ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު އިސްތިއުފާ ދޭން ރައީސްގެ ފަރާތުން އެންގެވި

ޑީސީޕީ ފަރުހާދު ފިކުރީ އަދި ރައީސް މުހައްމަދު މުއިއްޒު: ފަރުހާދު އިސްތިއުފާދެއްވަން ރައީސްގެ ފަރާތުން ވަނީ އަންގަވާފަ ---

ޑީސީޕީ ފަރުހާދު ފިކުރީ އަދި ރައީސް މުހައްމަދު މުއިއްޒު: ފަރުހާދު އިސްތިއުފާދެއްވަން ރައީސްގެ ފަރާތުން ވަނީ އަންގަވާފަ ---

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީ އިސްތިއުފާދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މީގެ ދުވަސްތަކެއް ކުރިން އެންގެވިކަން އެނގިއްޖެ އެވެ.

އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މަގާމުން އިސްތިއުފާ ދެއްވައި، ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ރައީސް މުއިއްޒުގެ ފަރާތުން ފަރުހާދަށް އެންގެވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އެވެ. މިކަން ތަފާތު ތިން މަސްދަރަކުން މި ނޫހަށް ކަށަވަރުކޮށްދީފައި ވެ އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތެއް އެނގިފައި ނުވާ ކަމަށެވެ.

ފަރުހާދުއަށް މި ނޫހުން ގުޅުމުން އަދި މެސެޖު ކުރުމުން ވެސް ޖަވާބެއް ދެއްވާފައި ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުހާދު އިސްތިއުފާ ދެއްވަން ރައީސް އެންގެވީ އޭނާގެ މަސްލަހަތު އޮތް މައްސަލައެއްގައި އަމަލުކުރެއްވި ގޮތަކާ ގުޅިގެންނެވެ. މިކަން ހިނގާދިޔައީ ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއު މަގާމުގައި ހުންނަވަނިކޮށެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމުން އެކްޓިން ކޮމިޝަނަރުގެ މަގާމަށް ފުރަތަމަ އައްޔަން ކުރީ ފަރުހާދެވެ. ނަމަވެސް ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާ ހަވާލުކުރަން ހޯމް މިނިސްޓަރު ނިންމެވި އެވެ.

އިސްތިއުފާ ދެއްވަން ރައީސް އަންގަވާފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވުމުން އެ މަގާމަށް ރަސްމީކޮށް ފަރުހާދު ކުރިމަތިލެއްވި އެވެ. ނަމަވެސް އެ މަގާމަށް ރައީސް އައްޔަނު ކުރެއްވީ ނަވީން އެވެ.

ފަރުހާދަކީ އޭނާގެ ދަރިއެއް ޝާމިލުވާ ރޭޕް ކޭހެއްގައި ހެކި ނައްތާލި ކަމުގެ ތުހުމަތު މީގެ ކުރިން ކުރެވުނު އޮފިސަރެކެވެ.

މި މައްސަލާގައި މެއި 7، 2018 ގައި ޕީޖީ އޮފީހުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީއެއްގެ ބުނެފައި ވަނީ، ގެސްޓްހައުސްއެއްގެ ތެރޭގައި 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕުކޮށް އޭނާގެ ފޮޓޯ ނެގި މައްސަލައަކަށް، "ފަރުހާދު ފިކުރީ ނުފޫޒު ފޯރުވާފައިވާކަން ވަނީ ފާހަގަކުރެވިފައި" ކަމަށެވެ.

ޕީޖީ އޮފީހުގެ ސިޓީގައި ބުނެފައިވާ ގޮތުން ފަރުހާދުގެ މައްޗަށް ތުހުމަތު ކުރެވެނީ، ފޯނެއްގައި ހުރި ފޮޓޯތަކެއް ޑިލީޓްކޮށްލުމުގެ ތުހުމަތެވެ. އެއީ، އަނިޔާ ލިބުނު އަންހެން ކުއްޖާއަށް ބެހެމުން ދިޔައިރު ފަރުހާދުގެ ދަރިފުޅު އޭނާގެ ފޯނުން ނެގި ބަރަހަނާ ފޮޓޯތަކެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox