ނަތީޖާ ވެސް މުހިންމު، ސިންގަޕޫރު މެޗުގެ ބޭނުން ބޮޑަށް ހިފާނީ ޓިމޯ ލެސްޓޭ މެޗަށް

Jun 3, 2025, 9:13 AM
ނަތީޖާ ވެސް މުހިންމު، ސިންގަޕޫރު މެޗުގެ ބޭނުން ބޮޑަށް ހިފާނީ ޓިމޯ ލެސްޓޭ މެޗަށް

ބުރާސްފަތި ދުވަހު، ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ ނަތީޖާ ވެސް މުހިންމު ކަމަށާއި އެހެން ނަމަވެސް އެ މެޗުގެ ބޭނުން ބޮޑަށް ހިފަން ގަސްދުކުރަނީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ގައުމީ ފުޓުބޯޅަ ޓީމުން މި މަހު 10 ވަނަ ދުވަހު، އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނާނެ އެވެ. އޭގެ ފަސް ދުވަސް ކުރިން، އަންނަ ބުރާސްފަތި ދުވަހު، އެކުވެރިކަމުގެ މެޗެއްގައި ގައުމީ ފުޓުބޯޅަ ޓީމުން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.

ސިންގަޕޫރަށް މިއަދު ފުރުމުގެ ކުރިން، ގްރޭޓާ މާލެ ބަސް ޓާމިނަލުގައި ހުރެފައި، މީޑިއާ އަށް ދިން އިންޓަވިއުގައި ސުޒޭން ބުނީ މައިގަނޑު ގޮތެއްގައި ފޯކަސް އޮތީ ޓިމޯ ލެސްޓޭ މެޗަށް ކަމަށެވެ.

"ސިންގަޕޫރު މެޗުގައި ހުރިހާ ވެސް ޓާގެޓަކީ ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވުން، އެހެންވީމަ، އެ އަށް ވިސްނައިގެން ސިންގަޕޫރު މެޗުގެ (ކުޅޭނީ) ސިންގަޕޫރު މެޗުގެ ރިޒަލްޓަކީ ވެސް މުހިންމު އެއްޗެއް. އެކަމަކު ހަމަ ވީހާ ވެސް ބޮޑަށް ކޮމްޕެޓިޓިވް މެޗަށް، ތައްޔާރުވުމުގެ ގޮތުން ސިންގަޕޫރު މެޗު ބޭނުންކުރާނީ،" ސުޒޭން ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން، ފީފާ ކަލަންޑަރުގައި މެޗުތަކެއް ކުޅުނު ދެ ފަހަރު (މިދިޔަ އަހަރުގެ އޮކްޓޫބަރާއި މި އަހަރުގެ މާޗް މަހު) ވެސް ކުޅެން ޖެހުނީ އެއްވެސް ލޯކަލް ރަސްމީ މުބާރާތެއްގެ މެޗުތަކެއް ނުކުޅެ އެވެ. އެކަމަކު، މި ފަަހަރު ގައުމީ ޓީމުން ޗެ މެޗެއް ކުޅެން މި ދަނީ، ދާދި ފަހުން، ރާއްޖޭގައި ކުޅެވުނު އެފްއޭއެމް ލީގު ކަޕަށް ފަހުގަ އެވެ.

ސުޒޭން ބުނީ، އެންމެ ފަހުން ދިޔަ ފަހަރާ އަޅާކިޔާއިރު، މި ފަހަރުގެ ތައްޔާރީތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ތައްޔާރީތަކާ މެދު ހަމަގައިމު ވެސް ވަރަށް ހިތްހަމަޖެހޭ، އެއީ މުބާރާތެއް ކުޅެލާފައި، އަދި ފަސް މެޗު ވިޔަސް، މުބާރާތެއް ކުޅެލާފައި ގިނަ ކުޅުންތެރިން މި ތިބީ، 95 ޕަސެންޓް މި އޮތީ ކުޅެފައި، ދެތިން ކުޅުންތެރިން ފިޔަވައި، އެހެންވީމަ ޕްރެކްޓިހުން ވެސް އެ މޯޓިވޭޝަން ވަރަށް ފެނިގެންދިޔަ، ފިޓްނަސް ހުރިހާ އެއްޗެއް ވެސް، ހަމަ ވަރަށް ރަނގަޅުކޮށް ފެނިގެންދިޔައީ، އެހެންވީމަ، ވަރަށް ހިތްހަަމަޖެހޭ ހަަމަ،" ސުޒޭން ބުންޏެވެ.

މީގެ ކުރިން، 2022 ވަނަ އަހަރު ރާއްޖެ އަތުން އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު ވަނީ 3-1 އިން މޮޅުވެފަ އެވެ.

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ ތިން މެޗު ވެސް އޮތީ ރަށުންބޭރުގަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި، މިދިޔަ މާޗް މަހު ފިލިޕީންސް އަތުން އެ ގައުމުގައި ކުޅެގެން ރާއްޖެ ވަނީ 4-1 އިން ބަލިވެފަ އެވެ. ޓިމޯ ލެސްޓޭ ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން ބަލިވީ 1-0 އިންނެވެ.

ފީފާ/އޭއެފްސީ މިންގަނޑުތަކަށް ފެތޭ ދަނޑެއް ޓިމޯ ލެސްޓޭގައި ނެތުމުން، އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭގެ ހޯމް މެޗުތައް ކުޅޭނެ ދަނޑެއް ހޯދުމަށް އޮތީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށެވެ. އެ ގޮތުން، މި މަހު 10 ވަނަ ދުވަހު، ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރެވޭތޯ ޓިމޯ ލެސްޓޭ އިން މަސައްކަތް ކުރީ ތައިލެންޑްގައި ކުޅުމަށެވެ.

އެކަމަކު، އެ ނިންމުން ކޮޅެއްގައި ނުޖެހި، އެންމެ ފަހުން އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ޓިމޯ ލެސްޓޭ އިން ނިންމީ އެވެ. މިއީ، ޓިމޯ ލެސްޓޭގެ ސީނިއާ ޓީމުން ރާއްޖެއާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ، އަހަރު ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ޓިމޯ ލެސްޓޭ އަތުން ބަލިވިއިރު، 2014 ވަނަ އަހަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox