ވާދޫ ފެނަކަ ބްރާންޗުގެ ވެރިން ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެ މުވައްޒަފުންނަށް ބިރު ދައްކާ ކަމުގެ ޝަކުވާ

ގދ. ވާދޫ މަތިން ފެންނަ ފޮޓޯއެއް -- ފޮޓޯ: އާޒިމް ހާލިދު / ފޭސްބުކް

ގދ. ވާދޫ މަތިން ފެންނަ ފޮޓޯއެއް -- ފޮޓޯ: އާޒިމް ހާލިދު / ފޭސްބުކް

ގދ. ވާދޫ ފެނަކަ ބްރާންޗުގެ ހިންގުން ހަވާލު ކޮށްފައިވާ ދެ މީހުންގެ ފަރާތުން އެ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރު ދެއްކުމާއި އެ ބްރާންޗުގެ މުވައްޒަފުންނަށް ދޭންޖެހޭ އެލެވެންސްތައް ނުދީ ތަފާތު ކުރުމުގެ އިތުރުން ކުންފުނީގެ ޕެޓީ ކޭޝް އެމީހުންގެ އަމިއްލަ ކަންކަމަށް ބޭނުންކުރާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ވާދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފަކު އަދަދު އަށް ބުނީ އެ ބްރާންޗުގައި މަސައްކަތް ކުރާ 14 މުވައްޒަފުންގެ ސޮއި އާއެކު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހުގެ ސަމާލުކަމަށް ވެސް އެކަން މިދިޔަ އޭޕްރިލް 13، ގައި ގެނެސްފައިވާ ކަމަށެވެ.

އެ ސިޓީގެ ކޮޕީއެއް މި ނޫހަށް ވަނީ ލިބިފަ އެވެ. ވާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުންގެ މެދުގައި ތަފާތުކޮށް، އެ ތަނުގެ ޕެޓީ ކޭޝް ބޭނުން ކުރަމުންދާ ކަމަށް އެ ސިޓީގައި ބުނެފައި ވަނީ ވާދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން، ތަހުނީން އަހުމަދު އާއި ޑެޕިއުޓީ މެނޭޖަރު، ޝާމިހު އަހުމަދު އެވެ.

Advertisement

"މި ތަން ހިންގުން ހަވާލު ކޮށްފައި މިތިބީ މި ދާއިރާގެ އެމްޕީ [މުހައްމަދު އަލީ] އާ ވަރަށް ގާތް ދެ މީހުން، އެ މީހުންގެ ބާރުގަދަ ކަމުން އެއްވެސް ފިޔަވަޅެއް އެމީހުންނަކަށް ނޭޅޭ. މި ހުރިހާ ކަމެއް މެނޭޖުމެންޓަށް ވެސް އެނގޭނެ. އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ ސިޓީގެ ކޮޕީއެއް ރައީސް އޮފީހަށް ވެސް ފޮނުވާފައި،" މި ނޫހާ ވާހަކަދެއްކި މީހާ ބުންޏެވެ.

ވާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުވި ސިޓީގައި ތަހުނީން އާއި ޝާމިހުއާ ގުޅޭ ވަރަށް ބައިވަރު ޝަކުވާތައް ކޮށްފައިވެ އެވެ. އެއީ:

  • މުވައްޒަފުންގެ މެދުގައި ތަފާތުކޮށް، ވަކިވަކި މުވައްޒަފުންގެ ބަޔާން ނަގައި ބިރުދެއްކުން
  • ބްރާންޗުގެ ސީނިއާ މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، އެމީހުންގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ބާރުތައް ދިނުން
  • ގަވާއިދުން މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭންޖެހޭ ސްޕެޝަލް އެލެވެންސްތައް ނުދިނުން
  • ހިންގުން ދޯހަޅިވުމުގެ ސަބަބުން ކުންފުނީގެ ބައެއް އާލާތްތައް ގެއްލި، ފެނަކައިގެ ބައެއް އިމާރާތްތައް ވާވުން
  • ކުންފުނީގެ ޕެޓީ ކޭޝް ތަހުނީން އާއި ޝާމިހު ނަހަމަ ގޮތުގައި ބޭނުން ކުރުން
  • ވަޒީފާގެ ރަސްމީ ވަގުތުތަކުގައި ތަހުނީން އާއި ޝާމިހު މަސްވެރިކަމުގަ އާއި ކޮފީ ބުއިން ފަދަ ކަންކަމުގައި މަސްއޫލުވެ އުޅުން
  • ވާދޫގައި އިމާރާތް ކުރަން ފަށާފައި ހުރި ފެނަކައިގެ އާ އިންޖީނު ގޭގެގައި ހުރި ސާމާނުތައް ވީރާނާ ވާން ދޫކޮށްލާފައި ހުރުން

މުވައްޒަފުންގެ މި ޝަކުވާތަކާ ގުޅިގެން މާޗު 17، ގައި ވާދޫއަށް ފެނަކައިގެ ޓީމެއް ގޮސް އެ މައްސަލަ ބަލައި ނަސޭހަތްތެރިވެފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން ވާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ބުންޏެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ކުންފުނީގެ މެނޭޖުމެންޓުން އަޅާފައި ނުވާ ކަމަށް އެމީހުން ބުންޏެވެ.

ނަތީޖާއެއްގެ ގޮތުން މުވައްޒަފުންނަށް ބިރު ދެއްކުމާއި ކުރިން ދިމާވަމުން އައި ކަންކަން މިހާރު އިތުރު ހަރުފަތަކަށް ޖެހި، މަސައްކަތުގެ މާހައުލު ބިރުވެރިވެފައިވާކަން އެ މުވައްޒަފުން ފާހަގަކުރި އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން މިމަހު 4، ގައި އަނެއްކާވެސް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަށް އެޑްރެސްކޮށް ވާދޫ ބްރާންޗުގެ މުވައްޒަފަކު ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގެ ކޮޕީއެއް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެ ރަށު ބްރާންޗުގެ މުވައްޒަފުންތަކެއްގެ ސޮއި އާއެކު ކުރިން ފޮނުވި ސިޓީއާ ގުޅިގެން އެ ރަށަށް ދިޔަ ޓީމުން ތަހުނީން އާއި ޝާމިހު އަށް ނަސޭހަތްތެރިވި ނަމަވެސް ޝަކުވާގެ ސިޓީ މެނޭޖުމެންޓަށް ފޮނުވީ ކޮން ފަރާތަކުންކަން މިހާރު އެ ދެމީހުންނަށް އެނގިފައިވާ ކަމަށެވެ.

އެހެންކަމުން އޮފީހުން ބޭރުގައި މުވައްޒަފުން ދައްކާ ވާހަކަތަކާ ގުޅިގެން ވެސް މުވައްޒަފުން ހާޒިރުކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ފަހުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައި ނެތް ބަޔަކާ ވާދޫ ބްރާންޗު ހިންގުން ހަވާލުކޮށްގެން ފެނަކައަށް ލިބެމުންދާ ގެއްލުމާމެދު އަޅުގަނޑު ނުހަނު ކަންބޮޑުވެ އެވެ، ދާއިރާގެ އެމްޕީގެ ގާތް ބަޔަކަށް ވީތީ މިހާރުގެ މެނޭޖުމެންޓުގައި ތަން ހިންގުމަކީ ފެނަކައަށް ލިބިގެންދާނެ ނުހަނު ބޮޑު ގެއްލުމެއް،" އެ ސިޓީގައި ބުނެފައިވެ އެވެ.

"ތަނަށް ލިބޭ ޕެޓީ ކޭޝް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާތީ އެ ވާހަކަ ދެއްކުމަކީ ކުށެއް ކަމަށް އަޅުގަނޑު ގަބޫލު ނުކުރަމެވެ، ގާތް މީހުންގެ އަތުން ބިލުތައް ގެނެސް މަސައްކަތްތައް ނުކޮށް ފެނަކަ ޕެޓީ ކޭޝްއިން ފައިސާ ނަގަމުން ދާތީ އަޅުގަނޑު ނުހަނު ކަންބޮޑުވަން."

ވާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ކުރާ ތުހުމަތުތަކާ ގުޅިގެން، އެ ތުހުމަތުތައް އަމާޒުވާ ތަހުނީންއަށް މި ނޫހުން ގުޅުމުން ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ދަންނަވާނެ އެއްޗެއް ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގެއް ނުކުރައްވަ އެވެ.

"އަޅުގަނޑަކަށް ނޭނގޭ އަސްލު ތިކަމާ ގުޅިގެން ބުނާނެ އެއްޗެއް،" ތަހުނީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox