ސިޓީ އާއި ޓޮޓެންހަމް އަށް ވަރުގަދަ ފެށުމެއް

Aug 16, 2025, 6:32 PM
ސިޓީ އާއި ޓޮޓެންހަމް އަށް ވަރުގަދަ ފެށުމެއް

ލަންޑަން (އޮގަސްޓް 16) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް އިން ކުޅުނު ފުރަތަމަ މެޗުތަކުން ތަފާތު ބޮޑުކޮށް މޮޅުވެ، ފެށުން ވަރުގަދަކޮށްފި އެވެ.

ޓޮޓެންހަމް އިން 3-0 އިން ބާންލީ ބަލިކުރިއިރު، ރަށުންބޭރުގައި ސިޓީން ވަނީ 4-0 އިން ވުލްވްސްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޓޮޓެންހަމް އިން މި ފަހަރު ޕްރޮމޯޓްވި ބާންލީ ބަލިކުރިއިރު، ތަރި އަކީ ރިޗާލިސަން އެވެ. މި މެޗުގައި ރިޗާލިސަން ދެ ގޯލު ޖެހިއިރު، މި ދެ ލަނޑަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ވެސްޓް ހޭމް ޔުނައިޓެޑް އިން ޓޮޓެންހަމާ ގުޅުނު ގާނާގެ ފޯވާޑް މުހައްމަދު ކުޑޫސް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ފަހު ގޯލު ޖެހީ، ޕަޕޭ މަޓަ ސާ ދިން ބޯޅައަކުން ބްރެނަން ޖޯންސަން އެވެ.

ވުލްވްސް ދަނޑުގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑް ދެ ގޯލު ޖެހިއިރު، މީގެ ތެރެއިން އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ، މި މެޗުގައި ލަނޑެއް ވެސް ޖެހި، ނެދަލެންޑްސްގެ ޓިޖާނީ ރައިންޑާސް އެވެ. އޭސީ މިލާން ދޫކޮށް ސިޓީއާ ގުޅުނު ރައިންޑާސް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސިޓީން މި މެޗުގައި ޖެހި ފަހު ގޯލު ކާމިޔާބުކުރީ ލިޔޯން ދޫކޮށް އެ ޓީމަށް މި ފަހަރު ބަދަލުވި ފްރާންސްގެ ފޯވާޑް، ރަޔާން ޗާކީ އެވެ. ވުލްވްސް އިން ފޮނުވާލި ރަނގަޅު ހަމަލާތަކެއް މި މެޗުގައި ސިޓީގެ ގޯލު ބެލެހެއްޓި ޖޭމްސް ޓްރަފޯޑް ވަނީ މަތަކޮށްފަ އެވެ.

އަލަށް ޕްރޮމޯޓްވި ސަންޑަލެންޑުން ވަނީ އަމިއްލަ ދަނޑުގައި، 3-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ބްރައިޓަން އިން މޮޅުވާން ދަނިކޮށް އިތުރު ވަގުތުގައި ލަނޑު ޖަހައި، ފުލަމް އިން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. އަދި، ނިއުކާސަލް ޔުނައިޓެޑާއި އެސްޓަން ވިލާގެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox