އދ. ގެ ބްލެކް ލިސްޓު: އިޒްރޭލުގެ ޖަރީމާތަކަށް ވާގިވެރިވާ ކުންފުނިތަކުގެ ތެރޭގައި އެމެޒަން، ގޫގުލް، އަދި މައިކްރޮސޮފްޓު

ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ މައްސަލަ ބެލުމަށް އދ. އިން ކަނޑައަޅާފައި ހުންނަވާ ރެޕަޓުއާ ފްރަންސެސްކާ އަލްބަނީޒް ----

ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ މައްސަލަ ބެލުމަށް އދ. އިން ކަނޑައަޅާފައި ހުންނަވާ ރެޕަޓުއާ ފްރަންސެސްކާ އަލްބަނީޒް ----

ވެއެތުވެދިޔަ 75 އަހަރު އިޒްރޭލުން ބައިނަލްއަގުވާމީ އެތައް ގާނޫނަކާއި ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފައި، އެ ތަންތަނަށް ބާރުފޯރުވައި، މިދިޔަ ދެތިން އަހަރު ހިންގަމުންދާ ނަސްލުހޭދަކުރުމުގެ އަމަލުތަކަށް ވާގިވެރިވާ ވިޔަފާރި ކުންފުނިތަކުގެ ލިސްޓެއް އދ. އިން އާންމުކޮށްފި އެވެ.

މި ލިސްޓާއި ކުންފުނިތަކުގެ ތަފުސީލު ހިމަނާފައިވަނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ މައްސަލަ ބެލުމަށް އދ. އިން ކަނޑައަޅާފައި ހުންނަވާ ރެޕަޓުއާ ފްރަންސެސްކާ އަލްބަނީޒް ނެރުއްވި ރިޕޯޓެއްގަ އެވެ. މީގެތެރޭގައި ހަތިޔާރު އުފައްދާ ކުންފުނިތަކާއި ޓެކްނޮލޮޖީ ކުންފުނިތައް ހިމެނެ އެވެ.

ޖުމްލަ 48 ކޯޕަރޭޓް ކުންފުނި ހިމެނޭ މި ލިސްޓުގައި އެމެރިކާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ މައިކްރޮސޮފްޓް، ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓް، އަދި އެމެޒަން ހިމެނެ އެވެ. މި ލިސްޓުގެ އިތުރުން ވެސް އަލްބަނީޒް ގެ ރިޕޯޓުގައި އިޒްރޭލަށް އެކި ގޮތްގޮތުން އެހީތެރިވެދޭ 1000 އަށްވުރެ ގިނަ ކުދި ކުންފުނިތަކުގެ ޑޭޓާ ބޭސް އެއް ވެސް ހިމެނެ އެވެ.

Advertisement

މީގެތެރެއިން އަސްކަރީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ އެހީތެރިކން އަދި ކަރަންޓާއި ދަނޑުވެރިކަން އަދި ފައިނޭންސިންގެ އިތުރުން ހިފާފައިވާ ބިންތަކުގައި އިމާރާތް ކުރުމުގައި އެހީތެރިވާ ކުންފުނިތައް ފާހަގަވެ އެވެ.

އަސްކަރީ އެހީތެރިކަން ދޭ ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ ލޮކްހީޑް މާޓިން، އިޓަލީގެ ލެއޮނާޑޯ، އަދި ޖަޕާނުގެ ފަނުކް ހިމެނެ އެވެ. އިޒްރޭލަށް ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ ބޮޑެތި އެހީތެރިކަމެއް ވެދެނީ އެމެރިކާގެ ފަސް ކުންފުންޏަކުންނެވެ. އެއީ އައިބީއެމް، އަލްފަބެޓް، މައިކްރޮސޮފްޓް، އެމެޒަން، އަދި ޕްލާންޓިރު އެވެ.

ފައިނޭންސިންގެ ދާއިރާގެ ކުންފުނިތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންކު ބާކްލޭސް އަދި ފްރާންސްގެ ބީއެންޕީ ޕަރިބާސް ހިމެނެ އެވެ. ދެން އެންމެ ފާހަގަކޮށްލެވެނީ އިމާރާތް ކުރުމުގެ ރޮނގުން އަދި ބިންތައް ހިފުމުގައި އެހީތެރިވާ ކުންފުނިތަކެވެ. އޭގެތެރޭގައި ކެޓަޕިލާ، ބުކިން ޑޮޓް ކޮމް، ރާޑާ، އެއާ ބީއެންބީ، އެޗްޑީ، އަދި ވޮލްވޯ ގްރޫޕް ހިމެނެ އެވެ.

އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް އެންމެ ބޮޑަށް ވާގިވެރިވަނީ ޗައިނާގެ ބްރައިޓް ޑެއިރީ އެންޑް ފުޑް ކުންފުނިންނެވެ.

މި ލިސްޓުގައި ހިމެނޭ ގިނަ ކުންފުނިތަކުގެ ފަހަތުގައި ވަނީ އެމެރިކާގެ ދެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ ބްލެކް ރޮކް އަދި ވެންގާޑް އެވެ. މި ދެ ކުންފުނިން ގެންދަނީ ލިސްޓުގައި ހިމެނޭ ބޮޑެތި ކުންފުނިތަކަށް އިންވެސްޓުކޮށް، އެ ކުންފުނިތަކުގެ ހިއްސާދާރުންގެ ގޮތުގައި އިޒްރޭލާއެކު ބާއްވާ ގުޅުމަށް ބާރުއަޅަމުންނެވެ.

އދ. ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ނަސްލުހޭދަ ކުރުމުގެ އަމަލުތައް ހުއްޓުމެއް ނެތި ކުރިއަށް ދަނީ މިފަދަ ބޮޑެތި ވިޔަފާރިތަކަށް އެކަމުން ފައިދާވާތީ އެވެ. އެ ހަމަލާތައް ދިގުދެމިގެންދާ ކޮންމެ ދުވަހަކުން އެތައް ސަތޭކަ މިލިއަނަކުން މި ކުންފުނިތަކަށް ފައިދާވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ޓެކްނޮލޮޖީ ކުންފުނިތަކާއި އަސްކަރީ ކުންފުނިތަކުގެ އާ އުފެއްދުންތަކާއި ހަތިޔާރުތައް ޓެސްޓުކުރުމަށް ގާޒާ ބޭނުންކުރަމުންދާ ކަމަށް ވެސް އދ. ގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox