ޕީއެސްޖީން ޝެވަލިއޭ ގަނެފި، ޑޮނަރުންމާ ވިއްކާލުމުގެ ފުރުސަތު ބޮޑު

Aug 10, 2025, 6:45 AM
ޕީއެސްޖީން ޝެވަލިއޭ ގަނެފި، ޑޮނަރުންމާ ވިއްކާލުމުގެ ފުރުސަތު ބޮޑު

ޕެރިސް (އޮގަސްޓް 10) - ޕީއެސްޖީން ލިލް އަށް ކުޅޭ ފްރާންސް ގައުމީ ޓީމުގެ ގޯލްކީޕަރު، ލޫކަސް ޝެވަލިއޭ ގަނެފައިވާއިރު، ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ، އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ ޝެވަލިއޭ ގަންނަން ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ޖުމްލަ އެކު، 60 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ. އެއީ، އެންމެ ފުރަތަމަ ލިލް އަށް ދޭ 45 މިލިއަން ޑޮލަރާއި، އޭގެ އިތުރުން ބަހާލައިގެން ދައްކަން އެއްބަސްވި 15 މިލިއަން ޑޮލަރެވެ.

ޝެވަލިއޭ، ޕީއެސްޖީއާ އެކު ސޮއިކޮށްފައިވަނީ، ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ޕީއެސްޖީން އޭނާ އަށް އިތުބާރުކޮށް، އެންމެ މަތީ ލެވަލްގައި ކުޅެން ފުރުސަތު ފަހިކޮށްދިނީތީވެ، ޝެވަލިއޭ ވަނީ ޕީއެސްޖީގެ މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، އޭނާގެ ކެރިއަރުގައި ކުރިއަށްދިއުމަށް މުހިންމު ކަންތައްތަކެއް ހާސިލްކުރަން މަގުފަހިކޮށްދީފައިވާތީ، ލިލް އަށް ވެސް ޝެވަލިއޭ ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ލިލްގައި ކެރިއަރުގެ ބޮޑުބައި ހޭދަކުރި ޝެވަލިއޭ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ވެލެންސިއެނެސް އަށް ކުޅެފަ އެވެ.

ޕީއެސްޖީން ޝެވަލިއޭ ގަތުމާ އެކު، ޑޮނަރުންމާގެ މުސްތަގުބަލާ ގުޅޭ ސުވާލުތައް ވަނީ އިތުރުވެފަ އެވެ. .

އުމުރުން 26 އަހަރުގެ ޑޮނަރުންމާއާ އެކު، ޕީއެސްޖީން ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޑޮނަރުންމާ، މި ވަގުތު ޕީއެސްޖީގައި ހުރީ ސީޒަނަކު 11 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ޕީއެސްޖީން އެންމެ ފުރަތަމަަ، އާ ކޮންޓްރެކްޓާ އެކު ހުށަހެޅި ޑީލުގައި ބޯނަހާ އެކު ވެސް ޑޮނަރުންމާ އަށް ލިބޭނީ 11 މިލިއަން ޑޮލަރެވެ. އެހެންވެ، އޭނާ ވަނީ އެއްބަސްވުން އާ ކުރަން ދެކޮޅު ހަދައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، މިހާރު ޕީއެސްޖީން ނިންމާފައިވަނީ ޑޮނަރުންމާ އަށް އާ ކޮންޓްރެކްޓެއް ނުދީ އޭނާ ދޫކޮށްލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox