އަބްދުﷲ ދީދީގެ ވަރުގަދަ ސުވާލުތަކެއް: މުއިއްޒުގެ ވެރިކަން އިސްލާމީ އުސޫލަށް ފެތޭތަ؟

ރައީސް މުހައްމަދު މުއިއްޒު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ

ރައީސް މުހައްމަދު މުއިއްޒު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ

އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރައްވައިގެން ހުންނެވިއިރު، ދީނަކީ ހަމައެކަނި އަޅުކަމެއް ނޫންކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެ، މިވެރިކަން އިސްލާމީ އުސޫލުތަކަށް ފެތޭ ވެރިކަމެއްތޯ ދެނެގަތުމަށް މުހިއްމު ސުވާލުތައް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދި ކުރައްވައިފި އެވެ.

ރާއްޖޭގެ މައި ބައިނަލްއަގުވާމީ ވައިގެ ބަނދަރު، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި، ގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށް އިއުލާނު ކުރެއްވުމަށް އިއްޔެ އެކްސްގައި މުއިއްޒު ކުރެއްވި ޕޯސްޓަށް، އަބްދުﷲ ދީދީ ދެެއްވި ރައްދުގައި ވިދާޅުވީ އިސްލާމްދީނަކީ އަގީދާ އާއި، އަހުލާގާއި، އަޅުކަމުގެ އިތުރުން މުއާމަލާތު (ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯ) ގެ އެންމެހައި ބާބުތަކާއި، އަދި، ސިޔާސަތާއި އިގުތިސާދުގެ އުސޫލުތައް ބަޔާންވެގެންވާ ޝާމިލު ދީނެއްކަން ރައީސްއަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ގާނޫނުއަސާސީގެ ދެ ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެެއްކަމަށް ބަޔާން ކޮށްފައިވާއިރު، އެކަން ދެނެގަނެވޭނެ ސުވާލުތަކެއް އަބްދުﷲ ދީދީ ރައީސް މުއިއްޒުއާ ކުރައްވާފައިވެ އެވެ.

Advertisement

އަބްދުﷲ ދީދީގެ ސުވާލުތައް

  • ދިވެހި ދައުލަތާއި ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަނިކުފާނު ދިވެހި ދައުލަތް ހިންގެވުމުގައި އިސްލާމީ އުސޫލުތަކާއި ގަވާއިދުތަކަށް ރިއާޔަތް ކުރައްވަންތޯ؟
  • ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރައްވަންތޯ؟
  • ދިވެހި ރައްޔިތުންގެ މާލިއްޔަތަށް އަމާނަތްތެރިވެ ވަޑައިގަންނަވަންތޯ؟
  • ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓަވަންތޯ؟
  • ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހަމަހަމަ އުސޫލުން ރައްކާތެރި ކުރައްވަންތޯ؟
  • ދުސްތޫރީ ބާރުތަކާއި އިހުތިޔާރުތައް ބޭނުންކުރައްވަނީ ތައައްސުބުން އެއްކިބާވެ ވަޑައިނުގެންތޯ؟

"ނޫންކަމަށް ވާނަމަ، މަނިކުފާނު [ރައީސް މުއިއްޒު] އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތްތަވާކަމަކަށް އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދައުލަތް ހިންގަވާކަމަކަށް ނުވާނެ" ސުވާލުތަކަށް ފަހު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

އިސްލާމްދީނާ އެއްގޮތަށް އަމަލުކުރެއްވުމަށް މުއިއްޒު ހަނދާންކޮށް ދެއްވަމުން ގެންދަވާއިރު، އެމަނިކުފާނު އިންތިހާއަށް ދޮގު ހަދާ ކަމާއި މިވެރިކަމުގެ ބައެއް ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތާއި ވައްކަމުގެ ތުހުމަތުގެ އަޑުތައް ވަނީ ގަދަވެފައިވެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މައިގަނޑު ގޮތެއްގައި މުއިއްޒު ވިއްކީ، އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް ބުނެ، އިންޑިއާގެ އަސްކަރިއްޔާ ބޭރު ކުރުމާއި، އޭރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެ ކަމުގެ ވައުދެވެ.

މިއިން އެއްވެސް ވައުދެއް ވެސް ނުފުއްދަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox