މި ވަގުތު ޔުނައިޓެޑް ދޫކޮށްލުމަކީ މޮޔަ ކަމެއް: މެގުއާ

Aug 22, 2025, 3:55 AM
މި ވަގުތު ޔުނައިޓެޑް ދޫކޮށްލުމަކީ މޮޔަ ކަމެއް: މެގުއާ

މެންޗެސްޓާ (އޮގަސްޓް 22) - މެންޗެސްޓާ ޔުނައިޓެޑް މިހާރު ކުރިއަށްދަނީ ރަނގަޅު މިސްރާބުން ކަމަށާއި މި ވަގުތު އެ ޓީމު ދޫކޮށްލުން ވާނީ މޮޔަ ކަމަކަށް ކަމަށް އިނގިރޭސި ޑިފެންޑަރު، ހެރީ މެގުއާ ބުނެފި އެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން، 2019 ވަނަ އަހަރު ލެސްޓާ ސިޓީ އިން 93 މިލިއަން ޑޮލަރަށް، ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ޔުނައިޓެޑާ ގުޅުނު މެގުއާ، 32، ދޫކޮށްލަން މިދިޔަ ދެ ސީޒަނުގައި ވެސް ޔުނައިޓެޑުން މަސައްކަތް ކުރި އެވެ.

މިދިޔަ އަހަރު ޔުނައިޓެޑުން ވަނީ ވެސްޓް ހޭމް ޔުނައިޓެޑަށް މެގުއާ ވިއްކާލަން އަގަކާ މެދު ވެސް އެއްބަސްވެފަ އެވެ. އެކަމަކު، އެ ޑީލަށް މެގުއާގެ ރުހުން ނުލިބިގެން އެ ޓްރާންސްފާ ނުހިނގި އެވެ.

ޔުނައިޓެޑްގައި އޭނާގެ ކެރިއަރާއި އެ ކްލަބްގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވާހަކަދައްކަމުން މެގުއާ ބުނީ، ޔުނައިޓެޑްގައި މިހާރު ކަންކަން ބަދަލުވަމުން އަންނަ ކަމަށާއި އާ ކޯޗު ރުބެން އަމޮރިމް ބޭނުންވާ ސިސްޓަމަކަށް ކަންކަން ހޭނެމުން އަންނަ ކަމަށެވެ.

"އަހަންނަށް މި ކްލަބްގައި ވަރަށް ކަންކަން ފެނިއްޖެ، މިހާރު އާ ކޯޗު (އަމޮރިމް) ބޭނުންވާ ކަންކަން ޔަގީނުން ވެސް މިދިޔަ ސީޒަނުގައެއް ނުދޭ. ވަރަށް ގިނަ ކަންކަމަށް ހައްލު ގެނެސްގެން އޭނާ މަސައްކަތް ކުރަމުން އެ އަންނަނީ، މިހާރު މި ޓީމު މިދާ މިސްރާބު އަހަންނަށް ފެންނަނީ ރަނގަޅަށް، އެހެންވީމަ ގަބޫލުކުރެވެނީ މި ވަގުތު މި ޓީމު ދޫކޮށްލުމަކީ މޮޔަ ކަމަކަށް ވާނީ،" އަންނަ ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި މެގުއާ ބުންޏެވެ.

މެގުއާ ބުނީ، އާ ކޮންޓްރެކްޓެއްގެ ވާހަކަ ޔުނައިޓެޑުން އަދި ދައްކާފައިނުވި ނަމަވެސް އެ ކަމަށް ވަގުތު އެބައޮތް ކަމަށެވެ. އަދި، މި ފަހަރުގެ ޓްރާންސްފާގައި ޔުނައިޓެޑުން އެއްވެސް ޑިފެންޑަރަކު ނުވިއްކާނެކަން ކްލަބުން އަންގާފައިވާ ކަމަށާއި ޖެނުއަރީ ޓްރާންސްފާ ތެރޭގައި ކަންކަން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް މެގުއާ ވަނީ ބުނެފަ އެވެ.

ހަލް ސިޓީ އާއި ލެސްޓާ ސިޓީ އަށް ކުރިން ކުޅުނު މެގުއާ ވަނީ ޔުނައިޓެޑާ ގުޅުނު ފަހުން އެ ޓީމަށް 247 މެޗު ކުޅެދީފަ އެވެ. މީގެ ކުރިން، މެގުއާ ވަނީ ޔުނައިޓެޑްގެ ކެޕްޓަންކަން ކޮށްފަ އެވެ. އެކަމަކު، އޭނާގެ ޓްރާންސްފާ ކަންތައްތަކެއް ކުރިއަށްދާތީވެ، މީގެ އެއް އަހަރު ކުރިން، ކެޕްޓަންކަން ބްރޫނޯ ފެނާންޑޭސް އަށް ދޭން ޔުނައިޓެޑުން ނިންމީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox