޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުން ފޮނުވަމުންދާ ކަމަށެވެ.

އެގޮތަށް އެކަން ހިނގަމުންދާތީ އެކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި އެކަން އެގޮތަށް ކުރުން ވަގުތުން ހުއްޓައިލުމަށް ފަހި ޔޫނިއަނުން ސަރުކާރަށް ގޮވާލައިފައިވެ އެވެ.

އޭގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުގަ އާއި މާލެ ސަރަހައްދުން މީގެ ކުރިން ދޫކޮށްފައި ހުރި ފްލެޓުތަކަށް ދައްކަންޖެހޭ ކުލި މި ސަރުކާރުން ކުޑަކޮށްދިން ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ކުޑަ ކޮށްދީފައި ނުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް މީގެ ކުރިން ދޫކޮށްފައި ހުރި ފްލެޓުތަކުގެ ކުލި މި ސަރުކާރުން ކުޑަކުރިއިރު، ސަބަބެއްގެ ގޮތުގައި ދެއްކީ ޑޮލަރުގެ އަގު ބޮޑުވުމާއި ތަކެތީގެ ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ބޮޑުވުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އެއިރު ޑޮލަރުގެ އަގު ހުރީ 16.50ރ. އަށެވެ. ނަމަވެސް މި 4000 ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ފެށިގެން މިދާ 2025 އަހަރުގައި ޑޮލަރުގެ އަގު ހުރީ 20ރ. އާއި 21ރ. ދެމެދުގަ އެވެ. ވީމާ ގައުމުގެ ހާލަތަށާއި ރައްޔިތުންގެ މާލީ އަދި އިގުތިސާދީ ހާލަތަށް ރިއާޔަތް ކުރައްވައި މި 4000 ފްލެޓުގެ ކުލި ކުޑަކޮށްދެއްވައި އަދި ޑައުންޕޭމަންޓު އުނިކޮށްދެއްވުމަށް ރައީސް މުއިއްޒުއަށް އިލްތިމާސް ކުރަމެވެ." އެ ބަޔާނުގައި ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ދެ ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 7000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1000ރ. އެވެ. ތިން ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 9000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1500ރ. އެވެ.

އެއީ ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އަދަދެވެ. މަހުގެ 10 އެއްގެ ފަހުން ކުލި ދައްކާ ނަމަ އެއަށްވުރެ ކުލި ބޮޑުވާނެ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.

ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000ރ. އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރު ދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox