މީޑިއާ ކައުންސިލް ބައި-އިލެކްޝަނުގެ ވޯޓުލުން މި މަހު 21 ގައި ބާއްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލްގެ ބައި-އިލެކްޝަނުގެ ވޯޓުލުން މި މަހު 21 ގައި ބާއްވަނީ --- ފޮޓޯ: އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލްގެ ބައި-އިލެކްޝަނުގެ ވޯޓުލުން މި މަހު 21 ގައި ބާއްވަނީ --- ފޮޓޯ: އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ ތިން މަގާމަށް މެންބަރުން އައްޔަނުކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މި މަހުގެ 21 ގައި ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

މީޑިއާ ކައުންސިލުގައި މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނާއި އާންމުން ތަމްސީލު ކުރާ މެންބަރަކު އައްޔަނު ކުރުމަށް ބާއްވާ އިންތިހާބު ބާއްވަން ތާވަލު ކޮށްފައި އޮތީ މިދިޔަ މަހުގެ 30، ގަ އެވެ. ނަމަވެސް އޭގެ 10 ދުވަސް ކުރިން މިނިސްޓްރީން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލި އެވެ.

މިއަދު ގެޒެޓުކުރި އިއުލާނުގައި މިނިސްޓްރީން ބުނީ ވޯޓުލުން ކުރިއަށް ދަނީ ޖޫން 21، ގެ ހެދުނު 10:00 އިން 11:00 އަށް ސޯޝަލް ސެންޓަރުގެ ޖިމްނޭޒިއަމް ރޫމްގައި ކަމަށެވެ.

މި އިންތިހާބުގައި ހޮވާ މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ މަގާމަށް ތިން މީހަކު ވާދަކުރާއިރު، އާންމުން ތަމްސީލުކުރާ މެންބަރުކަމަށް ހަ މީހަކު ވާދަކުރެ އެވެ.

މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުކަމަށް ކުރިމަތިލީ ކެންޑިޑޭޓުން

  1. ގއ. ވިލިނގިލި، ޗޮއިސް، މުހައްމަދު މުޒައްޔިން ނާޒިމް
  2. ސ. ފޭދޫ، ހަޒާރުމާގެ، ލީވާން އަލީ ނާސިރު
  3. ސ. މަރަދޫފޭދޫ، ތްރީރޯޒް، މަރިޔަމް މިލްޒަމް މަސްއޫދު

އާންމުން ތަމްސީލުކުރާ މެންބަރުކަމަށް ކުރިމަތިލީ ކެންޑިޑޭޓުން

  1. ހދ. ވައިކަރަދޫ، ލިލަކް، ނަހްދާ އާދަމް
  2. ނ. މާފަރު، އީޓުޖެހިގެ، އަބްދުއްސަލާމް އާރިފް
  3. ގއ. ދެއްވަދޫ، ގުލްފާމުގެ، އާމިނަތު މުހައްމަދު
  4. ކ. މާލެ، މ. ކުރިބީލޮޖް، ޒީނިޔާ އަހްމަދު ހަމީދު
  5. ލ. ގަން، ތުނޑި ލިންކް، ހައްވާ ވަޖުދާ
  6. ގއ. ގެމަނަފުށި، ބޮންތި، މުހައްމަދު އަމީން އަލީ

ކުރިން އެ މަގާމުތަކަށް ކުރިމަތިލާފައި ތިބި މީހުން އަލުން ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް މެއި 10، ގައި މީޑިއާ ކައުންސިލުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން އަލުން ހުޅުވާލީ އެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު ވެސް އާންމު ކުރުމަށްފަހު އެވެ.

އެންމެފަހުން މިދިޔަ އަހަރު ބޭއްވި މީޑިއާ ކައުންސިލުގެ އިންތިހާބަށް ވެސް ކުޑަތަންވެފައި އޮއްވައި ޔޫތު މިނިސްޓްރީން ވަނީ ވޯޓާސް ލިސްޓަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެކަމާ ގުޅިގެން އޭރު ވެސް ބައެއް ނޫސްތަކުން ކަންބޮޑުވުން ފާޅު ކުރި އެވެ. ނަމަވެސް އިންތިހާބު ކުރިއަށް ގެންދިޔައީ އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox