މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ޖަލަށް ދާން ވެސް ނޫސްވެރިން ތައްޔާރު

މިނިވަން ނޫސްވެރިކަން ނައްތައިލުމަށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ދެކޮޅު ހެދުމުގެ ގޮތުން އިއްޔެ މަޖިލީހުގައި އިހުތިޖާޖު ކުރުމަށްފަހު އެ އިދާރާގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އަދަދު

މިނިވަން ނޫސްވެރިކަން ނައްތައިލުމަށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ދެކޮޅު ހެދުމުގެ ގޮތުން އިއްޔެ މަޖިލީހުގައި އިހުތިޖާޖު ކުރުމަށްފަހު އެ އިދާރާގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އަދަދު

މިނިވަން ނޫސްވެރިކަން ނައްތައިލުމަށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ފާސްކޮށްފި ނަމަ، މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ޖަލަށް ދާން ވެސް ތައްޔާރުކަމަށް ނޫސްވެެރިން ބުނެފި އެވެ.

ސަރުކާރު އަޑީގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. މިއީ އޭނާ މި ފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ދެ ވަނަ ފަހަރެވެ.

މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ރޭ އެކްސް ސްޕޭސްގައި ކުރިއަށް ގެންދިޔަ ލައިވްގައި ވާހަކަދައްކަމުން އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް، ނާއިފް އަހުމަދު ބުނީ މަޖިލީހުގައި މިހާރު އޮތް މީޑިއާ ކޮންޓްރޯލް ބިލް ފާސްކޮށްފި ނަމަ މުޒާހަރާ ކުރަން ނޫސްވެރިން ތައްޔާރު ކަމަށެވެ.

"މީޑިއާ ކޮންޓްރޯލް ބިލް މަޖިލީހުން ފާސްކޮށްފި ނަމަ މުޒާހަރާ ކުރަން މިއަދު އޮތް އަޅުގަނޑުމެންގެ ވޯކިން ގްރޫޕް ބައްދަލުވުމުގައި ނިންމާފައި ވަނީ، ބިލް ފާސްކޮށްފި ނަމަ ޖަލަށް ދާން ވެސް ތައްޔާރަށޭ ޖުންދު ބުނި އަޅުގަނޑު ކައިރީ މިއަދު، އެހެންވީމަ އެގޮތަށް އަޅުގަނޑުމެން މި ތިބީ،" ނާއިފް ބުންޏެވެ.

މިނިވަން ނޫސްވެރިކަން ނައްތައިލަން މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ބިލް ބަލައި ނުގަތުމަށް އެމްޖޭއޭ އާއި ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލް މެންބަރުން ގުޅިގެން ހަދާފައިވާ ވޯކިން ގްރޫޕުން އިއްޔެ ވަނީ ނިންމައިފަ އެވެ.

އިއްޔެ ހަވީރު އޮތް އެ ބައްދަލުވުމުގައި ނިންމާފައި ވަނީ މިނިވަން ނޫސްވެރިކަން ނައްތައިލުމަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ސޯޝަލްމީޑިއާ އާއި އެ ނޫން ވެސް މަންސަތަކުގައި އަޑު އުފުލައި ކަންބޮޑުވުން ފާޅު ކުރުމަށެވެ. އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުން އެ ބިލް ފާސްކޮށްފި ނަމަ މުޒާހަރާ ކުރުމަށް ވެސް ވޯކިން ގްރޫޕުން އިއްޔެ ވަނީ ނިންމައިފަ އެވެ.

މީޑިއާތައް ނައްތާލާ ބިލުގެ ގޮތުގައި މީޑިއާތަކާއި ނޫސްވެރިން ސިފަކުރަމުން އަންނަ ބިލާ މެދު ކަންބޮޑުވުންތައް ހުއްޓަސް، މި ބިލުގެ ބަހުސްގައި ބައިވެރިވި ސަރުކާރު މެންބަރުންގެ ރޫހު ހުރީ ބިލު ފާސްކުރާ ގޮތަށެވެ. އަދި ބިލު ދިރާސާކުރަމުންދާ މަރުހަލާގެ ތެރޭގައި މީޑިއާތަކުން ކަންބޮޑުވާ ކަމެއް ހުރި ނަމަ އެ ކަންކަން އޮޅުން ފިލުވަން މީޑިއާތަކާ ބައްދަލުކުރާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

މަޖިލީހުގެ މި ދައުރު ނިންމާލާ ޗުއްޓީއަށް ދިޔައީ، މި ބިލު އިތުރަށް ދިރާސާކުރުމަށް ފަހު އެ ބިލުގެ ބަހުސް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައެޅުމަށް ފަހުގަ އެވެ.

ބިލުގައި އޮތް ގޮތުން މި ބިލު ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. މި އިންތިހާބުގައި ވޯޓު ލެވެނީ ރަޖިސްޓްރީ ކުރިތާ ފަސް އަހަރު ވެފައިވާ މީޑިއާތަކަށެވެ. މި ކޮމިޝަނަށް ރައީސަކު އައްޔަނުކުރުމުގެ ބާރު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އަލަށް އުފައްދާ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. ސިވިލް ސާވިސް ކޮމިޝަނަކީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނެކެވެ.

އާ ކޮމިޝަނަށް ލިބިދޭ އިތުރު ބާރުތަކުގެ ތެރޭގައި، މީޑިއާތަކުގެ ސުލޫކު ކަނޑައެޅުމާއި ނޫސްތައް ރަޖިސްޓްރީ ކުރުމާއި ނޫސްވެރިންގެ ދަފުތަރެއް އެކުލަވާލުމާއި މީޑިއާ މޮނީޓާ ކުރުމާއި ބްރޯޑްކާސްޓު ކުރުމަށް ލައިސަންސް ދޫކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox