ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ކުރީގެ ރައީސް ވަހީދު އައްޔަންކޮށްފި

ރައީސް މުއިއްޒު، ކުރީގެ ރައީސް ވަހީދަށް މަގާމުގެ ފަތްކޮޅު އަރުވަނީ: ވަހީދު އައްޔަންކުރީ ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، ކުރީގެ ރައީސް ވަހީދަށް މަގާމުގެ ފަތްކޮޅު އަރުވަނީ: ވަހީދު އައްޔަންކުރީ ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް ވަހީދު އައްޔަންކުރީ މިއަދު ހެނދުނު އެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އެ މަގާމަށް އެމަނިކުފާނު އައްޔަންކުރީ މުސާރަ ނުލިބޭ ގޮތަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިއަދުގެ ރަސްމިއްޔާތަށްފަހު ދެ ރައީސުން ބައްދަލުކުރައްވާ މަޝްވަރާކުރެއްވި އެވެ. މި ބައްދަލުވުމުގައި ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެމަނިކުފާނުގެ އަރިހުން ސަރުކާރުގެ ޖާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަށް އެދިވަޑައިގެންނެވި ކަމަށް މިކަމާ ގުޅިގެން ރައީސް އޮފީހުން އާންމުކުރި ހަބަރުގައި ބުނެފައިވެ އެވެ.

Advertisement

އެގޮތުން އިގުތިސޯދީގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރެއްވުމަށް އިރުޝާދު ދެއްވާ އަލަށް އައްޔަންކުރެއްވި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައީސް މުއިއްޒުގެ ފަރާތުން ވަހީދަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަގާމުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ވިދާޅުވެ ސަރުކާރަށް ހިދުމަތް ކުރަން ފުރުސަތު ދެއްވީތީ ވަހީދު ރައީސް މުއިއްޒު އަށް ޝުކުރު ދެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ވަހީދަކީ ރާއްޖޭގައި ގިނަ ޕާޓީތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުން ހޮވުނު ސަރުކާރުގެ ނައިބު ރައީސް އެވެ. އެމަނިކުފާނު ރައީސް ކަމާ ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަގާވާތަކުން ބަދަލުކުރުމަށްފަހު އެވެ.

ބަގާވާތަށްފަހު ޖެހިގެން އައި އިންތިހާބުގައި ވަހީދު ވާދަކުރެއްވި ނަމަވެސް ލިބިވަޑައިގެންނެވީ އެންމެ 5 ޕަސެންޓު ވޯޓެވެ. އެއަށް ފަހު ސިޔާސީ ކަންކަމާ ދުރުގާ ހުންނެވުމަށްފަހު ވަހީދު އެނބުރި ސިޔާސީ މައިދާނުން ފެނުނީ 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށެވެ.

މި ވެރިކަމުގައި މިހާތަނަށް ވަކި މަގާމެއްގައި ނުހުންނެވި ނަމަވެސް އެކި ހަފުލާތަކުގެ ކުރީ ސަފުން ރައީސް މުއިއްޒު އާއެކު ވަހީދު ފެނިގެން ގޮސްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox