ޑޮލަރު މައްސަލާގައި ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. އެ ކޮމިޓީއަށް ވެސް މިއަދު ވަނީ ބަދަލެއް ގެނެސްފައި

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. އެ ކޮމިޓީއަށް ވެސް މިއަދު ވަނީ ބަދަލެއް ގެނެސްފައި

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބާއްވަމުންދާ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ކޮމިޓީ ސިއްރު ކުރުމަށް އެދިވަޑައިގަތީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު އެވެ. އެއާއެކު، މި ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން އެވެ.

މި ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމާ ދެކޮޅަށް އެ ކޮމިޓީގައި ތިއްބަވާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މެންބަރުން ވާހަކަ ދެއްކެވި އެވެ. މަމްދޫހުގެ ހުށަހެޅުން ފާސްކުރީ ހަ މެންބަރުންގެ ވޯޓާއެކު އެވެ. ކޮމިޓީ ސިއްރު ނުކުރަން ދެ މެންބަރުން ވޯޓު ދެއްވި އެވެ.

"ގައުމީ ސަލާމަތަށް އަދި ރައްޔިތަކަށް ފޮރުވަން ޖެހޭ ފަދަ އެއްވެސް މައުލޫމާތެއް، ގައުމުގައި މިހާރު އޮތް ޑޮލަރުގެ ތާށިކަމާ ގުޅޭގޮތުން އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މަޖިލީހުގައި ކުރާ ހުރިހާ މަސައްކަތެއް ސިއްރު ކުރުމުން މަގުސަދެއް ހާސިލެއް ނުވޭ،" ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވި އެވެ.

އޭނާގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވެސް ވަނީ ކޮމިޓީ ސިއްރު ކުރުމަށް ދެކޮޅު ހައްދަވާފަ އެވެ. މެންބަރުން ކުރާ ސުވާލުތައް އާންމު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި ކޮންމެ ކަމެއް ސިއްރު ކުރަން ނުޖެހޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޑޮލަރު ތާށިކަމުގެ މައްސަލައިގައި އެމްއެމްއޭއިން އަޅަމުންދާ ފިޔަަވަޅުތައް މަޖިލީހާ ހިއްސާކުރަން އެދުނީ އެ އޮތޯރިޓީންނެވެ. އެމްއެމްއޭއިން މިކަމަށް އެދުނީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން އެ އޮތޯރިޓީއަށް ގޮސް މި މައުލޫމާތު ހޯދަން ގަވަރުނަރާ ބައްދަލުކުރަން މަސައްކަތް ކުރާތާ ވެސް ދުވަސްތަކެެއް ވީ ފަހުންނެވެ.

ޑޮލަރު ތާށިކަން ބޮޑުވެ، އޭގެ ނުރަނގަޅު އަސަރުތައް އިގުތިސޯދަށްކޮށް، ވިޔަފާރިތަކާއި ރައްޔިތުންނަށް އަންނަނީ އޭގެ އަސަރުތައް ފެންނަމުންނެވެ. ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބެން ހުރި އަގު ރެކޯޑު މިންވަރަކަށް އުފުލިފައިވާއިރު، މިކަމުގައި އެމްއެމްއޭއިން ބަހެއް ނުބުނާތީ ކަންބޮޑުވުން ވެސް ބޮޑެވެ.

ސަރުކާރުން މިހާތަނަށް މިކަމުގައި ސީދާ އެއްޗެއް ނުބުނި ނަމަވެސް، އެމްއެމްއޭ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް، ބައެއް ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. މި ފިޔަވަޅުތައް އެޅި ނަމަވެސް، ޑޮލަރަށް އޮތް ޑިމާންޑާ އެއް ވަރަށް ސަރުކާރަށް ސަޕްލައިނުކުރެވޭނެ ކަމަަށް މި ނޫހާ ވާހަކަ ދެއްކި ތަޖުރިބާކާރުންނާއި ވިޔަފާރިވެރިން ބުނެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox