އޭސީސީން މައްސަލަ ބަލަން ފެށުމުން ވެސް ކައުންސިލްތަކުގެ ބިންގާ އެޅުން ކުރިއަށް

އޭސީސީން މައްސަލަ ބަލަން ފެށުމުން ވެސް ކައުންސިލްތަކުގެ ބިންގާ އެޅުން ކުރިއަށް

އާންމުކޮށް އިއުލާނު ނުކޮށް ކައުންސިލް އިމާރާތްތަކެއް އަޅަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ 631 މިލިއަން ރުފިޔާއަށް ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށުމުން ވެސް ކައުންސިލްތަކުގެ ބިންގާ އެޅުން ހުއްޓާނުލައި ސަރުކާރުން ކުރިއަށް ގެންދަން ފަށައިފި އެވެ.

ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްތަކެއް އަޅަން އާރުސީސީއާ ހަވާލުކުރި މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން ބުނީ މިއަދު އެވެ. ނަމަވެސް އެ މައްސަލަ ބަލަމުންދަނީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ކަމެއް ނުވަތަ މީހަކު ހުށަހަޅައިގެން ކަމެއް ސާފުކޮށްދީފައެއް ނުވެ އެވެ.

އޭސީސީން އެ މައްސަލަ ބަލަމުން ދަނިކޮށް ސަރުކާރުން ވަނީ މިއަދު ވެސް ފ. މަގޫދޫ އާއި އެ އަތޮޅު ނިލަންދޫގައި އަޅާ ކައުންސިލް އިމާރާތުގެ ބިންގާ އަޅައިފަ އެވެ.

ކައުންސިލް އިމާރާތްތަކެއް އަޅަން އާރުސީސީއާ ހަވާލުކުރީ އެ މަސައްކަތް ކުރިން ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަކާއެކު ވީ އެއްބަސްވުން ބާތިލުކުރުމަށް ފަހު އެވެ.

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ 20، ގަ އެވެ. އެ އެއްބަސްވުން ފަހުން ބާތިލުކުރީ ކުންފުނިން ހަބަރެއް ނުވެގެންނެވެ.

އެއްބަސްވުން ބާތިލުކުރުމަށްފަހު ސަރުކާރާއި ގާތް ގުޅުމެއް އޮންނަ ނާޒިމްގެ ކުންފުންޏަށް މަޝްރޫއު ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ ޖުލައި މަހު އެވެ. އެއްބަސްވުމަކަށް އައިސް ސޮއިކުރީ އޮގަސްޓް 16، ގަ އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން އެ މަޝްރޫއު އާރުސީސީއަށް ދިނީ ވެސް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުންނެވެ.

އެއްބަސްވުމުގެ ޖުމްލަ އަގަކީ 631 މިލިއަން ރުފިޔާ ކަމާއި އިމާރާތްތައް ނިމުމުން އެ ފައިސާ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން އާރުސީސީއަށް ދައްކަން ޖެހޭކަން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ކަށަވަރުކޮށްދެއްވި އެވެ. އެ ރޭޓުން އިމާރަތަކަށް ޖެހެނީ 11.5 މިލިއަނެއްހާ ރުފިޔާ އެވެ.

އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެންކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

ކައުންސިލު ޕްރޮޖެކްޓު ފައިނޭންސް ކުރަން އާރުސީސީން ނެގި ލޯނާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސައިދިނީ ސަރުކާރުން ގެރެންޓީ ދީގެންނެވެ. ނަމަވެސް އޭނާ ވަނީ އިތުރު މައުލޫމާތު ހިއްސާކުރަން އުޒުރުވެރިވެފަ އެވެ.

މިހެންކަމުން ލޯނުގެ ގޮތުގައި ނެގި ސީދާ އަދަދެއް ނޭނގެ އެވެ. އަދަދު އިން ވަނީ މި މައުލޫމާތު ހޯދަން އާރުސީސީގެ ޗެއާމަން ނާޒިމްއަށް ގުޅައިގެން އޭނާގެ ބަހެއް ލިބޭތޯ ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް މީޑިއާތަކުން "ބޭނުން ވާހަކައެއް ލިޔާތީ" މިހާރު މީޑިއާތަކަށް މައުލޫމާތު ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއު އާރުސީސީއާ ހަވާލުކުރީ އެއްވެސް އިއުލާންކުރުމެއް ނެތި އެވެ. މިކަމަށް ފާޑުކިޔުން އަމާޒުވީ އެ ކުންފުންޏަކީ މި ސަރުކާރާ ގާތްކޮށް މަސައްކަތް ކުރަމުން އަންނަ ނާޒިމް އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އާއިލީ ކުންފުންޏަށް ވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox