އިސްލާމްދީނުގެ އަސްލަކާ ހިލާފުވެއްޖެ ނަމަ މަޖިލިސް މެންބަރުން ވެސް ހައްޔަރުކޮށް ދައުވާ އުފުލޭނެ: ސަވާދު

ޑރ. އަލީ ސަވާދު -- ފޮޓޯ: ރައީސް އޮފީސް

ޑރ. އަލީ ސަވާދު -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އިސްލާމްދީނުގެ އަސްލަކާ ހިލާފުވެއްޖެ ނަމަ ހައްޔަރުކޮށް ދައުވާ އުފުލޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ސަވާދު ކުރެއްވި ޕޯސްޓެއްގައި ވަނީ ބައެއް ނޫސްވެރިން އުލުބައިންދަންޖެހޭ ކަމަށް ވިދާޅުވެ ފަލާހު ދެއްކެވުމުން ވެސް މަޖިލިސް މެންބަރުންނަށް ލިބިދޭ އިމްތިޔާޒާއި ބާރުގެ ދަށުން އޭނާއަށް ހިމާޔަތް ލިބޭތޯ ސުވާލު އުފައްދަވައިފަ އެވެ.

"މީހުންގެ އަބުރު ކަތިލާ ނޫސްވެރިން އުލުބައިންދަންޖެހޭ ކަމަށް މަޖިލީހުގެ މެންބަރަކު ވިދާޅުވުމުން ވެސް މަޖިލީހުގެ އިމްތިޔާޒުގެ ދަށުން ހިމާޔަތް ލިބޭނެތޯ؟ އިސްލާމްދީނުގެ އަސްލަކާ ހިލާފަށް ވޯޓެއް ދެއްވިޔަސް ބިލެއް ހުށަހެޅުއްވިޔަސް ވާހަކައެއް ދެއްކިޔަސް މަޖިލިސް މެންބަރުން ހާޒިރުކޮށް، ހައްޔަރުކޮށް ތަހުގީގުކޮށް ދައުވާ ވެސް އުފުލޭނެ،" ސަވާދު ވިދާޅުވި އެވެ.

މަޖިލިސް ގަވާއިދުގެ 64 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮޮންނަނީ މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަން ޖެހޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވެ ކަމަށެވެ.

ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "އިސްލާމްދީނުގެ އަސްލު" ވަރަށް ތަފުސީލުކޮށް މާނަ ކޮށްދީފައިވެ އެވެ.

titledesc

ސަވާދު ވިދާޅުވީ މީހުންނަށް ލާއިންސާނީ އަދަބު ދިނުމާ ދެކޮޅަށް ދީނީ އެތައް ފަތުވާއެއް ނެރެފައިވާ ކަމަށެވެ. އަދި އެކަމަކީ ނަހީ ކުރައްވާފައިވާކަން ބަޔާން ކުރައްވައި ރަސޫލާ ހަދީސް ވެސް ކުރައްވާފައިވާ ކަމަށް ސަވާދު ވިދާޅުވި އެވެ.

"ކޮންމެ މީހެއްގެ ވެސް އާއިލާ އާއި ނަމާއި އަބުރު ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް، އަދި ކުރަން ވެސް ޖެހޭ ކަމެއް، އެކަމަކު އެއީ އަދި އެހެން ބަޔަކަށް ލާއިންސާނީ އަދަބު ދިނުމަށް ގޮވައިލަން ލިބޭ ލައިސެންސެއް ނޫން،" ސަވާދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެތައް ބަޔަކު ނުރުހުންވެ ފާޑުކިޔަމުން ދަނީ ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އިއްޔެ މަޖިލީހުގައި ވިދާޅުވުމުންނެވެ.

މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ.

"... މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.

ދިވެހި ރަދީފުގައި ބުނެފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. އުލުބައިންދާއިރު ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރެނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox