ނޫސްވެރިން އުޅެނީ ސީންއެއް ކްރިއޭޓުކުރަން ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވީ މަޖިލީހުގެ އަމީން އާންމު!

Sep 2, 2025, 4:03 PM
މަޖިލީހުގެ އަމީން އާންމު ނިއުޝާ. - ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ އަމީން އާންމު ނިއުޝާ. - ފޮޓޯ: މަޖިލީހުގެ އިދާރާ

ނޫސްވެރިން އުޅެނީ ސީނެއް ކްރިއޭޓުކުރަން ކަމަށް ބުނެ ނޫސްވެރިންނާ ދެކޮޅަށް ވާހަކަ ދެއްކެވީ މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ކަން ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދޭ ބައެއް މަސްދަރުތަކުން ކަށަވަރުކޮށްދީފި އެވެ.

މިނިވަން ނޫސްވެރިކަން ނެތިގެންދާ ގޮތަށް، ސަރުކާރުގެ ތާއީދާއެކު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅާފައިވާ މީޑިއާ އެންޑު ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ދިރާސާކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނޫސްވެރިންނާއެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުން ފެށުމުގެ ކުރިން މަޖިލީހުގެ ރަސްމީ ޔޫޓީއުބް ޗެނަލްއިން ލައިވްކުރި އޯޑިއޯއެއްގައި ނޫސްވެރިން އުޅެނީ ސީނެއް ކްރިއޭޓުކުރަން ކަމަށް މަޖިލީހުގެ މުވައްޒަފު ބުނެ އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ބުނީ ނޫސްވެރިންނާ ދެކޮޅަށް ވާހަކަ ދެއްކެވީ ނިއުޝާ ކަމަށެވެ. މިކަމާ ގުޅިގެން މި ނޫހުން ނިއުޝާއާ ސުވާލުކުރުމުން އެކަން ދޮގެއް ނުކުރެ އެވެ. ކުރި މެސެޖުތައް ބެއްލެވުމަށް ފަހު އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

އެ އޯޑިއޯއިން އިވޭ ގޮތުގައި މި ވާހަކަ ދެއްކި މީހާ ސީން ކްރިއޭޓު ކުރުމުގެ ތުހުމަތު ކުރީ މީޑިއާ ބިލުގެ ބަހުސް ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ގެލަރީއަށް ވަން ނޫސްވެރިންނަށެވެ.

"މިހާރު އަޅުގަނޑުމެން މީޑީއާ [ބުނާ އެއްޗެއް ސާފެއް ނޫން] އަޅުގަނޑުމެންގެ މީޑީއާއިން އަޅުގަނޑުމެން ބުނިން ރެކޯޑު ކުރާށޭ އަޅުގަނޑުމެން ލައިވް ސްޓްރީމެއް ނުކުރާނެޔޭ. އެކަހަލަ ކަމެއް ވެދާނެތީ އަޅުގަނޑުމެން އަތުގައި އެވިޑެންސް އިންނަން ޖެހޭނެތާ،" މުވައްޒަފަކު ބުނާ އަޑުއިވެ އެވެ.

"އެހެންވެގެން ދެން އެންމެ ވާސްޓް ސިނާރިއޯ މި ވިސްނަނީ މިއަދު އިނގޭ. އެ މީހުން ބޭނުން ވަނީ ސީން ކްރިއޭޓު ކުރަން. ކުރިން ދުވަހު ގެލަރީއަށް ވަދެފައި ވެސް."

އެ ލައިވްސްޓްރީމް ވަނީ މަޖިލީހުގެ ޔޫޓިއުބް ޗެނަލްތަކުން ޑިލީޓުކޮށްފަ އެވެ.

ނިއުޝާ މި ގޮތަށް މުވައްޒަފުން ވާހަކަ ދެއްކިއިރު، މަޖިލީހުގެ ގެލަރީއަށް އެ ދުވަހު ވަން ނޫސްވެރިން އެ ތަނުގައި ތިބެ ކުރީ ހިމޭނެ އިހުތިޖާޖެކެވެ. އެއްވެސް އިރެއްގައި އެތަނުގައި ހިނގަމުންދިޔަ ޖަލްސާއަށް އުނދަގޫވާ ގޮތަށް އުޅެގެން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް މަޖިލީހުގެ އިދާރާއިން ވެސް ވަނީ އަދަދު އިން ސުވާލުކުރުމުން ކަށަވަރުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox