ޓީވީން ފުޓްބޯޅަ ބެލުމުގެ އެންމެ ފުރިހަމަ ތަޖުރިބާ ގެނެސްދިނުމަށްޓަކައި، ޕްރިމިއާ ލީގުގެ ސަޕޯޓަރުންނަށް ޕްރީމިއަމް ސަބްސްކްރިޕްޝަން ޕެކޭޖެއް ކަމަށްވާ ޕީއެލް4K ޕާސް މީޑިއާނެޓުން ތައާރަފްކޮށްފި އެވެ.
މި ޕާސް ތައާރަފު ކުރުމާއެކު ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް މި ސީޒަނުގެ އެންމެ ވަރުގަދަ މެޗުތައް މީޑިއަނެޓް ޗެނަލް 901 އިން 4ކޭ އަލްޓްރާ ހައި ޑެފިނިޝަން (ޔޫއެޗްޑީ)ކޮށް ބަލާލެވޭނެ އެވެ.
މީޑިއާނެޓް އިން ބުނީ މި ހިދުމަތުގެ މަގުސަދަކީ ދިވެހި ބެލުންތެރިންނަށް ލައިވް ފުޓްބޯޅަ ތަޖުރިބާ ކުރެވޭ ގޮތް ބަދަލު ކުރުމެވެ.
"ކޮންމެ ޓެކްލަކާއި، ކޮންމެ ޕާހަކާއި، ކޮންމެ ގޯލަކުން މިހާރު އިހުސާސް ކުރެވޭނީ ހަމަ ދަނޑުގައި ހުރިހެން،" މީޑިއާނެޓުގެ އޮފިޝަލަކު ބުންޏެވެ.
ޕީއެލް4K ޕާސް އެކްޓިވޭޓް ކުރެވޭނީ my.medianet.mv އަށް ޒިޔާރަތްކޮށްގެންނެވެ. ޕީއެލް4K ޕާހުގެ އަގަކީ މުޅި ސީޒަނަށް 999 ރުފިޔާ އެވެ.
ޕްރިމިއާ ލީގު އަދިވެސް އޮތީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު ލީގުގެ ގޮތުގަ އެވެ.









