މެންބަރު ޖަނާބުގެ ނަމުގައި ޝަރީއާ ކޮމްޕްލަޔަންޓު ނޫން އެކައުންޓަކާއި ކްރެޑިޓް ކާޑެއް

Sep 4, 2025, 6:13 AM
މެންބަރު ޖަނާބު: މިޔުޒިކާ ދެކޮޅަށް ވާހަކަ ދެއްކެވުމަށްފަހު ޖަނާބު ކެމްޕެއިނުގައި މިޔުޒިކު ބޭނުން ކުރި -- ފޮޓޯ: އަދަދު ފައިލް

މެންބަރު ޖަނާބު: މިޔުޒިކާ ދެކޮޅަށް ވާހަކަ ދެއްކެވުމަށްފަހު ޖަނާބު ކެމްޕެއިނުގައި މިޔުޒިކު ބޭނުން ކުރި -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ގެންގުޅުއްވަނީ ޝަރީއާ ކޮމްޕްލަޔަންޓް ނޫން ބޭންކު އެކައުންޓަކާއި ކްރެޑިޓް ކާޑެއްކަން އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

ޝަރީއާ ކޮމްޕްލަޔަންޓު ނޫން ކޮންވެންޝަނަލް ސޭވިންގްސް އެކައުންޓުތަކުގައި ރިބާ އެކުލެވޭނެ ކަމަށް އިސްލާމް ދީނުގެ އިތުބާރު ހިފޭ ވަރަށް ގިނަ އިލްމުވެރިން ވިދާޅުވެ އެވެ. އަދި ޝަރީއާ ކޮމްޕްލަޔަންޓް ނޫން ސްޓޭންޑާޑް ކްރެޑިޓް ކާޑުގައި ވެސް ރިބާ އެކުލެވޭ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

ޖަނާބު މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ ގެންގުޅުއްވަނީ އެންމެ ބޭންކު އެކައުންޓެކެވެ. އެއީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުންނަ ރުފިޔާ ސޭވިންގްސް އެކައުންޓެކެވެ. އެ އެކައުންޓުގައި 69،608.29 ރުފިޔާ އެބަ ހުއްޓެވެ.

މާލީ ބަޔާނުން އެނގޭ ގޮތުގައި އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑެއް ވެސް ޖަނާބު ގެންގުޅުއްވަ އެވެ. އެއީ 140،000 ރުފިޔާގެ ލިމިޓެއް އޮންނަ ކާޑެކެވެ. އޭގެ ތެރެއިން 32،000 ރުފިޔާ އޭނާ ވަނީ ބޭނުން ކުރައްވައިފަ އެވެ.

ޖަނާބު ގެންގުޅުއްވާ ކްރެޑިޓް ކާޑުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރެވެ. އެހެންކަމުން އޭނާ ކާޑު ނެންގެވީ، ޝަރީއާ ކޮމްޕްލަޔަންޓް ކްރެޑިޓް ކާޑު ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަން ފެށުމުގެ ކުރިން 2023 ވަނަ އަހަރެވެ. ބީއެމްއެލް އިން ދޫކުރާ ޝަރީއާ ކޮމްޕްލަޔަންޓް އެމެރިކަން އެކްސްޕްރެސް ކާޑުތަކަށް ކިޔަނީ "ބީއެމްއެލް އިސްލާމިކް އެކްސްޕްރެސް" ކާޑެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުގެ ކުރިން އަދި ވަޑައިގަތުމަށް ފަހު ވެސް ޖަނާބު ވަނީ ސޯޝަލް މީޑިއާގައި ރިބާއާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

"ރިބާ ނުނަގާ ވިޔަފާރި ނުކޮށް ހުރުމުގެ އިހުތިޔާރު އެބޮ އޮތް. އެފަދަ ވަގުތެއް އަންނަންދެން އާމްދަނީ މަދުވިޔަސް އެހެން ކަމެއް ކުރެވޭނެ،" އޭޕްރީލް 25، 2023، ޖަނާބު ވިދާޅުވި އެވެ.

މަޖިލީހަށް ވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަނާބު ވިދާޅުވީ، ސަރުކާރުގެ ނިޒާމުގެ ތެރެއިން ތައާރަފުކޮށްފައިވާ ރިބާ ފަދަ ފަސާދަތަކާ އޭނާ އަބަދުވެސް ދެކޮޅު ހައްދަވަމުން ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑު ސިޔާސީ މައިދާނަށް ނިކުތުމުގެ ކުރިން ވެސް ސަރުކާރުތަކުން ނިޒާމުގެ ތެރޭގައި ތައާރަފްކޮށްފައި ހުރި ބޮޑެތި ފަސާދަތައް (ބަނގުރާ، ރިބާ، ދުންފަތް، مسلمންގެ މުދަލުން عزرއްނެތި ނެގޭ ޓެކްސް ފަދަ) ކަންކަމަކީ އަބަދުވެސް شرعي ގޮތުން ދެކޮޅު ކަންކަން އެއްވެސް އިރަކު ހުއްދައެއް ނުކުރަން،" އޮކްޓޯބަރު 24، 2024، ގައި ޖަނާބު ވިދާޅުވި އެވެ.

މީގެ ކުރިން، މިޔުޒިކާ ދެކޮޅަށް ވާހަކަ ދެއްކެވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ކުރެއްވި ކެމްޕެއިނުގައި ޖަނާބު ވަނީ މިޔުޒިކް ބޭނުން ކުރައްވައިފަ އެވެ. އެއީ އަންހެން އަދި ފިރިހެން ފަންނާނެއް "ކިޔާ ހޫބު ލަގުތީ ހޯ" ގެ ރާގަށް ކިޔާފައިވާ ވަރަށް ފޯރިގަދަ ލަވައެކެވެ.

"ސިޔާސީ ފަރާތްތަކުން ޒުވާނުން މަގުފުރައްދާ ސަރުކާރުތަކުން ބޭނުންވަނީ ބެރަކާ ގިޓާއެއްދީފައި އެމީހުން ތޮށިގަނޑުމަތީ ބައިތިއްބަން. އެގޮތުން މިއުޒިކާ ކުޅިވަރު ބޭނުން ކުރެވެނީ ޒުވާނުންގެ ސިޔާސީ އަދި މާއްދީ ތަރައްގީ ހުއްޓުވަން ކަމަށް ދެންނެވިދާނެ،" އޮކްޓޯބަރު 23، 2020، ގައި އޭނާ ބުނެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox