އެންމެން ވެސް ސިޔާސީ ވާން ޖެހޭ، ތަފާތު ނަޒަރިއްޔާތަކަށް ވިސްނުން ހިންގައި ހިޔާލު ފާޅުކުރަން ޖެހޭ: ސަވާދު

ކުރީގެ ބަންޑާރަނައިބު ސަވާދު "ހިޔާލާއި ފިކުރު ކަފުނަށް" ފޯރަމްގައި ވާހަކަ ދައްކަވަނީ. --- ފަޔާޒް މޫސާ/އެމްޖޭއޭ

ކުރީގެ ބަންޑާރަނައިބު ސަވާދު "ހިޔާލާއި ފިކުރު ކަފުނަށް" ފޯރަމްގައި ވާހަކަ ދައްކަވަނީ. --- ފަޔާޒް މޫސާ/އެމްޖޭއޭ

ޖުމްހޫރީ ޑިމޮކްރަސީއެއްގައި ކޮންމެ މީހަކީ ވެސް ސިޔާސީ ވާން ޖެހޭ މީހެއް ކަމަށާއި ތަފާތު ނަޒަރިއްޔާތަކަށް ވިސްނައި ހިޔާލު ފާޅުކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ގެ ނަމުގައި ސަރުކާރުގެ ފުރިހަމަ ތާއިދާއެކު މަޖިލީހަށް ވައްދާފައިވާ ބިލާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އާޓިވިޝަލް ބީޗުގައި ވަނީ ފޯރަމެއް ބާއްވާފަ އެވެ.

ހިޔާލާއި ފިކުރު ކަފުން ކުރުމަށް ސަރުކާރުން އެ ބިލުގެ ނިވަލުގައި މަސައްކަތް ކުރާނެކަން ސަވާދު ވަނީ އެ ފޯރަމްގައި ތަފްސީލުކޮށް ކިޔައިދެއްވާފަ އެވެ. ވަކިން ހާއްސަކޮށް ބިލުގެ 60، 61، 80 ވަނަ މާއްދާގެ ތެރޭގައި އާންމުންގެ ހިޔާލުތައް ހިމެނޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ނޫސްވެރިކަން މާނަކުރުމުގެ ތެރޭގައި އެއީ އިލެކްޓްރޯނިކް މީޑިއާ ވެސް އޭގެ ތެރޭގައި ހިމެނޭކަމަށް. އަދި އިންޓަނެޓު ވެސް ހިމެނޭ ކަމަށް. އެހެންވީމާ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ވަސީލަތްތައް، އިންޓަނެޓާ ނުލައި މިހާރު ނޫޅެވޭ. ސިޔާސީ ކަންކަމަށް ފާޑުނުކިޔައެއް ނޫޅެވޭ. އެއީ މި ޖުމްހޫރިއްޔާގެ މެންބަރަކަށްވީތީ އަޅުގަނޑުމެން ކުރަން ލާޒިމު ކަމެއް، ސަވާދު ފާހަގަކުރެއްވި އެވެ.

ފާޅުކުރާ ހިޔާލެއް މާނަކުރުމުގެ ބާރު އެ ބިލު ފާސްކުރުމުން ލިބޭނީ އަލަށް އުފެދޭ ކޮމިޝަނަށް ކަމަށާއި އެ މާނާކުރާ ގޮތަކުން އާންމު ފަރުދަކު ވެސް ޖޫރިމަނާ ކުރުމުގެ ބާރުން އޭރުން ކޮމިޝަނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނޫސްވެރިކަމަކީ ވެސް ސިޔާސީ ކަމެކެވެ.

"ސިޔާސީ ވާން ޖެހޭ އަޅުގަނޑުމެން އެންމެން ވެސް އެބަ. ސިޔާސީ ދާއިރާގެ ތަފާތު ފިކުރުތަކަށް، އަންދާޒާތަކަށް އަޅުގަނޑުމެން ވިސްނަން ޖެހޭ އެބަ. ތަފާތު ނަޒަރިއްޔާތަކަށް އަޅުގަނޑުމެންގެ ވިސްނުން ހިންގަން ޖެހޭ އެބަ. ތަފާތު ގޮތްގޮތަށް އަޅުގަނޑުމެންގެ ހިޔާލު ވެސް ފާޅުކުރަން ޖެހޭ،" ސަވާދު ވިދާޅުވި އެވެ.

ސަރުކާރު ނުރުހޭ ގޮތަށް ހިޔާލު ފާޅުކުރާ މީހުން މި ބިލާއެކު ފެތޭނީ "ގައުމީ ސަލާމަތުގެ ގޮޅިއަކަށް" ނުވަތަ "ނަފްރަތު ފެތުރުމުގެ ގޮޅިއަކަށް" ކަމަށް އޭނާ ވިދާޅުވި އެވެ. ނޫސްވެރިން ވަކި ނުފޫޒަކަށް ބުރަވެގެން ނުވާނެ ކަމަށް ބިލުގައި ލިޔެފައިވާތީ ވެސް ސަވާދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ކޮންމެވެސް ނުފޫޒެއްގައި ޖެހިފައި ތިބޭ ބައެއް. ނުފޫޒަކީ ކޮބައިތޯ؟ ނުފޫޒަކީ ފިކުރު. ކޮންމެ މީހެއްގެ ވެސް އޮންނާނެ ނުފޫޒެއް. އެ މީހާގެ ނުފޫޒުގެ މައްޗަށް ބުރަވެ ހުރެ އެ މީހާގެ ބަސް ބުނާނީ. އެއީ އެ މީހާގެ ފިކުރުގެ މައްޗަށް ބުރަވެ ހުރެ. ނޫސްވެރިންނަކީ ވެސް އެ ބައެއްގެ ފިކުރަށް ބިނާވެ ހުރެ އެ ބައެއްގެ ފިކުރު ފާޅުކުރާ ބައެއް،" ސަވާދު ވިދާޅުވި އެވެ.

އެގޮތަށް ފާޅުކުރާ ހިޔާލު ފާޅުކުރުމަކީ "ސިޔާސީ ނުފޫޒު" ގެ ގޮތުގައި މަނާކޮށް ގޮޅިއަކަށް ފެއްތުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިހިނެއްތޯ މިވަނީ، ވިސްނަވާ! ކޮންޓްރޯލް މި ކުރެވެނީ. ދެން ކޮން އެއްޗެއްތޯ މީގެއިން ސަލާމަތްވަނީ؟ ވެރިމީހާ އާއި ވެރިމީހާގެ އަގުލަބިއްޔަތުގައި ދެމިއޮންނަ މަޖިލިސް."

ދޮގު ހަބަރު ފަތުރައިގެން އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ސަވާދު ވެސް ވިދާޅުވި އެވެ. ތަހުޒީބީ ޑިމޮކްރަސީތަކުގައި އަބުރަށް އަރައިގަތުމަކީ ޖިނާއީ ކުށެއް ނޫން ކަމަށާއި އެއީ މަދަނީ ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަދަނީ ކުށަކަށް މިކަން ހެދެން އޮއްވައި މީގެ ތެރެއިން ނޫސްވެރިންނާއި އާންމުން ފަރުދުން އިންޓަނެޓް ބޭނުންކުރާއިރު ދައްކާ ވާހަކަތައް ހަތް މެންބަރުންގެ ކޮމިޝަނަކުން ގޮތް ނިންމަން އައުން އެއީ ގާނޫނީ އެންމެ ހަމަޖެހޭ ގޮތް ކަމަށް ގަބޫލެއް ނުކުރެވޭ،" ސަވާދު ވިދާޅުވި އެވެ.

ދޮގު މައުލޫމާތު ފެތުރުން ސަވާދު ވެސް ސިފަކުރެއްވީ "ވަބާ"އެއްގެ ގޮތުގަ އެވެ. އޭގެ ނޭދެވޭ އަސަރު ދުޅަހެޔޮ ޑިމޮކްރަސީތަކަށް ކުރާ ކަމަށް ސަވާދު ވިދާޅުވި އެވެ. އެމެރިކާގެ ކެޕިޓަލްއަށް 2021 ވަނަ އަހަރު ވަދެގަނެ ޑޮނާލްޑް ޓްރަމްޕެގެ ސަޕޯޓަރުން ބަގާވާތެއް ހިންގަން ހިތްވަރު ލިބުނީ ދޮގު މައުލުމާތުގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ޖުމްހޫރީ ޑިމޮކްރަސީ ދުޅަހެޔޮ ކަމުގައި ބޭއްވުމަށްޓަކައި މި ގޮންޖެހުމަށް [މިސްއިންފޮމޭޝަން] ރައްދު ދޭން ޖެހޭ. ރައްދަކީ ކޮބައިތޯ؟ ރައްދަކީ ސާފު ބަހުން ކަންކަން ރައްޔިތުންނަށް ކިޔައިދިނުން. ދެފުށްފެންނަ ގޮތަށް ދައުލަތުގެ ކަންކަން ކުރުން. ފޮރުވާފަ ދޮގު ހަދާފައި މައުލޫމާތު ނުދިނުން. ތެެދު އެއީ އޭގެ ހައްލަކީ،" ސަވާދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox