އޮނާނާއާ މެދު ގޮތެއް ނުނިންމައި، ބޮޓަފޯގޯގެ ކީޕަރު ޖޯން އަށް ޔުނައިޓެޑުން ބިޑްކުރަނީ

Jul 7, 2025, 7:36 AM
އޮނާނާއާ މެދު ގޮތެއް ނުނިންމައި، ބޮޓަފޯގޯގެ ކީޕަރު ޖޯން އަށް ޔުނައިޓެޑުން ބިޑްކުރަނީ

ސަންޓޯސް، ބްރެޒިލް (ޖުލައި 7) - މެންޗެސްޓާ ޔުނައިޓެޑުން މި ފަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގައި ބްރެޒިލްގެ ބޮޓަފޯގޯ އަށް މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު، ޖޯން ވިކްޓާ އަށް ބިޑް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާރަ އަހަރު ޔުނައިޓެޑަށް ކުޅުނު ސްޕެއިނުގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ދޫކޮށްލުމަށްފަހު، މީގެ ދެ އަހަރު ކުރިން، ޔުނައިޓެޑުން ކެމަރޫންގެ ކީޕަރު، އޮނާނާގެ ސޮއި ހޯދީ އިންޓަ މިލާނަށް 60 މިލިއަން ޑޮލަރު ދައްކާ ގޮތަށެެވެ.

ޔުނައިޓެޑުގައި އޮނާނާ ހޭދަކުރި ދެ ސީޒަނުގައި ވެސް އޭނާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނި، އޭނާ ވިއްކާލަން އެ ކްލަބުން އޮތީ ނިންމައިފައި ކަމަށް ރިޕޯޓްތައް ބުނާއިރު، އަދި ރަސްމީ ސިފައެެއްގައި އެ އަށް އަމަލުކުރާ ގޮތެއް ޔުނައިޓެޑުން ހާމަނުކުރެ އެވެ.

އެސްޓަން ވިލާ އަށް ކުޅޭ އާޖެންޓީނާ ގައުމީ ޓީމުގެ ކީޕަރު، އެމިލިއާނޯ މާޓީނޭޒް، ޔުނައިޓެޑަށް ދިއުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް، އެ ޓީމުން ބިޑް ކުރަން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ޔުނައިޓެޑުން މިހާރު މަސައްކަތް ފަށާފައިވަނީ، ބޮޓަފޯގޯގެ ކީޕަރު، ޖޯން، 29، ގެ ސޮއި ހޯދުމަށް ކަމަށް ބްރެޒިލާއި ސްޕެއިނުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގައި، ޖޯން ވަނީ، އެތުލެޓިކޯ މެޑްރިޑާއި ޕީއެސްޖީ ފަދަ ޔޫރަޕްގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔުނައިޓެޑުން، ޖޯންގެ ސޮއި ހޯދާ ކަމަށްވާނަމަ، 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ވިލާއާ އެކު، އާސެނަލްގެ ކުރީގެ ކީޕަރު، މާޓިނޭޒްގެ ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އެބައޮތެވެ. މާޓީނޭޒް، ޕްރިމިއާ ލީގުގެ ކްލަބަކަށް ވިލާ އިން ވިއްކާލާނީ ގެނައި އަގުގައި ކަމަށްވާ 25 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންކަމުން، މާލީ ގޮތުން، ބަލާއިރު، ޔުނައިޓެޑުން މާޓީނޭޒަށް ވުރެ ބޮޑަށް ޖޯން ގެންނަން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox