އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަނީ

Sep 8, 2025, 5:13 AM
ރައްޔިތުންގެ މަޖިލިސް: މަޖިލިސް މި ދުވަސްކޮޅު އޮތީ ޗުއްޓީގައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލިސް: މަޖިލިސް މި ދުވަސްކޮޅު އޮތީ ޗުއްޓީގައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ ހަފުތާގެ ހޯމަ ދުވަހު (ސެޕްޓެމްބަރު 15، ގައި), ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު އަދަދު އަށް ލިބިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ބުނީ، އެ ފަދަ މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ. ނަމަވެސް މިކަމުގެ މައުލޫމާތު އެނގޭ އިތުބާރު ހުރި މަސްދަރުތަކުން ވަނީ ދައުރުން ބޭރުން ބާއްވާ ދެ ވަނަ ޖަލްސާ ހޯމައިގައި ބާއްވާނެ ކަމަށް ބުނެފަ އެވެ.

މި ނޫހަށް މައުލޫމާތު ދިން މީހުން ބުނި ގޮތުގައި އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރަން ހަމަޖެހިފައި ވަނީ ޕީއެންސީ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު ސްޕޮންސާކޮށްގެން މަޖިލީހަށް ހުށަހަޅާފައިވާ ރެފަރެންޑަމް ބިލުގެ މަސައްކަތެވެ.

ރެފަރެންޑަމް ބިލަކީ ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރައީސުލްޖުމްހޫރިއްޔާ ދައުރު، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް، މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތް އަދި ދިވެހިރާއްޖޭގެ ސަރަހައްދު ބަދަލު ކުރުން ފަދަ ކަންކަމުގައި އާންމުންގެ ވޯޓަށް އަހަން ފަހިކުރަން ހުށަހަޅާފައިވާ ބިލެކެވެ.

އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ ނުވަތަ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގަ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމުންގެ ވޯޓަކަށް ދިޔުމަށް މަޖިލީހަށް ނިންމިދާނެ އެވެ. އަދި ގައުމީ މުހިންމު މައްސަލައެއްގައި ރައްޔިތުން ދެކޭ ގޮތް ހޯދުމަށް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ އެވެ. ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލު ކުރުމާ ގުޅޭ އާންމު ވޯޓު ނެގުމަށް ނިންމޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި ބިލު ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައި ވާތީ، ބިލުގައި އިތުރު މާއްދާތަކެއް ހިމަނައި ނޫނީ ބިލަށް އެއްވެސް ބަދަލެއް ގެނައި ކަމެއް ނޭނގެ އެވެ.

މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމާފައިވާ ދުވަހަކީ، މަޖިލީހުން ދިރާސާކުރަމުން އަންނަ މީޑިއާ ބިލުގެ މަސައްކަތް ނިންމަން ސުންގަޑި ކަނޑައަޅާފައިވާ ދުވަސް ވެސް މެ އެވެ. އެހާތަނަށް މި ބިލުގެ މަސައްކަތް ނިމިއްޖެ ނަމަ، އެ ދުވަހުގެ ޖަލްސާގައި މި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.

މިނިވަން މީޑިއާ ނައްތާލާ ބިލުގެ ގޮތުގައި ލޭބަލްވެފައިވާ މި ބިލު ފާސްކުރަން މަޖިލީހުން މަސައްކަތް ކުރަމުން އަންނަނީ އެކަން ނުކުރަން ގިނަ ބަޔަކު ގޮވާލަމުން އަންނަނިކޮށެވެ. މި ބިލާ މެދު ހިޔާލު ހޯދަން ބައްދަލުކުރި މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ނޫސްތަކާއި ނޫސްވެރިން ވެސް އެދުނީ މި ބިލު ބޭރުކޮށްލަ ދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox