ސާންތީގެ ހަަނދާނުގައި ފަށާ "މައިލޯ ސްވޭމް ޖޫނިއާސް" ލޯންޗުކޮށްފި

Jun 24, 2025, 5:12 AM
ގަލޮޅު ދަނޑުގައި ރޭ ބޭއްވި އިވެންޓުގެ ތެރެއިން ނަގާފައިވާ ގްރޫޕް ފޮޓޯއެއް.---- ފޮޓޯ: އިމޭޖަސް.އެމްވީ

ގަލޮޅު ދަނޑުގައި ރޭ ބޭއްވި އިވެންޓުގެ ތެރެއިން ނަގާފައިވާ ގްރޫޕް ފޮޓޯއެއް.---- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދިން، އަލްމަރްހޫމް، އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ހަނދާނުގައި، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އިން އަށް އަހަރުން ދަށަށް ހާއްސަކޮށް، "މައިލޯ ސްވޭމް ޖޫނިއާސް" ގެ ނަމުގައި މުބާރާތެއް ލޯންޗްކޮށްފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އެކަމަށް ހާއްސަކޮށް ރޭ ބޭއްވި އިވެންޓް، ޝަރަފްވެރިކޮށްދެއްވީ، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އެވެ. އަދި މި އިވެންޓުގައި، ސޮކަ ވެޓަރަންސްގެ އިސް ވެރިންނާއި ސާންތީގެ އާއިލާ މެމްބަރުންގެ އިތުރުން، މައިލޯގެ އިސް ފަރާތްތައް ވަނީ ބައިވެރިވެފަ އެވެ. އަދި، ފުޓްބޯޅައިގައި ސާންތީއާ އެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ފަރާތްތަކުން ވެސް ބައިވެރިވި އެވެ.

މި ހަފްތާ ބަންދުގައި ކުރިއަށްދާ "މައިލޯ ސްވޭމް ޖޫނިއާސް" މުބާރާތުގައި، 18 އެކަޑަމީ އަކުން 28 ޓީމު، ކޮންމެ ޓީމެއްގައި، 18 ކުދިން ހިމެނޭ ގޮތަށް ބައިވެރިވެފައިވެ އެެވެ.

ސޮކަ ވެޓަރަންސް އިން ބުނީ، މިއީ، ގާތްގަނޑަަކަށް 500 އެއްހާ ކުދިން ކަމަށާއި މި މުބާރާތް ރާވާފައިވަނީ އެ ހުރިހާ ކުދިންނަށް ވެސް ކުޅެވޭނެ ގޮތަށް މޮޑިފައި ކޮށްގެން، ކޮންމެ ޓީމަކަށް ވެސް، މަދުވެގެން ހަ މެޗު، ތިން ދުވަސް ތެރޭ ކުޅެން ލިބޭނެ ގޮތަކަށް ކަމަށެވެ.

ރޭ ބޭއްވި އިވެންޓްގެ ތެރެއިން ސޮކަ ވެޓަރަންސްގެ ރައީސް އައްޔަ ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ސޮކަ ވެޓަަރަންސްގެ ރައީސް، އަލީ ޝަމީމް (ކޮޔަރު އައްޔަ) ވިދާޅުވީ، މައިލޯ ސްވޭމް ޖޫނިއާސްގެ އެންމެ ބޮޑު އެއް އަމާޒަކީ ތުއްތު ކުދިންނަށް، އެ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމާއި އެ ކުދިންގެ ހިތްތަކުގައި ފުޓްބޯޅަ އަށް ލޯބި ޖައްސައި، ފުޓްބޯޅަ އަށް ގިނަ ކުދިން ނެރެދިނުން ކަމަށެވެ.

"އެ ގޮތުން، އަޅުގަނޑުމެން 2012 ވަނަ އަހަރުން ފައްޓައިގެން، ކޮންމެ އަހަރަކު ވެސް އެކިއެކި އުމުރުފުރާތަކަށް މުބާރާތްތައް ބާއްވަމުން މި ގެންދަނީ. އަޅުގަނޑުމެން ބޭނުންވަނީ އެ ކުދިން އެ ފަރިތަކުރުންތަކުގައި ދަސްކުރާ ހުރިހާ އެއްޗެހި އެ ކުދިންގެ ބެލެނިވެރިންނަށް ދައްކާލުން އެ ކުދިން ކުރިއަރާނެ މަގު ހޯދައިދިނުން،" އައްޔަ ވިދާޅުވި އެވެ.

ސޮކަ ވެޓަރަންސް އިން ކޮންމެ އަހަރަކު ތިން އުމުރުފުރާ ނޫނީ ހަތަރު އުމުރުފުރާ އަށް މުބާރާތްތައް ބާއްވަމުން ގެންދެ އެވެ. އެ ގޮތުން، މައިލޯ ސްވޭމް ޖޫނިއާސް އަކީ މުޅިން އާ އުމުރުފުރާ އަކަށް، ސާންތީ ކޯޗު، ފުޓްބޯޅަ އަށް ކޮށްދީފައިވާ ގިނަގުނަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން، ތުއްތު ކުދިންނަށް ބޭއްވޭ މުބާރާތެއްކަން އައްޔަ ފާހަގަކުރެއްވި އެވެ.

"މި މުބާރާތްތައް ރާވާލައިގެން، ކުރިއަށްގެންދާ އެންމެ ބޮޑު މަގުސަދަކީ، އެ ތުއްތު ކުދިން ބޮޑުވެގެން، އަންނައިރުގައި އެކުދިންނަށް ވާދަވެރި މުބާރާތްތަކެއް ކުޅެން ޖެހޭއިރު، އެ މުބާރާތްތަކުގެ "ފީލް" ގެނެސްދިނުމުގެ ގޮތުންނާއި އެ ކުދިންނަށް ފުޓްބޯޅަ މެޗަކީ ކޮބައިކަން ބުނެދީ، ރެފްރީންނާއި ސަޕޯޓަރުންނާ އެކު ކުޅެގެން ކަންކަން ދަސްކޮށްދިނުން ކަމަށާއި މިއި ވާދަވެރިކޮށް ކުޅުވަން ބޭނުންވާ މުބާރާތްތަކެއް ނޫން. މުބާރާތް ވާދަވެރި ވަނީ ކޯޗުންނާއި ބެލެނިވެރިން މާ ބޮޑަށް މީގެ ތެރެއަށް ވަދެ، މޮޅުވާން މަސައްކަތް ކުރާތީވެ،" އައްޔަ ވިދާޅުވި އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ އެކަޑަމީތަކަކީ، މާޒިޔާ ފުޓްބޯލް އެކަޑަމީ، ކްލަބް ވެލެންސިއާ، އެސްޕަޔާ އެކަޑަމީ، އޮޑި ސްޕޯޓްސް އެކަޑަމީ، ބީޖީ އެކަޑަމީ، ބިސް ބުރު ސްޕޯޓްސް އެކަޑަމީ، ފްރެންޑް ފުޓްބޯލް ފެމިލީ އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، ފޭސް ޓޫ ސޮކަ އެކަޑަމީ، އާޖީލަކަށް އޭދަފުށި ފުޓްބޯލް އެކަޑަމީ، ޔުނައިޓެޑް ވިކްޓަރީ، އެޑްވެންޗާސް ފުޓްބޯލް އެކަޑަމީ، ދި ސްޓާސް އެކަޑަމީ، އައުއާ ދަނގެތި ފުޓްބޯލް އެކަޑަމީ، ވިލިމާލެ ޔުނައިޓެޑް، ސަސް އެކަޑަމީ، އަޝްފާގު އެކަޑަމީ އަދި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އެވެ.

ރޭ ބޭއްވި އިވެންޓްގެ ތެރެއިން ލަންކާ ނެސްލޭ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު، ބާނާޑް، މުބާރާުތުގެ ތަށި ހިފައިގެން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ލަންކާ ނެސްލޭ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު، ބާނާޑް ސްޓެފާން ވިދާޅުވީ، ޔޫތު ފުޓްބޯޅައިގެ މި ވަރުގެ މަސައްކަތެއް ފަށާއިރު މީގެ ބައިވެރިވުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި މި މުބާރާތުގެ އަލީގައި ރާއްޖޭގެ ފުޓްބޯޅަ އަށް ލެގަސީ އެއް ދޫކޮށްލި ފަރާތެއް ކަމަށްވާ ސާންތީ ކޯޗުގެ ހިދުމަތުގެ ހަނދާންތައް ދިރުވުމަކީ، ފުޓްބޯޅަ އަށް ކޮށްދޭ މުހިންމު ކަމެއްގެ ގޮތުގައި ބާނާޑް ފާހަގަކުރެއްވި އެވެ.

"ސާންތީ ދަންނަ މީހުން ކައިރިން އަހަރެން ހޯދި މައުލޫމާތުތަކަށް ބަލާއިރު، އޭނާގެ ހިދުމަތް ދިވެހި ފުޓްބޯޅައިގައި އޮތީ މޮޅުވި މެޗުތަކާއި ހޯދި ޓްރޮފީތަކަށް ވުރެ މާ އުހުގައި ކަން. ރަނގަޅު ހުނަރު ދެނެގަނެ، އެ ކުޅުންތެރިން ކުރިއަރުވައި، ރާއްޖޭގެ ފުޓްބޯޅަ އަށް ނެރެދިނުމުގައި، ކުޅުންތެރިން ބިނާކުރުން ދަނޑުމަތީގަޔާއި ދަނޑުން ބޭރުގައި ވެސް މިސާލެއްގެ ގޮތުގައި އަދާކުރި. ދެން، މައިލޯއާ ގުޅިގެން ވެސް ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވޭ. ސާންތީގެ ފަރާތުން ވެސް ދަސްވީ ފުޓްބޯޅަ އަކީ ކުޅިވަރަށް ވުރެ ބޮޑު ކަމެއްކަން،" ބާނާޑް ވިދާޅުވި އެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން، ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް ވިދާޅުވީ، މި މުބާރާތް ހާއްސަކުރެވިފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު ސާންތީގެ ހަނދާން އޭނާ އާ ކުރަނީ، ފުޓްބޯޅަ އަށް ވުރެން ބޮޑަށް މުޅި ރާއްޖޭގެ ކުޅިވަރަށް ހިދުމަތްކޮށްދެއްވި ފަރާތެއްގެ ގޮތުގައި ކަމަށެވެ. އަދި، ސާންތީގެ ހަނދާނުގައި މި ފަދަ ކަމެއް ކުރެވޭތީ، މި ކަމުގައި ޝާމިލުވާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށާއި ސާންތީ އަކީ "ރިޕްލޭސް" ކުރެވޭނެ ފަރާތެއް ނޫން ކަމަށް ތޮލާލް ފާހަގަކުރެެއްވި އެވެ.

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox