މޯދީގެ ދަތުރު: އިސްލާމީ މަރުކަޒަށް ނަމާދަށް އެރުން ވެސް މަނާ

Jul 25, 2025, 12:13 PM
އަސްރު ނަމާދު ވަގުތުގައި މިސްކިތް ހުސްކޮށް: ހިނގާފަ ވެސް މަރުކަޒާ ހަމައަށް ދިޔުން އޮތީ މަނާކޮށްފައި -- ފޮޓޯ: އިމާމް

އަސްރު ނަމާދު ވަގުތުގައި މިސްކިތް ހުސްކޮށް: ހިނގާފަ ވެސް މަރުކަޒާ ހަމައަށް ދިޔުން އޮތީ މަނާކޮށްފައި -- ފޮޓޯ: އިމާމް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރި ރަށް މާލޭގައި އުޅުއްވާތީ ރަށުގެ ބޮޑު ސަރަހައްދެއް ފުލުހުން ބަންދުކޮށް، އިސްލާމީ މަރުކަޒަށް ނަމާދަށް އެރުން ވެސް މަނާކޮށްފި އެވެ.

މިއަދު އިސްލާމީ މަރުކަޒުގައި އަސްރު ނަމާދަށް ބަންގި ގޮވިއިރު އިމާމު ފިޔަވައި ހުރީ އެންމެ މީހެކެވެ. މަރުކަޒަކީ 5000 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

"އަސުރަށް ބަންގި ގޮވައިފިން، މިސްކިތުގައި އެންމެ މީހަކު. ދެރަ ދޯ؟،" އިމާމު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒުން ފެށިގެން، ބޮޑުތަކުރުފާނު މަގު ބީއެމްއެލް އާއި މުލީއާގެއާ ހަމައަށް އެއްގޮތަކަށް ވެސް ވަނުން މަނަ އެވެ. ގަޑިން 6:00 ޖަހަންދެން އެ ސަރަހައްދު މުޅިން ބަންދު ވާނެ ކަމަށް ފުލުހުން ބުނެ އެވެ.

"އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ޖޫމްހޫރީ މައިދާން ސަރަހައްދު 2025 ޖުލައި 26 ވަނަ ދުވަހުގެ 11:00 އިން 18:00 އަށް ބަންދުކުރެވޭނެ ވާހަކަ ދަންނަވަން. މި ކަންކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަން،" ފުލުހުން ބުނެފައިވެ އެވެ.

އެ ސަރަހައްދު ބަންދު ކުރީ މޯދީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށެވެ. މޯދީގެ ސެކިއުރިޓީ ބަލަހައްޓަނީ ދިވެހި ސިފައިންގެ އިތުރުން ބޮޑުވަޒީރާއެކު ދިވެހިރާއްޖެއަށް އައި ހާއްސަ އިންޑިއާ ސިފައިންގެ ޓީމަކުންނެވެ.

މިއަދު ހެނދުނު 9:06 ގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވި މޯދީ ވެރި ރަށް މާލެއަށް ވަޑައިގަތީ 2:34 ގަ އެވެ. އެމަނިކުފާނަށް ޖުމްހޫރީ މައިދާނުގައި މަރުހަބާ ދެންނެވީ 21 ބަޑީގެ ސަލާމަކުންނެވެ. އެއަށްފަހު މުއިއްޒާއެކު މޯދީ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދެވީ ދެ ގައުމުގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކެވެ. އޭގެ ފަހުން ދެ ގައުމުގެ މެދުގައި ސޮއި ކުރި އެއްބަސްވުންތައް ބަދަލު ކުރުމުގެ ހަރަކާތް މިހާރު ކުރިއަށްދަނީ އެވެ. އެ ކަންކަން ނިމުމުން، ދެ ގައުމުގެ ވެރިން ނޫސްވެރިންނަށް ސްޓޭޓްމަންޓެއް ދެއްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox