އިންނަމާދޫ އިން އިތުރު ތިން ގޯއްޗާއި ހުޅުމާލެއިން ވެސް ގޯއްޗެއް ގަނެފައިވާކަން ފަލާހު އިއުލާނު ކުރައްވައިފި

Sep 4, 2025, 4:10 AM
އިބްރާހިމް ފަލާހު: ރަޖިސްޓްރޭޝަން ނިމުމުން ރާއްޖޭގައި ފަލާހުގެ ނަމުގައި އަށް ބިން އޮންނާނެ -- ފޮޓޯ: އަދަދު ފައިލް

އިބްރާހިމް ފަލާހު: ރަޖިސްޓްރޭޝަން ނިމުމުން ރާއްޖޭގައި ފަލާހުގެ ނަމުގައި އަށް ބިން އޮންނާނެ -- ފޮޓޯ: އަދަދު ފައިލް

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުގެ ނަމުގައި ރ. އިންނަމާދޫގައި ހުންނަ ތިން ގޯތީގެ އިތުރުން ހަމަ އެ ރަށުން އިތުރު ތިން ގޯއްޗާއި ހުޅުމާލެއިން ވެސް ގޯއްޗެއް ގަނެފައިވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ފަލާހުގެ ނަމުގައި މިވަގުތު ހަތަރު ބިމެއް އެބަ އޮތެވެ. އެއީ ރ. އިންނަމާދޫ ފަލަކް، ފަތް، އަސުރުހިޔާ އަދި މާލެއިން ގަނެފައިވާ މ. އަސުރުކުރި އެވެ. މާލެއިން އޭނާ ގޯތި ގަތީ ހަތަރު މިލިއަން ރުފިޔާއަށް ކަމަށް ފަލާހު ބުނެ އެވެ. އިންނަމާދޫއިން ގަތް ގޯތީގެ އަގުތަކެއް އޭނާ ހާމައެއް ނުކުރެ އެވެ.

ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މާލީ ބަޔާންތަކުގެ ވާހަކަ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުން އޭނާ ވިދާޅުވީ، އޭނާގެ ނަމުގައި މިހާރު ހުރި ބިންތަކުގެ އިތުރުން އިންނަމާދޫއިން ތިން ބިމަކާއި ހުޅުމާލެއިން ބިމެއް ގަނެފައިވާނެ ކަމަށެވެ. ނަމަވެސް އެ ބިންތަކުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށް އަދި ނުނިމޭ ކަމަށް ފަލާހު ވިދާޅުވި އެވެ.

"އަދި އިންނަމާދޫ އިން ގަނެފަ ރަޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި ތިން ގޯތި އެބަ އުޅޭ އަދި ހުޅުމާލެ އިން ގަތް ގޯތި ވެސް އުޅެނީ ރަޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާގައި. ވަރަށް ބެލިން މިފަހަރުގެ މާލީ ބަޔާނަށް ލެވޭ ވަރަށް ނިންމާލެވޭތޯ ނަމަވެސް ވާގޮތެއް ނުވި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވި އެވެ.

ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވީ އިންނަމާދޫއިން އަލުން ތިން ބިމާއި ހުޅުމާލެއިން ބިމެއް ގަތް ވާހަކަ އޭނާ ހިއްސާ ކުރީ އަންނަ އަހަރު މާލީ ބަޔާން ނެރޭއިރު ނޫސްވެރިން ހައިރާންވެދާނެތީ ކަމަށެވެ.

"މިވާހަކަތައް މިހާ ކުރިން ހިއްސާ މި ކޮށްލީ ފަހަރެއްގައި ﷲ ގެ ރަހްމަތްފުޅުން ދުނިޔޭގައި ހުރެ މިއަންނަ އަހަރު މާލީ ބަޔާން ނެރޭ އިރު ނޫސްވެރިއަކު ފަހަރެއްގައި އާޝޯހުވެގެން ކަނޑަށް ވެޓިދާނެތީ،" އޭނާ ވިދާޅުވެފައިވެ އެވެ.

ފަލާހުގެ ގޯތިތައް

  1. މ. އަސުރުކުރި (4،000،000 ރުފިޔާ)
  2. ހުޅުމާލެ (ރަޖިސްޓްރީ ބަދަލެއް ނުކުރޭ އަދި އަގު ހާމައެއް ނުކުރޭ)
  3. ފަތް، ރ. އިންނަމާދޫ (އަގު ހާމައެއް ނުކުރޭ)
  4. އަސުރުހިޔާ، ރ. އިންނަމާދޫ (އަގު ހާމައެއް ނުކުރޭ)
  5. ފަލަކް، ރ. އިންނަމާދޫ، (ދައުލަތުން ލިބުނު ބަންޑާރަ ބިމެއް)
  6. އިންނަމާދޫ (ރަޖިސްޓްރީ ބަދަލެއް ނުކުރޭ އަދި އަގު ހާމައެއް ނުކުރޭ)
  7. އިންނަމާދޫ (ރަޖިސްޓްރީ ބަދަލެއް ނުކުރޭ އަދި އަގު ހާމައެއް ނުކުރޭ)
  8. އިންނަމާދޫ (ރަޖިސްޓްރީ ބަދަލެއް ނުކުރޭ އަދި އަގު ހާމައެއް ނުކުރޭ)

ފަލާހުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އޭނާ މާލެއިން ބިން ގަތީ 2017 ވަނަ އަހަރެވެ. އިންނަމާދޫއިން އޭނާއަށް ލިބިފައިވާ ބަންޑާރަ ބިން ލިބުނީ 2004 ވަނަ އަހަރެވެ. އޭގެ އިތުރުން އިންނަމާދޫއިން މިވަގުތު އޭނާގެ ނަމުގައި ހުރި ދެ ބިން ގަތީ 2020 ވަނަ އަހަރާއި 2022 ވަނަ އަހަރުގަ އެވެ.

އާމްދަނީގެ ގޮތުގައި ފަލާހުއަށް ރައްޔިތުންގެ މަޖިލީހުން 900،000 ރުފިޔާ އަހަރެއްގެ ތެރޭގައި ލިބުނެ އެވެ. އަދި އޭނާގެ ކުންފުނިތަކުން ވެސް މުސާރައިގެ ގޮތުގައި އެ މުއްދަތުގެ ތެރޭގައި 900،000 ރުފިޔާ ލިބުނެވެ. އޭގެ އިތުރުން ގެދޮރު ކުއްޔަށް ދީގެން 3.2 މިލިއަން ރުފިޔާ ލިބުނު ކަމަށް ފަލާހު ބުނެ އެވެ. އާމުދަނީގެ ގޮތުގައި ޖުމުލަ 5،076،000 ރުފިޔާ ލިބުނެވެ.

ފަލާހުގެ ޝެއާ އޮންނަ ތިން ކުންފުންޏެއް އޮވެ އެވެ. އެއީ އޭނާގެ 90 ޕަސެންޓު ޝެއާ އޮންނަ މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި 90 ޕަސެންޓު ޝެއާ އޮންނަ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އާއި 80 ޕަސެންޓު ޝެއާ އޮންނަ އައިލެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އެވެ.

ފަލާހުގެ ކުންފުނިތައް

މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

  • ވިޔަފާރި ނަން: ނެތް
  • ވިޔަފާރި އެކްޓިވިޓީސް: ނެތް
  • ވިޔަފާރީގެ ހުއްދަ: ނެތް
  • ވިޔަފާރީގެ ލައިސަންސް: ނެތް
  • ހިއްސާދާރުން: އިބްރާހިމް ފަލާހު، ރީޝާ ހަލީމް، މުހައްމަދު ޖިނާން

ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް

  • ވިޔަފާރީގެ ނަން: ޖޭޖޭ ކޮންސްޓްރަކްޝަން، ސިޓީ މެޑިކަލް ސެންޓަރު، ސްކޫބާ ޕެރެޑައިސް، އޯޝަން މިސްޓް، އައިލެންޑް ޓުއާ މޯލްޑިވްސް
  • ވިޔަފާރި އެކްޓިވިޓީސް: ނެތް
  • ވިޔަފާރީގެ ހުއްދަ: ބަނގުރާ އެތެރެ ކުރުމުގެ ހުއްދަ (މުއްދަތު ހަމަވެފައި)
  • ވިޔަފާރީގެ ލައިސަންސް: ނެތް
  • ހިއްސާދާރުން: އިބްރާހިމް ފަލާހު، ރީޝާ ހަލީމް، މުހައްމަދު ޖިނާން

އައިލެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް

  • ވިޔަފާރީގެ ނަން: މެގަ ޕޮއިންޓް، މެގަ ލިވިން
  • ވިޔަފާރި އެކްޓިވިޓީސް: ހައުސްހޯލްޑް އެޕްލަޔާންސް ހޯލްސޭލް ކުރުން، ޕެޓްރޯލް އާއި ޑީސަލް ވިއްކުން
  • ވިޔަފާރީގެ ހުއްދަ: ނެތް
  • ވިޔަފާރީގެ ލައިސަންސް: ނެތް
  • ހިއްސާދާރުން: އިބްރާހިމް ފަލާހު، ރީޝާ ހަލީމް، މުހައްމަދު ޖިނާން

ފަލާހުގެ މާލީ ބަޔާންތަކުން އެނގޭ ގޮތުގައި އޭނާއަށް ލިބޭ އާމުދަނީއާ އަޅާބަލާއިރު ބޭންކު އެކައުންޓުތަކުގައި ހުރީ މަދު ފައިސާއެކެވެ. މާލީ ބަޔާނުގައި ބުނެފައި ވަނީ އޭނާގެ ހަތަރު ދިވެހި ރުފިޔާ އެކައުންޓެއްގައި ހުރީ އެންމެ 111،073 ރުފިޔާ ކަމަށެވެ. ޑޮލަރު ދެ އެކައުންޓެއްގައި ވެސް ހުރީ އެންމެ 300 ޑޮލަރެވެ.

ފަލާހުގެ ބޭންކު އެކައުންޓުތައް

  • ބޭންކް އޮފް މޯލްޑިވްސް - 17،521.78 ރުފިޔާ
  • ބޭންކް އޮފް މޯލްޑިވްސް - 91،000 ރުފިޔާ
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ - 444 ރުފިޔާ
  • މޯލްޑިވްސް އިސްލާމިކް ބޭންކް - 2،108.14 ރުފިޔާ
  • ބޭންކް އޮފް މޯލްޑިވްސް - 139.50 ޑޮލަރު
  • މޯލްޑިވްސް އިސްލާމިކް ބޭންކް - 161.52 ޑޮލަރު

މާލީ ބަޔާނުން އެނގޭ ގޮތުގައި ފަލާހު ވަނީ ފެބްރުއަރީ، 2025، ގައި ބޭންކް އޮފް މޯލްޑިވްސް އިން 15.7 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ނަގައިފަ އެވެ. އެ ލޯނަށް އޭނާ ވަނީ މި އަހަރުގެ ތެރޭގައި 496،904 ރުފިޔާ ދައްކައިފަ އެވެ. ބާކީ ދައްކަންޖެހޭ އަދަދަކީ 15.2 މިލިއަން ރުފިޔާ އެވެ.

ފަލާހު ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ވިސާ ގޯލްޑް ކާޑަކާއި އެމެކްސް ގޯލްޑް ކާޑެއް ނަންގަވައިފަ އެވެ. ނަމަވެސް މާލީ ބަޔާނުގައި ބުނެފައި ވަނީ އެ ކާޑުތަކުން އޭނާ އެއްވެސް ބޭނުމެއް ކޮށްފައިނުވާ ކަމަށެވެ. ވިސާ ގޯލްޑު ކާޑުގެ ކްރެޑިޓް ލިމިޓަކީ 9861 ޑޮލަރެވެ. އެމެކްސް ކާޑުގެ ކްރެޑިޓް ލިމިޓަކީ 150،000 ރުފިޔާ އެވެ.

މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން ފަލާހުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮންނަނީ އެންމެ އުޅަނދެކެވެ. އެއީ އޭނާ 2020 ވަނަ އަހަރު ގަތް ހޮންޑާ އެއާބްލޭޑް ސައިކަލެކެވެ. އެއީ 59،500 ރުފިޔާއަށް ގަތް ސައިކަލެއް ކަމަށް ފަލާހު ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox