ތަޖުރިބާ ދަތުރު ކުރަން ޖެހެނީ ހަމައެކަނި މާލޭގައި ތިބޭ ބައެެއް ނޫން: ޝާފިއު

ބ. ކިހާދޫގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސްގެ މުއިއްޒުގެ ވާތް ފަޅީގައި ކައުންސިލްގެ ރައީސް ޝާފިއު. -- ފޮޓޯ: ރައީސް އޮފީސް

ބ. ކިހާދޫގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސްގެ މުއިއްޒުގެ ވާތް ފަޅީގައި ކައުންސިލްގެ ރައީސް ޝާފިއު. -- ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކުން ރާއްޖޭން ބޭރަށް ކުރާ ތަޖުރިބާ ދަތުރުތަކަކީ ބޭކާރު ހަރަދެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެކަމަށް ރައްދެއް ދެއްވައި، ތަޖުރިބާ ދަތުރު ކުރަން ޖެހެނީ ހަމައެކަނި މާލޭގައި ތިބޭ ބައެެއް ނޫން ކަމަށް ބ. ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނު ބަދަލުކޮށް ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމުގެ ބިލެއް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފައި ވަނިކޮށް، ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ އެ އަތޮޅު ކިހާދޫ އަށް ވަޑައިގެގެން ބޭއްވި ޖަލްސާގައި ކައުންސިލްގެ ރައީސް ޝާފިއު ބޭރު ގައުމުތަކުން ކަންކަން ދަސްކުރަންޖެހޭ ކަމަށާއި އެއީ ބޭކާރު ހަރަދެއް ކަމަށް ސަރުކާރުން ވާހަކަ ދެއްކުމަކީ ދެރަވަރު ކަމެއް ކަމަށެވެ.

"ކައުންސިލްތަކުން ތަޖުރިބާ ދަތުރުތައް ގޮސް ބޭކާރު ހަރަދުތައް ކުރާ ވާހަކަ ސަރުކާރާއި މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ކެނޑިޅޭޅި ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ދައްކަމުން އެބަ ގެންދަވާ. މިއީ ވަރަށް ދެރަ ކަމެއް،" ޝާފިއު ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރު ގައުމުތަކުގައި ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތައް ހިދުމަތްތައް ބައްޓަން ކުރުމަށާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް އިންޤާ އިޤްތިސާދުތައް ހިނގާގޮތް ބަލާ ދަސްކުރަން ޖެހޭ. އެއީ ހަމައެކަނި މާލޭގައި ޒަމާނުއްސުރެ ހިންގަމުންދާ ވުޒާރާތަކުގައި ތިބޭ މީހުންނަށް ފެންނަން ޖެހޭ މަންޒަރެއްގެ ގޮތުގައި ދެކެމުން އައި ދެކުން މިއަދު ބަދަލުވާން ޖެހޭ."

ކައުންސިލްތަކުގެ ބާރުތައް ނެގުމަށް މުއިއްޒު މަސައްކަތް ކުރައްވާތީ އެކަމަށް ރައްދު ދެއްވައި ޝާފިއު ވިދާޅުވީ ކައުންސިލްތަކަކީ ދިވެހި ދައުލަތުގެ ތެރޭގައި އެންމެ ހާމަކަން ބޮޑު ގޮތެއްގައި ހިންގާ، ރައްޔިތުންނަށް އެންމެ ޖަވާބުދާރީވާ، އެންމެ ކޮރަޕްޝަން މަދު އަދި އެންމެ ގިނަ ބައެއްގެ ބައިވެރިވުމާއި ޝާމިލްވުން އޮވެގެން ހިންގާ އިދާރަތައްކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.

މިހާތަނަށް ކޮށްފައިވާ އޮޑިޓުތަކުން އެނގޭ ގޮތުގައި ކައުންސިލްތަކުން ކޮށްފައިވާ ކޮރަޕްޝަން އަމަލުތަކުގެ ސަބަބުން ދައުލަތަށް ގެއްލިފައި ވަނީ ފަސް މިލިއަން ޑޮލަރު ކަމަށާއި އެއީ ދައުލަތުގެ އެހެން އިދާރާތަކުގެ ތެރޭގައި ހިންގާފައިވާ ކަރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާއާ އަޅާބަލާއިރު 0.001 ޕަސަންޓަށް ވުރެ ވެސް ކުޑަ އަދަދެއް ކަމަށް ޝާފިއު ވިދާޅުވި އެވެ.

"އެހެންކަމުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކޮންމެ ވެރިކަމެއްގައިވެސް އެންމެ ފަހުރުވެރިކަމާއެކު ކުރާ ކަމަކީ ކައުންސިލްތަކުގެ މެންބަރުން މަދުކޮށް ގިނަކޮށް ހެދުން ކަމުގައި ނުހައްދަވާ މައުނަވީ ގޮތެއްގައި މި ނިޒާމަށް ހެޔޮ ބަދަލެއް ގެނެވޭނެގޮތަކަށް މަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ދީފައިވާ މަޖިލީހުގެ ސްޕަ މެޖޯރިޓީގެ ބޭނުން ހިއްޕާވާ އެ ބަދަލު ގެނެސްދެއްވުމަށް ވަރަށް އަދުވެރިކަމާއެކު އެދި ދަންނަވަން،" ޝާފިއު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން އޮގަސްޓު 6 ގައި ފާސްކުރި ބިލް ތަސްދީގު ނުކުރެއްވުމަށް ޝާފިއު އެދިވަޑައިގަތެވެ.

އެ ބިލް ތަސްދީގު ނުކުރަން ރާއްޖޭގެ 80 އަށް ވުރެ ގިނަ ކައުންސިލްތަކުން ގޮވާލާފައިވެ އެވެ. އަދި ރައީސް މުއިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުގައި ބޭއްވި ޖަލްސާގައި ބައެއް ރަށްރަށުގެ ކައުންސިލުން ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox