ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

Aug 22, 2025, 8:44 AM
ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ކޮލޮމްބޯ، ސްރީލަންކާ (އޮގަސްޓު 22) - އަމިއްލަ ދަތުރެއްގެ ހަރަދުތައް ހަމަޖައްސަން ދައުލަތުގެ ފައިސާ ބޭނުންކުރި މައްސަލެއްގެ ތުހުމަތުގައި ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ މިއަދު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަނިލް ހައްޔަރުކުރީ އޭނާއާ ސުވާލުކުރަން ކޮލަމްބޯގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓުމަންޓަށް ހާޒިރުވުމުންނެވެ.

ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު އަމާޒުވާ ދަތުރުގައި ރަނިލް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ލަންޑަނުގައި އޮތް ޔުނިވާސިޓީއެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކަށެވެ. އޭނާ މި ރަސްމިއްޔާތަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 23، 2023 ގަ އެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ އިންވެސްޓިގޭޓަރުންނާ ހަވާލާދީ ލަންކާގައި ނިއުސްވަޔާގައި ވަނީ، ރަނިލް ލަންޑަނަށް ވަޑައިގެންނެވީ އެހެން ގައުމުތަކަކަށް ކުރެއްވި ރަސްމީ ދަތުރެއްގެ ތެރެއިން ކަމަށެވެ.

ރަނިލްއަކީ ލަންކާގައި ސިޔާސީ ގޮތުން ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. އޭނާ ވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަން ފަސް ފަހަރެއްގެ މަތިން ކުރައްވާފަ އެވެ.

ލަންކާގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރުން އަންނަނީ އެ ގައުމުގައި ހިންގާފައި ހުރި ހިޔާނާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންނެވެ.

މީގެ ކުރިން ވަނީ ޕާލިމެންޓުގެ ކުރީގެ ބައެއް މެންބަރުން ވެސް ހައްޔަރުކޮށްފަ އެވެ. މި ގޮތުން ހައްޔަރު އަމަރު ނެރުނު މެންބަރުންގެ ތެރޭގައި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، ނަމަލް ރާޖަޕަކްސަ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެރޫގެ އަވަށެއްގެ މޭޔަރުކަމަށް ހިޓްލަރު މުސޮލިނީ އިންތިހާބުވެއްޖެ

ސިމިއޯން އިންތިހާބުވީ 1،000 އަށްވުރެ މަދު މީހުން ދިރިއުޅޭ ސަރަހައްދެއްގެ މޭޔަރު ކަމަށް ވީނަމަވެސް، ދުނިޔޭގައި މަޝްހޫރުވި ދެ ފެސިސްޓް ޑިކްޓޭޓަރުންގެ ނަމުން އޭނާއަށް ނަން ދީފައިވުމުގެ ސަބަބުން، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެ ގައުމުގެ އެ ކުޑަ އަވަށަށް ވަނީ ހުއްޓިފަ އެވެ.

ދޫންޏެއްގެ އަޑާއި މުއާސަލާތު ކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް

ހިމާލަޔާ ސަރަހައްދުގައި އިންސާނީ ހަރަކާތްތަކާއި އުމްރާނީ ތަރައްގީ އިތުރުވުމުގެ ސަބަބުން، "މޮނާލް" ދޫނީގެ ގުދުރަތީ މާހައުލު ގެއްލި އެ ސަރަހައްދުގެ މަތީ ހިސާބުތަކަށް ހިޖުރަކުރަން ވަނީ މަޖުބޫރުވެފައެވެ. މީގެ އިތުރުން، އިންސާނީ އަޑުގަދަވުމުގެ ސަބަބުން އެކަތި އަނެކައްޗާ މުއާމަލާތްކުރުމަށްޓަކައި އެ ދޫނިތަކުގެ އަޑުގެ ރާގަށް ބަދަލުތަކެއް އަންނަމުންދާކަން ދިރާސާތަކުން ދައްކައެވެ.

ކަންބޮޑުވުން އުފެދިފައި ވަނިކޮށް މީހަކަށް މަރުގެ އަދަބު ދީފި

އެމެރިކާގެ ޓެކްސަސްގައި 2000 ވަނަ އަހަރު މީހަކު މަރާލި މައްސަލައެއްގައި ޖަމާލް ހޮވާޑްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް، ވިހަ އިންޖެކްޝަން ޖަހައިގެން ތަންފީޒުކޮށްފިއެވެ. އިންޖެކްޝަންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ހޮވާޑްގެ ވަކީލުން ހުކުމް ފަސްކުރަން އެދުނު ނަމަވެސް، ކޯޓުތަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މިއީ މިދިޔަ ހަފުތާގައި އެހެން މީހަކަށް މަރުގެ އަދަބު ދިނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން އުފެދުނު ބަހުސްތަކެއްގެ ތެރެއިން ހިންގި އަމަލެކެވެ.

ޔޫކޭ ކަނޑުތަކުން އަލުން ނޫއުރަހަ ކަންނެލި ފެންނަން ފަށައިފި

ޔޫކޭގެ ކަނޑުތަކުން ހުސްވެފައިވާ ނޫއުރަހަ ކަންނެލި އަލުން ފެންނަން ފެށުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުން ނަތީޖާ ނެރެވިދާނެކަމުގެ އުންމީދީ ހެއްކެއް ކަމަށް ޑަބްލިއުޑަބްލިއުއެފްގެ ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ. މި ކުރިއެރުން ލިބިފައިވަނީ މަސް ބޭނޭ މިންވަރު ކަނޑައެޅުމާއި މަސް އަލާވާ ސަރަހައްދުތައް ހިމާޔަތްކުރުން ފަދަ ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުންނެވެ.

ސައުދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާތަކުގައި ތިން މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އަބްހާ އަދި ކިންގް ޚާލިދު އެއާޕޯޓަށް ދިން މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައި ތިން މީހަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތަކުގައި މަރުވެފައިވަނީ މޮރޮކޯ، އަލްޖީރިއާ އަދި ސޫދާނަށް ނިސްބަތްވާ ތިން މީހުން ކަމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ހަނދަށް ކުރި ދަތުރުގެ ސޮފްޓްވެއާ އިންޖިނިއަރު މަރުވެއްޖެ

ނާސާގެ އެޕޯލޯ މިޝަންތަކުގެ ސޮފްޓްވެއާ އިންޖިނިއަރިން ޓީމު އިސްވެ ބަލަހައްޓަވައި، ހަނދަށް އިންސާނުން ފޮނުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މާގްރެޓް ހެމިލްޓަން އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ. އޭނާއަކީ "ސޮފްޓްވެއާ އިންޖިނިއަރިން" މި ލަފުޒު އުފެއްދެވި، އަދި އެޕޯލޯ 11 ހަނދަށް ތިރިކުރި ވަގުތު ދިމާވި ކޮމްޕިއުޓަރު މައްސަލަ ހައްލުކުރުމުގައި އެންމެ އިސްކޮށް ހުންނެވި ސައިންޓިސްޓެވެ. އޭނާގެ މި ތާރީޚީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ވެސް ވަނީ ލިބިވަޑައިގެންފައެވެ.

އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގި މީހަކަށް އެމެރިކާގެ އެހީ

އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ސީރިޔާގެ ކުރީގެ ޖެނެރަލް ބައްސާމް އަލް ހަސަންއަށް، އެމެރިކާ އާއި ލުބުނާނުން ޚަރަދުކޮށް ހިމާޔަތް ދެމުންދާކަން ތަހުގީގަކުން ވަނީ ފަޅާއަރާފައެވެ. އޭނާއަށް މި ހިމާޔަތް ދެނީ ވަގަށް ނަގާފައިވާ އެމެރިކާގެ ނޫސްވެރިޔާ އޮސްޓިން ޓައިސްއާ ގުޅޭ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށް އެއްބަސްވުމުން ކަމަށްވާއިރު، ސީރިޔާގެ އާ ސަރުކާރުން ދަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox