ވިއެޓްނާމްގައި ޓެލެގްރާމް ބްލޮކް ކުރަން ނިންމައިފި

May 24, 2025, 9:02 AM
ވިއެޓްނާމްގައި ޓެލެގްރާމް ބްލޮކް ކުރަން ނިންމައިފި

ހަނޯއީ، ވިއެޓްނާމް (މެއި 23) - ކުށް ކުރުން ހުއްޓުވުމުގައި އެއްބާރުލުން ނުދޭ ކަމަށް ބުނެ މެސެޖިން އެޕް، ޓެލެގްރާމް ވިއެޓްނާމްގައި ބްލޮކް ކުރަން އެ ގައުމުގެ ޓެކްނޮލޮޖީ މިނިސްޓްރީން ނިންމައިފި އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީގެ ޓެލެކޮމް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް ސޮއިކުރައްވައި މެއި މަހުގެ 21 ވަނަ ދުވަހު އެ ގައުމުގެ ޓެލެކޮމް ކުންފުނިތަކުން ޓެލެގްރާމް ބްލޮކް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް ޖޫން 2، ގެ ކުރިން އަނބުރާ މިނިސްޓްރީއަށް ރިޕޯޓް ކުރުމަށް ވަނީ އަންގާފަ އެވެ.

މިނިސްޓްރީން މި ގޮތަށް އެންގީ ގައުމީ ސައިބާސެކިއުރިޓީ ޑިޕާޓްމަންޓުން އެދުމުންނެވެ. އެގޮތުން ވިއެޓްނާމްގައި ހިންގާ 9،600 އަށްވުރެ ގިނަ ޓެލެގްރާމް ޗެނަލްތަކުގެ ތެރެއިން 68 ޕަސެންޓު ޗެނަލްއަކީ ކުށް ކުރުމަށް ބޭނުންކުރާ ޗެނަލްތަކެއް ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ ތެރޭގައި ޓެރަރިޒަމްގެ ކުށްތަކަށް ހިތްވަރު ދިނުމާއ، މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދުމާއި، މަސްތުވާތަކެތި ޓްރެފިކްކޮށް ވިއްކުން ފަދަ ކުށްތައް ހިމެނެ އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިގޮތަށް ނިންމީ ޖިނާއީ ތަހުގީގުގައި މައުލޫމާތަށް އެދުމުން ޓެލެގްރާމުން ބޭނުންކުރާ މީހުންގެ ޑޭޓާ ސަރުކާރަށް ނުދިނުމުން ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް އެއް ބިލިއަން މީހުން ބޭނުންކުރާ ޓެލެގްރާމްއަކީ ސެކިއުރިޓީ އާއި ޑޭޓާ ބްރީޗްވުމުގެ މައްސަލަތަކާ ގުޅިގެން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ޕްލެޓްފޯމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox