ވިލާ ކޮލެޖުން އެލްއެލްއެމްގެ ތިން މާސްޓާސް ޕްރޮގްރާމް ތައާރަފްކޮށްފި

ވިލާ ކޮލެޖުން އެލްއެލްއެމްގެ ތިން މާސްޓާސް ޕްރޮގްރާމް ތައާރަފްކޮށްފި

ވިލާ ކޮލެޖުން ކުރިއަށް އޮތް ސެޕްޓެމްބަރު އިންޓޭކަށް މާސްޓާ އޮފް ލޯ (އެލްއެލްއެމް) ގެ ތިން ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.

ވިލާ ކޮލެޖުން ތައާރަފްކުރި ތިން ޕްރޮގްރަމަކީ އެލްއެލްއެމް އިން ކޯޕަރޭޓް ގަވަނަންސް، އެލްއެލްއެމް އިން އޯލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން އަދި އެލްއެލްއެމް އިން އިސްލާމިކް ފައިނޭންސް އެވެ.

އެ ޕްރޮގްރާމްތަކަށް ޝައުގުވެރިވާ އެންމެންނަށް ސެޕްޓެމްބަރު 3، ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އެމްކިއުއޭ އަދި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެކްރެޑިޓޭޝަން ލިބިފައިވާމި އެ ޕްރޮގްރާމްތަކުގެ މައިގަނޑު މަގްސަދަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހުންނަށް، ވަކިވަކި ދާއިރާތަކުން ހާއްސަވުމަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން، އަސްނާ އަހްމަދު ވިދާޅުވީ އަލަށް ތައާރަފްކުރި ޕްރޮގްރާމްތަކަކީ ރާއްޖޭގެ އިގްތިސާދީ އަދި ގާނޫނީ މާހައުލު ބަދަލުވަމުން އަންނައިރު، ހާއްސަ ދާއިރާތަކުން ތަމްރީނުވެފައިވާ ޕްރޮފެޝަނަލުންނަށް އޮތް ޑިމާންޑަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތަކެއް ކަމަށެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، ޑރ. އަލީ ނަޖީބު ވިދާޅުވީ، މި ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުން ވެގެންދާނީ ރާއްޖޭގެ ކޯޕަރޭޓް ދާއިރާ ހަރުދަނާކޮށް، ވިޔަފާރީގެ ދެބަސްވުންތައް ހަލުވިކަމާއެކު ހައްލުކޮށް، އަދި އިސްލާމީ މާލީ ދާއިރާއަށް ގާނޫނީ ލަފާ ދެވޭނެ ފަދަ ގާބިލް ލީޑަރުންނަށް ކަމަށެވެ.

އެލްއެލްއެމް އިން ކޯޕަރޭޓް ގަވަނަންސް

މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ކޯޕަރޭޓް ގާނޫނުތަކާއި، އެ ގާނޫނުތައް އަމަލީ ގޮތުން ބޭނުންކުރުމާއި ކޮމްޕްލަޔަންސްގެ ދާއިރާއިން ދަރިވަރުންގެ ގާބިލްކަން އިތުރުކުރުމަށެވެ.

ޕްރޮގްރާމުގެ މަގްސަދަކީ ކޯޕަރޭޓް ދާއިރާގައި ކާމިޔާބު ކެރިއަރެއް ބިނާކުރުމަށް ބޭނުންވާނެ ހުނަރުތައް ދަރިވަރުންނަށް ހޯދައިދިނުމެވެ.

އެގޮތުން ޕްރޮގްރާމްގެ މޮޑިއުލްތަކުގެ ތެރޭގައި "ޓްރާންސްނޭޝަނަލް ކޯޕަރޭޓް އެންޑް ކެޕިޓަލް މާކެޓްސް ލޯ"، "އިންޓަރނޭޝަނަލް ކޮމާޝަލް ލޯ"، އަދި "ދަ ޕްރިންސިޕަލްސް އެންޑް ޕްރެކްޓިސަސް އޮފް ކޯޕަރޭޓް ގަވަރނަންސް" ފަދަ މުހިންމު މާއްދާތައް ހިމެނެ އެވެ.

އެލްއެލްއެމް އިން އޯލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން

މި ޕްރޮގްރާމަކީ ދެބަސްވުންތައް ހައްލުކުރުމުގެ ހުނަރުތައް، ހާއްސަކޮށް ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.

އާބިޓްރޭޓަރުންނާއި، މީޑިއޭޓަރުންނާއި، އަދި ނެގޯޝިއޭޝަން ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު މި ޕްރޮގްރާމުން ލިބިގެންދާނެ އެވެ.

ކިޔަވައިދެވޭ މޮޑިއުލްތަކުގެ ތެރޭގައި "ޕަބްލިކް އިންޓަރނޭޝަނަލް ލޯ"، "ނެގޯޝިއޭޝަން އެންޑް މީޑިއޭޝަން"، އަދި "އިންޓަނޭޝަނަލް ޑިސްޕިއުޓް ސެޓަލްމަންޓް" ފަދަ މާއްދާތައް ހިމެނެ އެވެ.

އެލްއެލްއެމް އިން އިސްލާމިކް ފައިނޭންސް

އެލްއެލްއެމް އިން އިސްލާމިކް ފައިނޭންސް ޕްރޮގްރާމަކީ، އިސްލާމީ މާލީ މުއާމަލާތްތަކާއި ވިޔަފާރީގެ ގާނޫނީ އުސޫލުތަކަށް އަހުލުވެރި، އަމަލީ ތަޖުރިބާ ލިބިފައިވާ ގާނޫނީ މާހިރުން އުފެއްދުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ އެންމެ ހައްސަ ކަމަކީ، އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެއިފް) ޔުނިވަސިޓީގެ ތިން މައިކްރޯ-ކްރެޑެންޝަލް މޮޑިއުލް ހިމެނުމެވެ.

މައިކްރޯ-ކްރެޑެންޝަލް އަކީ، ވަކި ހުނަރެއް ނުވަތަ ގާބިލްކަމެއް ލިބިފައިވާކަން އަންގައިދޭ، ކުރު މުއްދަތެއްގެ ހާއްސަ ކޯހެކެވެ.

މިގޮތުން، "ޝަރީއާ އެސްޕެކްޓްސް އޮފް ބިޒްނަސް އެންޑް ފައިނޭންސް"، "އިސްލާމިކް ބޭންކިން ޕްރެކްޓިސަސް"، އަދި "ރިސްކް މެނޭޖްމަންޓް އިން ބޭންކްސް" - މި ތިން މޮޑިއުލް ފުރިހަމަކުރާ ދަރިވަރުންނަށް އިންސެއިފްގެ ޕްރޮފެޝަނަލް ސެޓްފިކެޓް ލިބިގެންދާނެ އެވެ.

މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަކީ އަމަލީ އަދި ދާއިރާއާ ގުޅުންހުރި ހުނަރުތައް ލިބިފައިވާ، ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރެވޭ، އިސްލާމިކް ފައިނޭންސްގެ މާކެޓުގައި ވާދަވެރި، ގާބިލް ބަޔަކަށް ވެގެންދާނެ އެވެ.

ވިލާ ކޮލެޖުން ބުނީ އަލަށް ތައާރަފްކުރި ތިން ޕްރޮގްރާމަކީވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކެކެވެ. އެ ކޮލެޖުން ބުނީ އެ ޕްރޮގްރާމްތަކުގެ ސަބަބުން، އެކި ކަންކޮޅުތަކުގައި ތިބި ގާނޫނީ ޕްރޮފެޝަނަލުންނަށް ވެސް މި ކޯސް ފުރިހަމަކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމްތައް ފަރުމާކުރީ ތިއަރީ އާއި އަމަލީ މަސައްކަތް ގުޅުވައިދޭ، އެންމެ ފަހުގެ ދިރާސާތަކުގެ އަލީގައި، ދަރިވަރުންނަށް ފުރިހަމަ ގާނޫނީ ތައުލީމެއް ފޯރުކޮށްދިނުމަށް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން ބުނީ ޕްރޮގްރާމްތަކާއި ގުޅޭ އިތުރު ތަފްސީލްތަކާއި އެޕްލިކޭޝަން ހުށަހެޅުމާބެހޭ މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީން ދަރިވަރުންގެ އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ހާއްސަ މުހިންމުކަމެއް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox