ވަހީދުގެ ވެރިކަމުގައި ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން އެޕްސްޓީންގެ އެހީތެރިކަން ހޯދި

ވަހީދުގެ ވެރިކަމުގައި ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން އެޕްސްޓީންގެ އެހީތެރިކަން ހޯދި

ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ދިވެހި ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދިނުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން ގެ އެހީތެރިކަން ހޯދިކަން އެނގިއްޖެ އެވެ.

ވަހީދުގެ ވެރިކަމުގެ ތެރެއިން އެޕްސްޓީން އާއި ބައްދަލުކުރިކަން އެނގެން އޮތީ އެމެރިކާގެ ކޯޓެއްގައި ހިނގި ދައުވާއެއްގެ ލިޔެކިޔުންތަކުންނެވެ. އެއީ އެޕްސްޓީން ސެކްސް ޓްރެފިކިންގެ ބޭނުންތަކަށް އަދި އޭނާގެ ގާތް މީހުންނަށް ފައިސާ ބެހުމަށް އެހީތެރިވެދިން ކަމަށް ބުނެ ޖޭޕީ މޯގަން ޗޭސް ބޭންކް އާއި ދެކޮޅަށް ކުރި ދައުވާ އެވެ.

ޖުލައި 28، 2012 ގައި ލޯނު ހޯދުމުގައި އެހީތެރިކަމަށް އެދި ވަހީދު ފޮނުވި މެއިލްގައި ވިދާޅުވެފައިނީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި މަޝްވަރާ ކުރެއްވި ކަމަށާއި ލޯނު ބޭނުންވަނީ 10 އަހަރުން އަނބުރާ ދައްކާ ގޮތަށް ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.

އެ ވަގުތު ދުނިޔޭގެ މާލީ ހާލަތު އޮތް ގޮތުން ލޯނު ހޯދުމުގެ އެޕްސްޓީން އަށް ކުރެވޭނެ ކަމެއް އަންގައި ދިނުމަށާއި އެހީތެރިކަމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވަހީދު ލިޔުއްވާފައިވެ އެވެ. ވަހީދުގެ މެއިލް، އެޕްސްޓީން ފޯވާޑު ކުރި ކަމަށް ކޯޓުގެ ލިޔެކިޔުންތަކުން ބުނަނީ އޭރު ޖޭޕީ މޯގަންގެ ކޯޕަރޭޓް އެންޑް އިންވެސްޓްމަންޓް ބޭންކުގެ ސީއީއޯ ޖެސް ސްޓޭލީ އަށެވެ.

ވަހީދު، އެޕްސްޓީން އަށް މެއިލް ފޮނުވިތާ މަހެއް ފަހުން އޮގަސްޓު 31، 2012 ގައި ޗައިނާއިން ރާއްޖެއަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވެ އެވެ. އެ ހަބަރު ބައިނަލްއަގުވާމީ މީޑިއާ، ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާއިރު އެ ކަމަށް ކޯޓުގައި ވަނީ ރިއާޔަތްކޮށްފަ އެވެ.

މިކަމާ ގުޅިގެން ވަހީދުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވެ އެވެ.

މިކަން ފެންމަތިވެފައި މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއި ރާއްޖޭގެ ކުރީގެ ރައިސަކާ އެކު ބައްދަލުވުމެއް ތާވަލުކުރިކަން އިންޓަނެޓުގައި ލީކުކޮށްލި އީމެއިލްތަކަކުން ހާމަވެފައި ވަނިކޮށެވެ.

އިޒްރޭލުގެ ބޮޑުވަޒީރުކަން 1999 އިން 2001 އަށް ކުރި އިހުދު ބަރާކްގެ އީމެއިލްތަކެއް މީގެ ދެ ދުވަސް ކުރިން ވަނީ ޓެލެގްރާމްގައި ލީކުކޮށްލާފަ އެވެ. އެކަން ކުރި ކަމަށް ބެލެވެނީ އީރާންގެ އިންޓެލިޖެންސް ހިދުމަތްތަކާ ގުޅުން އޮތް ހެކަރުންގެ ގްރޫޕަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2007 އިން 2016 އަށް އޭނާ ކޮށްފައިވާ އެެއްލައްކަށްއަށްވުރެ ގިނަ އީމެއިލް އެވެ.

"އައި ހޭވް ޕީޓާ ތިއެލް އޮން ދަ 19 އިން އެންވައި، އިފް ޔޫ ލައިކް، އޭޒް ވެލް އޭޒް ދަ ފޯމާ ޕްރެޒިޑެންޓް އޮފް ދަ މޯލްޑިވްސް،" އެޕްރީލް 28، 2014 ގައި އިހުދު ބަރާކް ކުރި އީމެއިލަކަށް ހަމަ އެ ދުވަހު ފޮނުވި ޖަވާބެއްގައި ވަކި ރައީސެއްގެ ނަން ހާމަނުކޮށް އެޕްސްޓީން ލިޔުނެވެ.

އެ ތާރީހާ ހަމައަށް ރާއްޖޭގައި ރައީސަކަން ކުރެއްވި ތިން ބޭފުޅަކު ތިއްބެވި އެވެ. އެއީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ވަހީދު އެވެ. އޭގެ ތެރެއިން އެއްވެސް ބޭފުޅަކީ އެޕްސްޓީންއާ ގުޅުމެއް އޮތްކަން ހާމަވެފައިވާ ބޭފުޅުންނެއް ނޫނެވެ.

ނަޝީދު ވަނީ އެޕްސްޓީން އާއި ބައްދަލުކުރިކަން ދޮގުކުރައްވާފަ އެވެ. އަދި، އެކަން ކުރީ ވަހީދު ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއް ވެސް އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި އެޕްސްޓީންއާ ދެކޮޅަށް ތަހުގީގު ފެށީ 2005 ވަނަ އަހަރު އެވެ. ޖޫން 2008 ގައި އޭނާގެ މައްޗަށް 18 މަސްދުވަހު ޖަލު ހުކުމެއް އިއްވިއިރު 13 މަސްދުވަހަށް ފަހު އޭނާ މިނިވަންވި އެވެ. އެހެންކަމުން ރާއްޖޭގެ ކުރީގެ ރައީސަކު އެޕްސްޓީން އާއެކު ބައްދަލުވުމެއް ބޭއްވިނަމަ އެ ބައްދަލުވުމެއް ބާއްވާފައިވަނީ އޭނާގެ މައްޗަށް ކުޑަކުއްޖަކަށް ހަށި ވިއްކުމަށް މަޖުބޫރު ކުރުވުމުގެ ކުށް ސާބިތުވެފައި ވަނިކޮށެވެ.

ޖުލައި 2019، ގައި ސެކްސް ޓްރެފިކިން ތުހުމަތުގައި އޭނާ އަލުން ހައްޔަރުކުރި އެވެ. އަދި، ޖެހިގެން އައި އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ޖަލު ގޮޅީގައި ހުއްޓައި އޭނާ ކުއްލި ގޮތަކަށް މަރުވި އެވެ. އެއަށް ފަހު އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox