ހުޅުމާލެ ހޮސްޕިޓަލުގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލުގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

ސަރުކާރުގެ އައިނު ފިހާރަ, އެމްސީޖީއެޗް އޮޕްޓިކަލްސްގެ ފިހާރައެއް ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު "އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ" ގެ ނަމުގައި ހުޅުވި އެ އައިނު ފިހާރައިން ލޮލުގެ ނަންބަރު ނެގުމާއި އައިނު ހެއްދުމުގެ ހުރިހާ ހިދުމަތެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު، އަބްދުﷲ މައުރޫފް އަދަދު އަށް ވިދާޅުވީ އައިނު ފިހާރައިން ލޮލުގެ ނަންބަރު ނެގުމަށް ޖެހޭނީ ނަން ނޯޓު ކުރަން ކަމަށެވެ. އެގޮތުން މިހާތަނަށް 50 އަށްވުރެ ގިނަ މީހުންނަށް ލޮލުގެ ނަންބަރު ނަގައި އައިނު ހައްދަން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ހުޅުމާލޭގެ އެމްސީޖީއެޗް އޮޕްޓިކަލްސް އިން އައިނު ހައްދާ މީހުންނަށް އައިނުތައް އަތަށް ލިބެން ނަގާ މުއްދަތެއް މައުރޫފަކަށް ވިދާޅެއް ނުވެވުނެވެ.

އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ހުޅުމާލޭގައި ހުޅުވި އައިނު ފިހާރައިގައި ވެސް ވޯކްޝޮޕެއް ގާއިމުކޮށްފައިވުމުން، އައިޖީއެމްއެޗްގެ އެމްސީޖީއެޗް އޮޕްޓިކަލްސްގެ ކިއު ކުޑަވެގެންދާނެ ކަމަށެވެ.

އައިޖީއެމްއެޗްގައި ހުންނަ އެމްސީޖީއެޗް އޮޕްޓިކަލްސް އިން ހައްދާ އައިނު ނުލިބި ގިނަދުވަސްވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އައިނު ހައްދަން ނަންބަރު ދިންތާ މަހެއް ފާއިތުވި އިރުވެސް އައިނު ނުލިބޭ ކަމަށެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސް އިން ބުނާ ގޮތުގައި ލޮލުގެ ނަންބަރު ބެލުމަށް އެކަނިވެސް ތިން ހަފުތާ އާއި ހަތަރު ހަފުތާގެ މުއްދަތެއް ނަގަ އެވެ. އެހެންވެ، ލޮލުގެ ނަންބަރު ނަގައިގެން އައިނު ހައްދަން މިހާރު ދޮޅު މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ.

ރައްޒާގު ކުރިން ވިދާޅުވީ އެމްސީޖީއެޗް އޮޕްޓިކަލްސްއަށް އުންމީދު ކުރިވަރަށްވުރެ ޑިމާންޑު ބޮޑުވުމުން އެ ލޯޑު، އެތަނުން ދޭ ހިދުމަތަށް ވެސް އަންނަމުންދާ ކަމަށެވެ.

ސަރުކާރުން ހުޅުވާ އައިނު ފިހާރަތަކަށް ބޭނުންވާ ތަކެތި ސަޕްލައި ކުރަނީ ލަންކާގެ ކުންފުންޏަކުން ކަމަށްވާއިރު، އެ ކުންފުނީގެ މުވައްޒަފުން ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. އައިނު ފިހާރަތައް ގާއިމުކުރުމަށް ހިނގާ ހަރަދެއް މިހާތަނަށް ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އާސަންދައިން އައިނު ހެއްދުމަށް ހޭދަކުރާ 2،000ރ. އިން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އައިނު ފިހާރަ މެދުވެރިކޮށް ހިލޭ އައިނު ހެއްދޭނެ އެވެ.

ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް "ދެރަ ނިކަމެތިކަން" ދެމުންދާ ކަމަށާއި އެ އާދަ ރާއްޖެއިން ފިލުވާލަން ބޭނުންވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށްފަހު އެވެ. އެކަމާ ގުޅިގެން ޕްރައިވެޓް ސެކްޓަރުގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް ހެޔޮ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox