‏ސިއްހަތަށް ނުރަނގަޅު އާދަތަކުގެ ސަބަބުން ހިތުގެ އުމުރު އަވަސްވޭ‏

‏ސިއްހަތަށް ނުރަނގަޅު އާދަތަކުގެ ސަބަބުން ހިތުގެ އުމުރު އަވަސްވޭ‏

‏ދުޅަހެޔޮ ނޫން އާދަތަކުގެ ސަބަބުން ހިތުގެ އުމުރު އަވަހަށް މަތިވެދާނެ ކަމަށް ފަހުގެ ‏‏ދިރާސާއަކުން ދައްކައިފިއެވެ. ‏

‏އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް އޭންގްލިއާގެ ނޯވިޗް މެޑިކަލް ‏‏ސްކޫލުގެ ކާޑިއޮލޮޖިސްޓެއް ކަމުގައިވާ ޑރ. ޕަންކަޖް ގާގްގެ އިސްނެންގެވުމުގެ ‏‏ދަށުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ދުޅަހެޔޮ ނޫން އާދަތަކުގެ ‏‏ސަބަބުން ހިތުގެ އުމުރު އަވަހަށް މަތިވެދާނެ އެވެ.‏

‏މި ދިރާސާގައި ބަލާފައި ވަނީ ސްޓްރެސް، މަތީ ފެޓް އެކުލެވޭ ކާނާ ބޭނުންކުރުމާއި ‏‏އަދި ކަސްރަތު ނުކުރުން ފަދަ ކަންކަމުގެ ސަބަބުން ހިތުގެ އުމުރު މައްޗަށް ‏‏ދިއުމުގެ މައްސަލައަށެވެ. މިގޮތުން އެމްއާރްއައި ސްކޭން ބޭނުންކޮށްގެން ހިތުގެ ‏‏މަސައްކަތްކުރާ މިންވަރަށް ބަލައި، ހިތުގެ އުމުރު ވަޒަންކުރެވިދާނެ ކަމަށް ‏‏ދިރާސާއިން ދައްކައެވެ.‏

Advertisement

‏"55 އަހަރުގެ މީހަކަށް އޭނާގެ ހިތް 65 އަހަރުގެ މީހެއްގެ ހިތެކޭ އެއްފަދަ ކަމަށް ‏‏ބުނުމަކީ އެ މީހަކު ބްލަޑް ޕްރެޝަރު ކޮންޓްރޯލް ކުރުމަށާއި، ބަރުދަން ‏‏ލުއިކުރުމަށާއި، އިތުރަށް ކަސްރަތު ކުރުމަށް ބާރުއަޅާ ކަމަކަށް ވެދާނެ،" ‏‏ގާގް ވިދާޅުވި އެވެ.‏

‏މީގެ އިތުރުން، 30 އާއި 40 އަހަރާ ދެމެދުގެ ގިނަ ބަޔަކު ދެކޭގޮތުގައި ހިތުގެ ‏‏ބަލިތަކަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެކެވެ. ނަމަވެސް، ‏‏ނުރަނގަޅު ކާނާ ބޭނުން ކުރުމާއި ސްޓްރެސް އާއި އިށީނދެ އުޅުމުގެ އާދަތަކުގެ ސަބަބުން ‏‏ޒުވާނުންގެ ހިތުގެ އުމުރުވެސް މައްޗަށް ދެ އެވެ. އެހެންކަމުން، ޒުވާން އުމުރުގައި ‏‏ހިތުގެ ސިއްހަތަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ.‏

‏ހިތުގެ މަސައްކަތްކުރާ އުމުރު އަވަހަށް މަތިވަމުންދާކަން ދެނެގަތުމަކީ ނުބައި އާދަތައް ‏‏ދޫކޮށްލައި، ހިތުގެ ސިއްހަތަށް ސަމާލުވުމަށް ބާރުއަޅާ ކަމަކަށް ވެދާނެ ކަމަށް ‏‏ސައިންޓިސްޓުން ބުނެ އެވެ‏‎.‎

‏ހިތުގެ މަސައްކަތްކުރާ އުމުރު ބެލުމަށްޓަކައި ސައިންޓިސްޓުން ބަލަނީ ހިތުން ލޭ ‏‏ޕަންޕުކުރާ މިންވަރާއި ސްޓްރެސްގެ ދަށުގައި ހިތުގެ އޮނިގަނޑު ހުންނަ ގޮތެވެ. މި ‏‏މިންގަނޑުތައް ހުންނަނީ ޅަ އުމުރުގެ މީހެއްގެ ހިތާ އެއްގޮތަށް ނަމަ، އެ މީހެއްގެ ‏‏ހިތް، ވަރަށް ރަނގަޅު ހާލަތެއްގައި ހުރި ކަމަށް ބެލެވެ އެވެ. ނަމަވެސް، މި ‏‏މިންގަނޑުތައް ހުންނަނީ އުމުރުން ދުވަސްވީ މީހެއްގެ ހިތާ އެއްގޮތަށް ނަމަ، އެ ‏‏މީހެއްގެ ހިތަށް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް ބެލެވެ އެވެ‏‎.‎

‏ހިތުގެ މަސައްކަތްކުރާ އުމުރު ދެނެގަތުމަކީ ހިތުގެ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ‏‏ކުރިން އެކަމަށް ފަރުވާ ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ. ‏‏މިގޮތުން، ހިތުގެ މަސައްކަތްކުރާ އުމުރު އަވަހަށް މަތިވަމުންދާކަން އެނގުމުން، ‏‏ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށާއި ބޭސް ބޭނުންކުރަން ފެށުމަށް ‏‏ބާރުއެޅިދާނެ އެވެ‏‎.‎

‎"‎‏މިއީ ހިތް ދުޅަހެޔޮކަމާއެކު ގިނަ ދުވަހު ބޭއްވުމަށް ލިބުނު ވަރަށް މުހިންމު ‏‏ކުރިއެރުމެއް، މި އާ ވިސްނުމުގެ ސަބަބުން މުޅި ދުނިޔޭގައި ހިތުގެ ބަލިތައް ‏‏ދެނެގަތުމުގެ ގޮތްތައް އިތުރަށް ހަރުދަނާވެގެންދާނެ" ގާގް ވިދާޅުވިއެވެ.‏

‏މި ދިރާސާގެ ނަތީޖާތަކުން ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ގޮތްތަކަށް ‏‏ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެ އެވެ. އަދި މީހުންގެ "ހިތުގެ މަސައްކަތްކުރާ ‏‏އުމުރު" އެމީހުންނަށް އަންގައިދިނުމަކީ އެ މީހުން ދުޅަހެޔޮ ދިރިއުޅުމެއް އިޚްތިޔާރު ‏‏ކުރުމަށް ބާރުއަޅާ ކަމަކަށް ވެދާނެ ކަމަށްވެސް ދިރާސާގެ ހޯދުންތަކުން ދައްކައެވެ.‏

މިއީ އޯޕަން ޔޫރަޕިއަން ހާޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox