ރައީސްއަށް އިނގިރޭސިވިލާތުން އިސްތިގުބާލުކުރީ ކޮން ހައިސިއްޔަތެއްގެ ކޮން ބޭފުޅުންނެއް؟

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުން އިސްތިގުބާލު ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުން އިސްތިގުބާލު ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިއަދު އެވެ.

އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުން،، އިސްތިގުބާލުގައި ވަޑައިގެންނެވި ބޭފުޅުންގެ ފޮޓޯއާއެކު ރައީސް އޮފީހުން ޕޯސްޓު ކުރެއްވި އެވެ. ނަމަވެސް ރައީސް މުއިއްޒުއަށް އެ ގައުމުން އިސްތިގުބާލުކުރެއްވީ ރަސްމީ ހައިސިއްޔަތު އޮތް އެންމެ ދެ ބޭފުޅުންނެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނިކޮލަސް ޑޭވިޑް ލޯ އާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމް އެވެ.

އިނގިރޭސިވިލާތުގެ ރަސްމީ ޕްރޮޓޮކޯލް އޮންނަ ގޮތުން އެހެން ގައުމެއްގެ ވެރިއަކު އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ނަމަ، އިސްތިގުބާލު ކުރުމުގެ ކަންކަން ހަމަޖައްސަނީ އެ ގައުމުގެ ފޮރިން ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އޮފީހާއި ރޯޔަލް ހައުސްހޯލްޑުތަކުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުންނެވެ.

އެގޮތުން އެހެން ގައުމެއްގެ ވެރިއަކު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ނަމަ އެ ގައުމުގެ ރަސްގެފާނު ނުވަތަ ރަސްކަން ތަމްސީލު ކުރައްވާ ބޭފުޅުންނާއި އިނގިރޭސިވިލާތު ސަރުކާރުގެ އިސް އޮފިޝަލުން އެ ބޭފުޅަކަށް އިސްތިގުބާލު ކުރައްވަ އެވެ.

ނަމަވެސް ރައީސް މުއިއްޒުއަށް އިސްތިގުބާލު ކުރައްވަން އެފަދަ އެއްވެސް ބޭފުޅަކު ވަޑައިނުގަންނަވާކަން ރައީސް އޮފީހުން ކުރި ޕޯސްޓުން އެނގެ އެވެ. އެމަނިކުފާނަށް އިނގިރޭސިވިލާތުން އިސްތިގުބާލު ކުރެއްވީ:

މޭޖާ ޖެރެމީ ފާން

މޭޖާ ޖެރެމީ ފާންއަކީ ގްރޭޓާ ލަންޑަންގެ ވޮލްތަމް ފޮރެސްޓްއަށް އައްޔަނުކުރައްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑެޕިއުޓީ ލޫޓެނެންޓްއެކެވެ.

ޑެޕިއުޓީ ލޫޓެނެންޓުންނަކީ އިނގިރޭވިލާތުގެ ކައުންޓީތަކުގައި ރަސްކަން ތަމްސީލު ކުރަން އައްޔަނު ކުރައްވާފައި ތިއްބަވާ ލޯޑް ލޫޓެނެންޓުންގެ މަންދޫބުންނެވެ. އެއީ ސަރުކާރުގެ ނުވަތަ ޝާހީ މަގާމެއް ނޫނެވެ.

އެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް ބައިނަލްއަގުވާމީ ގޮތުން އިނގިރޭސިވިލާތް ތަމްސީލު ކުރެއްވުމުގެ ހައިސިއްޔަތެއް އަދި މެންޑޭޓެއް ވެސް ނޯވެ އެވެ.

ޑެޕިއުޓީ ލޫޓެނެންޓުން އައްޔަނު ކުރަނީ ކައުންޓީއެއްގެ ތެރޭގައި ހިމެނޭ ވަކި އަވަށަކަށް ނުވަތަ ވަކި ސަރަހައްދަކަށެވެ. އެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:

  • މުޖުތަމައުގެ އެކިއެކި ހަރަކާތްތަކާއި އިނާމު ދިނުމުގެ ފަދަ ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުން
  • ސްކޫލްތަކާއި ޗެރިޓީ ޖަމިއްޔާތަކާއި މަދަނީ ޖަމިއްޔާތަކުން ހިންގާ ރަށު ފެންވަރުގެ ހަރަކާތްތަކުގައި ރަސްކަން ތަމްސީލު ކުރެއްވުން
  • އެ ބޭފުޅަކު އައްޔަނު ކުރައްވާފައި ހުންނަވާ ސަރަހައްދަކަށް ޝާހީ ބޭފުޅަކު ވަޑައިގެންފި ނަމަ ނުވަތަ އެ ސަރަހައްދެއްގައި އެފަދަ އެހެން ވެސް ޝަރަފުވެރި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި ނަމަ އެ ކައުންޓީއެއްގެ ލޯޑް ލޫޓެނެންޓުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެހީތެރިވެދެއްވުން

ގޯޑްން ވެދްރެލް

ގޯޑްން ވެދްރެލްއަކީ 2011 ވަނަ އަހަރު ރިޓަޔާ ކުރައްވި އިނގިރޭސިވިލާތުގެ ޑިޕްލޮމެޓެކެވެ. އިނގިރޭސިވިލާތުގެ އޯވާސީސް ޓެރިޓަރީއެއްގެ ގޮތުގައި އޮންނަ ޓާކްސް އެންޑް ކައިކޯސް ޖަޒީރާތަކުގެ ގަވަރުނަރުކަން އޯގަސްޓު 5، 2008 އިން އޯގަސްޓު 21، 2021 ގެ ނިޔަލަށް އޭނާ ކުރެއްވި އެވެ.

އޭގެކުރިން ވެދްރެލް ވަނީ އިތިއޯޕިއާ އަދި ގާނާއަށް ކަނޑައަޅުއްވާގައި ހުންނަވާ ސަފީރުކަން ކުރައްވައިފަ އެވެ. އޭގެއިތުުރުން އީސްޓް ބާލިން އާއި ޖެނީވާ އަދި ނިއުދިއްލީ އާއި ޗެޑް ފަދަ ތަންތަނުގައި އިނގިރޭސިވިލާތުގެ ހާރިޖީ މަސައްކަތްތައް އޭނާ ކުރެެއްވި އެވެ.

ރިޓަޔާ ކުރައްވާފައި ތިއްބަވާ ޑިޕްލޮމެންޓުންނަކީ ބައިނަލްއަގުވާމީ ގޮތުން އިނގިރޭސިވިލާތް ތަމްސީލު ކުރެއްވުމުގެ ހައިސިއްޔަތެއް އަދި މެންޑޭޓެއް އޮންނަ ބައެއް ނޫނެވެ. އެފަދަ ބޭފުޅަކު ގައުމެއްގެ ވެރިއަކާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ބައްދަލު ކުރައްވާނަމަ، އާންމުކޮށް ކުރައްވަނީ ވަކީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox