މެންބަރު އާޒިމަށް އަހަރެއް ތެރޭ ކުލީގެ ގޮތުގައި 10 މިލިއަން ރުފިޔާ, ބެންކޮކުގައި އަމިއްލަ ކާރެއް

ރައްޔިތުންގެ މަޖިލީހުގެ އާޒިމް އަބްދުލްއަޒީޒް: އޭނާއަށް އަހަރެއް ތެރޭ ކުލީގެ ގޮތުގައި 10 މިލިއަން ރުފިޔާ ލިބުނު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އާޒިމް އަބްދުލްއަޒީޒް: އޭނާއަށް އަހަރެއް ތެރޭ ކުލީގެ ގޮތުގައި 10 މިލިއަން ރުފިޔާ ލިބުނު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒަށް އަހަރެއްގެ ތެރޭގައި ކުލި އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް އޭނާގެ މާލީ ބަޔާނުން ދައްކައިފި އެވެ.

މީގެ ދޮޅު އަހަރު ކުރިން ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް، މަޖިލިސް އިދާރާއިން ހާމަކުރީ އިއްޔެ އެވެ. އެ ބަޔާންތަކުގައި ވަނީ މިދިޔަ އަހަރުގެ މެއި 28، އިން މި އަހަރުގެ މެއި 27، އާ ހަމައަށް މެންބަރުންގެ އަތުގައި ހުރި ފައިސާ އާއި ދަރަންޏާއި މުދަލުގެ ތަފުސީލުތަކެކެވެ.

އެ މުއްދަތުގައި އާޒިމަށް އާމްދަނީގެ ގޮތުގައި ޖުމްލަ 10.9 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މުސާރައިގެ ގޮތުގައި ލިބުނު 914،375ރ. އާއި ރިއަލް އެސްޓޭޓް އުސޫލުން ކުއްޔަށް ދީފައި ހުރި ތަންތަނުން ލިބުނު 10،056،800ރ. އެވެ.

އޭގެ އިތުރުން ބީއެމްއެލް، އެމްއައިބީ އަދި އެސްބީއައި ގައި ހުރި އާޒިމްގެ އެކައުންޓުތަކުގައި 262،693ރ. އާއި 28 ޑޮލަރު އެބަހުއްޓެވެ. ތައިލެންޑުގެ ދެ ބޭންކެއްގައި ހުޅުވާފައި ހުރި އެކައުންޓުތަކުގައި 1743 ތައި ބާތު އެބަހުއްޓެވެ.

އާޒިމްގެ އަތުގައި ނަގުދު ފައިސާގެ ގޮތުގައި 695،000ރ. އާއި 55،800 އެމެރިކާ ޑޮލަރާއި 45،975 ތައި ބާތު ވެސް އެބަހުއްޓެވެ. އާޒިމްގެ އަމިއްލަ ނަމުގައި ބީއެމްއެލް އިސްލާމިކް ގައި އަދި އެސްބީއައި ގައި ދެ ލޯނެއް އެބަ އޮތެވެ. އެ ދެ ލޯނަށް ނުދައްކާ 26.8 މިލިއަން ރުފިޔާ އެބަ އޮތެވެ.

އާޒިމްގެ އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި މާލީ ބަޔާނުގައި އޮތީ ބިލްޑް ބެންޗް ކުންފުންޏެވެ. އިކޮނޮމިކް މިނިސްޓްރީގައި ކުރާ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައި ނެތުމުން އަދި ވެބްސައިޓެއް ހާ ހިސާބު ވެސް ފެންނަން ނެތުމުން މި ކުންފުނިން ކުރާ މަސައްކަތެއް ސާފެއް ނޫނެވެ.

އާޒިމްގެ ނަމުގައި ރާއްޖޭގައި ތިން ކާރާއި ދެ ސައިކަލު އޮތްއިރު، ބެންކޮކުގައި ވެސް އޭނާގެ އަމިއްލަ ކާރެއް އެެބަ އޮތެވެ.

މަޖިލީހުގައި 93 މެންބަރުން ތިބޭއިރު އޭގެ ތެރެއިން އިއްޔެ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑުކުރީ 88 މެންބަރެއްގެ މާލީ ބަޔާނެވެ. ބާކީ ފަސް މެންބަރުންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑު ނުކުރަނީ އެ މާލީ ބަޔާންތައް މުއްދަތުގެ ތެރޭގައި ނުފޮނުވާތީ އެވެ.

މަޖިލީހުން އާންމުކޮށްފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި/ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.

އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް އޮތް ނަމަ އޭގެ ތަފުސީލާއި ނަގުދު ފައިސާގެ ގޮތުގައި ހުރި ފައިސާގެ އަދަދާއި ވިއްކާލާފައިވާ ބައެއް ކެޓަގަރީތަކުގެ މުދަލުގެ ތަފުސީލާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއްގެ ތަފުސީލު ވެސް ބަޔާންތަކުގައި ހިމަނަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox