ބާލިން، ޖަރުމަނު (ޖުލައި 21) - އައިންޓްރަކްޓް ފްރޭންކްފާޓަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ހޫގޯ އެކިޓީކޭ ގަންނަން ލިވަޕޫލުން ކުރަ އިންވެސްޓަށް ޖުމްލަ އެކު، 95 މިލިއަން ޑޮލަރު އަރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފްރޭންކްފާޓަށް ކުޅެމުން އަންނަ، އެކިޓީކޭ، ގަންނަން ނިއުކާސަލް ޔުނައިޓެޑުން މަޝްވަރާތައް ކުރިއަށްގެންދަމުން ދަނިކޮށް، ލިވަޕޫލުން އެ ޑީލް ހައިޖެކްކުރީ އެވެ. ލިވަޕޫލުން އެކިޓީކޭ ގަންނަން ފުރަތަމަ ދައްކާ ފީ އުޅޭނީ 75 މިލިއަން ޑޮލަރުގަ އެވެ. އަދި، ލިވަޕޫލާ އެކު، އެކިޓީކޭ ސޮއިކުރާ ހަ އަހަރުގެ ކޮންޓްރެކްޓްގެ ތެރޭގައި، ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު 20 މިލިއަން ޑޮލަރު ދޭން ޖެހެ އެވެ.
ފްރޭންކްފާޓާ އެކު، 2029 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް އޮތް އެކިޓީކޭ އެ ކްލަބާ ގުޅުނީ، މިދިިޔަަ އަހަރު 23 މިލިއަން ޑޮލަރަށެވެ. އެއީ، އެއް ސީޒަނުގައި ލޯނަކަށް އެ ޓީމަށް ކުޅުމަށް ފަހު އެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 64 މެޗުން 26 ގޯލު ޖަހައި، 14 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ވަނީ، ބަޔާ ލެވަކޫސަންގެ ފްލޯރިއަން ވާޓްޒް އާއި ޖެރެމީ ފްރިމްޕޮންގެ އިތުރުން، ބޯންމައުތުން މިލޯސް ކާކޭޒްގެ ސޮއި ހޯދައިފަ އެވެ. އެކިޓީކޭގެ ޑީލް ހިމަަނައިގެން، ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާގައި ކުރާ ހޭދަ 300 މިލިއަން ޑޮލަރަށް ވުރެން އިތުރުވާނެ އެވެ.











