ވިލާ ކޮލެޖުގެ އައިސީއެސްއާރުއައި ކޮންފަރެންސް ކުރިއަށް

ވިލާ ކޮލެޖުގެ އައިސީއެސްއާރުއައި ކޮންފަރެންސް ކުރިއަށް

ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން ބާއްވާ، ބައިނަލްއަގްވާމީ ކޮންފަރެންސް، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިންނޮވޭޝަން (އައިސީއެސްއާރުއައި) ކޮންފަރެންސް މިއަދު ފަށައިފި އެވެ.

ވިލާ ކޮލެޖުން 2016 ވަނަ އަހަރުން ފެށިގެން ބާއްވާ އެ ކޮންފަރެންސް އޮތީ އެ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި މިއަދުގެ ނިޔަލަށެވެ.

އެ ކޮންފަރެންސަކީ ގައުމީ ތަރައްގީގެ އަމާޒުތަކާއި، އަދި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ދިރާސާތައް ގުޅުވައިދޭ، ރާއްޖޭގެ އެންމެ ބޮޑު ރީސާޗް ކޮންފަރެންސެވެ.

މި އަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދަނީ ސިނާޖީސް އޮފް ޑިސްކަވަރީ: އިގްނައިޓިންގް ސޮލޫޝަންސް ފޯ ދަ ފިއުޗާ މި ޝިއާރުގެ ދަށުންނެވެ. އެ އަހަރުގެ ޝިއާރުން ރަމްޒުކޮށްދެނީ، އެކި ދާއިރާތަކާއި ޓެކްނޮލޮޖީގެ އެހީގައި ކުރެވޭ ދިރާސާތަކުން، ހާއްސަކޮށް ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ އިޖުތިމާޢީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ.

މިގޮތުން، އެންމެން ޝާމިލުވާ ތަރައްގީއާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އަދި ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާނެ އެވެ.

ކޮންފަރެންސްގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމުގެ ވާހަކަފުޅުގައި ވިލާ ކޮލެޖުގެ ރެކްޓާ، ޑރ. އަހްމަދު އަންވަރު ވިދާޅުވީ، މި އަހަރުގެ ޝިއާރުން، ހިޔާލުތަކާއި، އެކި ދާއިރާތަކުގެ ދިރާސާތަކާއި، އަދި ގައުމީ އަދި ބައިނަލްއަގްވާމީ މައްސަލަތައް ޙައްލުކުރުމުގައި އެއްބާރުލުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމަށެވެ.

ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއަން ހައި ކޮމިޝަނާ، ހިޒް އެކްސެލެންސީ މިސްޓާ ޑޭވިޑް ޖެސަޕް މޫސުމީ ބަދަލުތަކާއި، ޑިޖިޓަލް އިންގިލާބާއި، އަދި އިޖުތިމާއީ ހަމަހަމަކަމަކީ ގުޅިލާމެހިފައިވާ ކަންކަމަށް ވާއިރު، އެކަންކަމަށް ބޭނުންވަނީ އިލްމީ ހައްލުތަކެއް ކަމަށެވެ.

"މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކާއި، ޑިޖިޓަލް އިންގިލާބާއި، އަދި އިޖުތިމާޢީ ހަމަހަމަކަމަކީ ގުޅިލާމެހިފައިވާ ކަންކަމަށް ވާއިރު، މިކަންކަމަށް ބޭނުންވަނީ ޢިލްމީ ޙައްލުތަކެއް ކަމުގައި،" ހައިކޮމިޝަނަރު ވިދާޅުވި އެވެ.

ކޮންފަރެންސްގެ ޗެއަރ އަދި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ - ރިސާޗް އެންޑް އިނޮވޭޝަން، ޑރ. މުޙައްމަދު ޢާދިލް ވިދާޅުވީ "އިމްޕެކްޓް ރޫމްސް" ގެ ނަމުގައި އައު އިސްނެގުމެއް ތައާރަފްކުރެވިފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ދިރާސާވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އަދި ދާއިރާގެ ތަޖުރިބާކާރުން އެއްތަންކޮށް، އަމަލީ ސިޔާސަތުތައް އެކުލަވާލުމަށް މަޝްވަރާކުރުމެވެ.

ކޮންފަރެންސްގައި 75 އަށް ވުރެ ގިނަ ދިރާސާ ޕޭޕަރު ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، އެކަޑަމިކް، ސަރުކާރު އަދި އިންޑަސްޓްރީއިން ޖުމްލަ 166 ބައިވެރިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެ ދިރާސާ ޕޭޕަރުތައް 8 ދާއިރާއަކަށް ބަހާލައިގެން ހުށަހަޅާނެއެވެ.

ދިރާސާ ޕޭޕަރުތައް:

• ޓްރެކް 1: ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް ސްމާޓް ސޮލިއުޝަންސް

• ޓްރެކް 2: ކްލައިމެޓް އެކްޝަން އެންޑް ރެޒިލިއަންސް އިންޖިނިއަރިން

• ޓްރެކް 3: ބިޒްނަސް އެންޑް ސޯޝަލް އެންޓާޕްރެނިއޯޝިޕް ޑްރައިވިން އިކުއިޓީ

• ޓްރެކް 4: ރެޒިލިއެންޓް ލާނިން ސިސްޓަމްސް އެންޑް ފިއުޗާ ސްކިލްސް

• ޓްރެކް 5: ރެސްޕޮންސިވް ލޯ އެންޑް ގަވަރނަންސް

• ޓްރެކް 6: ގްލޯބަލް ހެލްތު، ބަޔޯމެޑިސިން، އެންޑް ޕްރިޕެއަރޑްނެސް

• ޓްރެކް 7: ކޮމިއުނިޓީ ވެލްބީން އެންޑް ސޯޝަލް ސަޕޯޓް ސިސްޓަމްސް

• ޓްރެކް 8: އާބަނައިޒޭޝަން، މޮބިލިޓީ، އެންޑް ސަސްޓެއިނަބަލް ސިޓީޒް

ކޮންފަރެންސްގެ ތެރެއިން "ބެސްޓް ޕޭޕާ" އަދި "ބެސްޓް ޕްރެޒެންޓާ" އެވޯޑު ވެސް ދެވިގެންދާނެ އެވެ. ކޮންފަރެންސްގައި ހުށަހެޅޭ ދިރާސާތަކުގެ ޒަރިއްޔާއިން، އިޖުތިމާއީ އަދި ޕޮލިސީ ލެވެލްގައި ހުރި ބޭނުންތަކަށް ޙައްލު ހޯދައިދިނުމަށް މަގުފަހިވެގެންދާނެ އެވެ.

މި ހަރަކާތަކީ ޖުމްލަ 24 ސްޕޮންސަރުން، ޕާޓްނަރުން އަދި އެންޑޯސަރުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.

މިފަދަ ކޮންފަރެންސްތަކުން، އިންޑިއަން އޯޝަން ސަރަހައްދުގައި ދިރާސާ އާއި އީޖާދުގެ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާވެ، ދުނިޔޭގެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އެހީތެރިވެދެ އެވެ. ވިލާ ކޮލެޖަކީ ދިރާސާ ކުރުމަށް ބާރު އަޅާ ދިރާސާކުރުމުގެ ވެއްޓެއް ގާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ތައުލީމީ މަރުކަޒެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox