ބެޓިސް އިން އެންޓޮނީ ބެހެއްޓޭނެ ޑީލަކާ މެދު މަޝްވަރާކުރަނީ

Jun 2, 2025, 3:54 AM
ބެޓިސް އިން އެންޓޮނީ ބެހެއްޓޭނެ ޑީލަކާ މެދު މަޝްވަރާކުރަނީ

މެޑްރިޑް (ޖޫން 2) - ބްރެޒިލްގެ ވިންގް، އެންޓޮނީ، ސްޕެއިނުގެ ރެއާލް ބެޓިސްގައި މަޑުކުރެވޭނެ ގޮތަކާ މެދު، އޭނާގެ ކޮންޓްރެކްޓް އޮތް ކްލަބް، މެންޗެސްޓާ ޔުނައިޓެޑާ އެކު، ބެޓިސް އިން މަޝްވަރާތައް ފަށައިފި އެވެ.

އަޔަކްސް ދޫކޮށް، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މެންޗެސްޓާ ޔުނައިޓެޑަށް އެ ކްލަބްގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ބަދަލުވި، އެންޓޮނީ އެ ކްލަބާ ގުޅުނީ 110 މިލިއަން ޑޮލަރަށެވެ. ޔުނައިޓެޑުގައި ދަށްކުުޅުމެއް ދައްކާތީ، ފާޑުކިޔުން އަމާޒުވި އެންޓޮނީ ޖެނުއަރީ ޓްރާންސްފާގައި ލޯން ޑީލެއްގައި ބެޓިސް އަށް ބަދަލުވެ، ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ.

ބެޓިސް އިން ޔުއެފާ ކޮންފަރެެންސް ލީގުގެ ފައިނަލަށް ދަތުރުކުރިއިރު، މޮޅު ކުޅުމެއް ދެއްކި އެންޓޮނީ ވަނީ ބެޓިސް އަށް ކުޅެދިން 25 މެޗުން އަށް ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އެންޓޮނީ ވެސް ބެޓިސްގައި މަޑުކުރަން ބޭނުންވާއިރު، އޭނާ ދާއިމީ ކޮންޓްރެކްޓެއްގައި ބެޓިސް އަށް ބަދަލުވާން ޔުނައިޓެޑުން ކިޔާ އަގު އުޅެނީ، 50-65 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. އެކަމަކު، މި އަގު ދޭން ބެޓިސްގެ މާލީ ހާލަތު ތަންނުދޭތީ އެ ކްލަބުން އަންނަނީ ޔުނައިޓެޑަށް ޕްރޮޕޯސަލްތަކެއް ހުށަހަޅަމުންނެވެ.

އެ ގޮތުން، ބެޓިސް އިން ވަނީ ކޯ އޯނަޝިޕް ޑީލެއް ވެސް ހުށަހަޅައިފަ އެވެ. އެއީ، ބެޓިސް އަށް ލޯން ފީ އަކަށް އެންޓޮނީ ކުޅޭއިރު، އޭނާގެ މުސާރަ ބެޓިސް އިން ދޭ ގޮތަށް، އެހެން ނަމަވެސް، ޔުނައިޓެޑުން ބޭނުންނަމަ، އެންޓޮނީ ވަކި އަގެއްގައި ވިއްކާލެވޭއިރު، ލިބޭ ޓްރާންސްފާ ފީ އިން ވަކި ޕަސެންޓެއް ބެޓިސް އަށް ވެސް ލިބޭ ގޮތަށް އޮންނަ އެއްބަސްވުމެއް ހެދުމަށެެވެ. އެކަމަކު، މި ޑީލަށް ޔުނައިޓެޑުން ރުހޭނެ ކަމަށް ނުބެލެވެ އެވެ.

މިހާރު އޮތްގޮތުން، ޔުނައިޓެޑުން އެހެން ކްލަބަކަށް އެންޓޮނީ ވިއްކައިނުލެވޭނަމަ، އޭނާ އަލުން ބެޓިސް އަށް ލޯނަކަށް ފީއެއް ދޭ ގޮތަށް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox