ލީކުވި މެއިލްތަކެއްގައި 2014 ވަނަ އަހަރު އެޕްސްޓީން އާއި ރާއްޖޭގެ ކުރީގެ ރައީސަކާ އެކު އޮތް ބައްދަލުވުމެއްގެ ވާހަކަ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގި ޖެފްރީ އެޕްސްޓީން.  ---- ފޮޓޯ: ރޮއިޓާސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގި ޖެފްރީ އެޕްސްޓީން. ---- ފޮޓޯ: ރޮއިޓާސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއި ރާއްޖޭގެ ކުރީގެ ރައިސަކާ އެކު ބައްދަލުވުމެއް ތާވަލުކުރިކަން އިންޓަނެޓުގައި ލީކުކޮށްލި އީމެއިލްތަކަކުން ހާމަވެއްޖެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރުކަން 1999 އިން 2001 އަށް ކުރި އިހުދު ބަރާކްގެ އީމެއިލްތަކެއް މީގެ ދެ ދުވަސް ކުރިން ވަނީ ޓެލެގްރާމްގައި ލީކުކޮށްލާފަ އެވެ. އެކަން ކުރި ކަމަށް ބެލެވެނީ އީރާންގެ އިންޓެލިޖެންސް ހިދުމަތްތަކާ ގުޅުން އޮތް ހެކަރުންގެ ގްރޫޕަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2007 އިން 2016 އަށް އޭނާ ކޮށްފައިވާ އެެއްލައްކަށްއަށްވުރެ ގިނަ އީމެއިލް އެވެ.

"އައި ހޭވް ޕީޓާ ތިއެލް އޮން ދަ 19 އިން އެންވައި، އިފް ޔޫ ލައިކް، އޭޒް ވެލް އޭޒް ދަ ފޯމާ ޕްރެޒިޑެންޓް އޮފް ދަ މޯލްޑިވްސް،" އެޕްރީލް 28، 2014 ގައި އިހުދު ބަރާކް ކުރި އީމެއިލަކަށް ހަމަ އެ ދުވަހު ފޮނުވި ޖަވާބެއްގައި ވަކި ރައީސެއްގެ ނަން ހާމަނުކޮށް އެޕްސްޓީން ލިޔުނެވެ.

Advertisement

"އެންވައި" އެއީ ނިއު ޔޯކްއަށް ނިސްބަތްކުރާ ނަމެކެވެ. ބެލެވޭ ގޮތުގައި އީމެއިލްގައި އެ ބުނަނީ އެޕްރީލް 2014 އާ ޖެހިގެން އައި މެއި މަހުގެ 19 ވަނަ ދުވަހު ނިއު ޔޯކްގައި ބާއްވަން ތާވަލުކުރި ބައްދަލުވުމެކެވެ. އެ ބައްދަލުވުން އޮތް ކަމެއް ނުވަތަ ނެތް ކަމެއް ކަށަވަރެއް ނުކުރެވެ އެވެ.

އެޕްސްޓީންގެ ހަތް ފްލޯގެ މެންޝަނެއް އެމެރިކާގެ ނިއު ޔޯކްގައި ހުއްޓެވެ. އެ މެންޝަނަކީ އެޕްސްޓީން ސެކްސް ޓްރެފިކިން އޮޕަރޭޝަނެއް ހިންގި ތަނެއްކެވެ. އެ އީމެއިލްގައި ބުނާ ބައްދަލުވުމެއް ބޭއްވިނަމަ އެ ބައްދަލުވުން އޮތީ މި ތަނުގައި ކަމެއް ވެސް ކަށަވަރެއް ނުކުރެވެ އެވެ.

އެ ތާރީހާ ހަމައަށް ރާއްޖޭގައި ރައީސަކަން ކުރެއްވި ތިން ބޭފުޅަކު ތިއްބެވި އެވެ. އެއީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު އެވެ. އޭގެ ތެރެއިން އެއްވެސް ބޭފުޅަކީ އެޕްސްޓީންއާ ގުޅުމެއް އޮތްކަން ހާމަވެފައިވާ ބޭފުޅުންނެއް ނޫނެވެ.

ކުޑަކުދިންނާއި އަދި އެތަކެއް ޒުވާން އަންހެނުން އެ މެންޝަންގެ ތެރޭގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވީކަން ތަހުގީގުތަކުން އޮތީ ހާމަވެފަ އެވެ. ބިރު ދައްކައި ރިޝްވަތު ހުށަހަޅައިގެން އެފަދަ ކުދިންގެ އަޑު ކަނޑުވާލުމަށް އެޕްސްޓީން މަސައްކަތް ކުރިކަން ވެސް އޮތީ ހާމަވެފަ އެވެ.

އެޕްސްޓީން މެންޝަނަކީ ދުނިޔޭގެ ލީޑަރުންނާއި، ފިލްމީ ތަރިންނާއި، ނުފޫޒުގަދަ ވިޔަފާރިވެރިންނާއި، މަޝްހޫރު އެތައް ބަޔަކު ޒިޔާރަތްކުރި ތަނެކެވެ. އެ މެންޝަނަށް ދިޔަ މީހުން ކުރި ކުށްތައް ސިއްރު ކެމެރާތަކުން ރެކޯޑް ކޮށް ބްލެކްމެއިލް ކޮށްގެން އެޕްސްޓީން މަންފާ ހޯދި އެވެ.

އެޕްސްޓީންގެ ތަހުގީގު ފައިލްތަކުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނަން އޮތް ކަމަށް އެމަނިކުފާނަށް އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން އަންގާފައިވާ ކަމަށް ވެސް "ވޯލްސްޓްރީޓް ޖާނަލް" އިން ރިޕޯޓު ކުރި އެވެ. އެޕްސްޓީން އާއި ޓްރަމްޕަކީ މީގެ ކުރިން ވަރަށް ގާތް އެކުވެރިންނެވެ. ނަމަވެސް 2004 ގެ ފަހުން އެޕްސްޓީނާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް ޓްރަމަޕް ވިދާޅުވެ އެވެ.

މިދިޔަ އަހަރު ކުރެއްވި ކެމްޕޭނުގައި ޓްރަމްޕް ވަނީ އެޕްސްޓީން ތަހުގީގާ ގުޅޭ ހުރިހާ ފައިލެއް އާންމުކުރާނެ ކަމަށް ވައުދުވެފަ އެވެ. އެ ވައުދު ނުފުއްދާތީ އާންމުންގެ ނުރުހުން ޓްރަމްޕް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެޕްސްޓީން އާއެކު މިކަމުގައި އިސްކޮށް ހަރަކާތްތެރިވީ ގްލެއިން މެކްސްވެލް އެވެ. އޭނާއަކީ އެޕްސްޓީންގެ ބޭނުމަށް ކުދިން ޓްރެފިކް ކޮށްދިން ކަމުގެ ތުހުމަތު ސާބިތުވެ 2021 ވަނަ އަހަރު ޖަލު ހުކުމެއް ވެސް އިއްވާފައިވާ މީހެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި އެޕްސްޓީންއާ ދެކޮޅަށް ތަހުގީގު ފެށީ 2005 ވަނަ އަހަރު އެވެ. ޖޫން 2008 ގައި އޭނާގެ މައްޗަށް 18 މަސްދުވަހު ޖަލު ހުކުމެއް އިއްވިއިރު 13 މަސްދުވަހަށް ފަހު އޭނާ މިނިވަންވި އެވެ. އެހެންކަމުން ރާއްޖޭގެ ކުރީގެ ރައީސަކު އެޕްސްޓީން އާއެކު ބައްދަލުވުމެއް ބޭއްވިނަމަ އެ ބައްދަލުވުމެއް ބާއްވާފައިވަނީ އޭނާގެ މައްޗަށް ކުޑަކުއްޖަކަށް ހަށި ވިއްކުމަށް މަޖުބޫރު ކުރުވުމުގެ ކުށް ސާބިތުވެފައި ވަނިކޮށެވެ.

ޖުލައި 2019، ގައި ސެކްސް ޓްރެފިކިން ތުހުމަތުގައި އޭނާ އަލުން ހައްޔަރުކުރި އެވެ. އަދި، ޖެހިގެން އައި އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ޖަލު ގޮޅީގައި ހުއްޓައި އޭނާ ކުއްލި ގޮތަކަށް މަރުވި އެވެ. އެއަށް ފަހު އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދިޔަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox