އާއްމުކޮށް މީހަކު ކައިއުޅޭ ޖަންކް ފުޑް ނުވަތަ އަލްޓްރާ-ޕްރޮސެސްކޮށްފައިވާ ކާނާގެ މިންވަރު ލޭ އަދި ކުޑަކަމުދާ ތަކެތިން ދެނެގަނެވޭ އާ ހޯދުމެއް ސައިންސްވެރިން ހޯދައިފިއެވެ.
އެމެރިކާގެ ނޭޝަނަލް ކެންސަރު އިންސްޓިޓިއުޓްގެ ޑރ. އެރިކާ ލޮފްޓްފީލްޑް އިސްކޮށް ހުންނަވައިގެން ކުރެވުނު މި ދިރާސާއިން ވަނީ ލޭގައި ހުރި ކުދި މޮލެކިއުލްތައް ފާހަގަކޮށްފަ އެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުން މި މޮލެކިއުލްތަކުގެ މިންވަރު ގުޅިފައިވަނީ އަލްޓްރާ-ޕްރޮސެސްކޮށްފައިވާ ކާނާގެ މިންވަރާ އެވެ.
ގިނަ މީހުންނަށް އެމީހުން ކާ އަލްޓްރާ-ޕްރޮސެސްކޮށްފައިވާ ކާނާގެ މިންވަރު ނޭނގެ އެވެ. ރަނގަޅު ނިޔަތުގައި ކާ މީހުންނަށްވެސް ކާނާގައި ހިމެނޭ ޕްރިޒަވޭޓިވްތަކާއި ތެލާއި އިތުރުކުރެވިފައިވާ ތަކެއްޗެއް ފާހަގަނުކުރެވި ހިނގައިދާނެ އެވެ.
މި އައު ހޯދުމުން މި ހުރިހާ އޮޅުންތަކެއް ފިލުވައިދެ އެވެ. މިއީ ދިރާސާކުރާ ފަރާތްތަކަށް ކޮންމެ ކާއެއްޗެއް ނޯޓުކުރުމަކާ ނުލައި ކާނާގެ wAދަތަކުގެ ސާފު މަންޒަރެއް ދައްކައިދޭނެ ގޮތެކެވެ.
މި ދިރާސާ ހެދި ޓީމުން ވަނީ ލޭ އަދި ކުޑަކަމުދާ ތަކެތީގައި ހުންނަ ކުދި ކެމިކަލް މާކް މިންކުރުމަށް ގޮތެއް އުފައްދާފަ އެވެ. އެމީހުން ބޭނުންކުރީ 12 މަސްދުވަހުގެ ތެރޭގައި ތަފްސީލީ ކާނާގެ ރިޕޯޓުތައް ދީފައިވާ ބައިވެރިންގެ ގްރޫޕެކެވެ. މި މާކްތައް ގުޅިފައިވަނީ މީހަކު އަލްޓްރާ-ޕްރޮސެސްކޮށްފައިވާ ކާނާ ކާ މިންވަރާ އެވެ.

އެ ޓީމުން ވަނީ މި ކެމިކަލް ސިގްނޭޗާ ދައްކުވައިދޭ ޕޮލީ-މެޓަބޮލައިޓް ސްކޯއެއް އުފައްދާފައެވެ.
"މިފަދަ ސްކޯތަކީ ބޮޑެތި އާބާދީގެ ދިރާސާތަކުގައި އަލްޓްރާ-ޕްރޮސެސްކޮށްފައިވާ ކާނާ ކެއުމުގެ އޮބްޖެކްޓިވް މިންގަނޑުތަކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ" ޑރ. ލޮފްޓްފީލްޑް ވިދާޅުވި އެވެ.
ކާނާ އުފައްދާ ކުންފުނިތަކުން ގިނަފަހަރު މާކެޓިން ބޭނުންކުރަނީ އަލްޓްރާ-ޕްރޮސެސްކޮށްފައިވާ ކާނާ ފަސޭހަ ނުވަތަ ނިއުޓްރިއަންޓްތަކުން މުއްސަނދި ކާނާގެ ގޮތުގައި ދެއްކުމަށެވެ. ނަމަވެސް ލޭގައި މި ކެމިކަލް ސިގްނޭޗާތައް ހުރުމުން ތަފާތު މަންޒަރެއް ދައްކައިދެ އެވެ.
ގިނަ މީހުން ޑޮކްޓަރުންނަށް ނުވަތަ ދިރާސާކުރާ ފަރާތްތަކަށް އެމީހުން ކާ އެއްޗެހި ބުނާއިރު ހަނދާނަށް އަންނަ އެއްޗަކަށް ބަރޯސާވެ އެވެ. އެކަމަކު ކުރިމަގުގައި މީހަކު ބުނާ ކާނާގެ މިންވަރު އޭނާގެ ހަގީގީ ކެއުމާ ދިމާވޭތޯ ބެލޭނެ އެވެ،
މި އާ ދިރާސާ ޝާއިއުކޮށްފައިވަނީ ޕްލޮސް މެޑިސިން ޖާނަލްގައެވެ.










