ކޮންމެ ތަނަކަށް އެއްވެ އުޅުމުގެ ހައްގު އޮންނާނެ ކަމަށް ރައީސް ވިދާޅުވުމުން ޝިމަން އާއި މަހްޒޫމް ދޫކޮށްލަން ވަކީލުން އެދިއްޖެ

May 3, 2025, 3:16 PM
ފުލުހުން ޝިމަން ހައްޔަރުކޮށްގެން ގެންދަނީ: މި މައްސަލައިގައި އޭނާ ބަންދުކުރީ ތިން ދުވަހަށް -- ފޮޓޯ: އަދަދު

ފުލުހުން ޝިމަން ހައްޔަރުކޮށްގެން ގެންދަނީ: މި މައްސަލައިގައި އޭނާ ބަންދުކުރީ ތިން ދުވަހަށް -- ފޮޓޯ: އަދަދު

ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ ހައްގުގައި ޒުވާނުން ބާއްވަމުން ދިޔަ ސިލްސިލާ އިހުތިޖާޖުތަކުގައި އިސްކޮށް އުޅެނިކޮށް ބަންދުކޮށްފައިވާ އާއިޝަތު ޝިމަން އަހުމަދު ދޫކޮށްލަން އެދި އޭނާގެ ވަކީލު ފުލުހުންނަށް ސިޓީއެއް ފޮނުވައިފި އެވެ.

ޝިމަން ދޫކޮށްލަން އެދި އެކްޓިން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއަށް އޭނާގެ ވަކީލުން ސިޓީއެއް ފޮނުވީ، ދުރާލާ ހުއްދަ ހޯދުމަކާ ނުލައި، މާލޭގެ ކޮންމެ ތަނަކަށް ވެސް އެއްވެސް އުޅެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ރައީސްގެ ވާހަކަތަކާ ގުޅިގެން ފޮނުވި ސިޓީގައި، ޝިމަންގެ ވަކީލު ލިޔެފައިވާ ގޮތުގައި، އޭނާގެ މުވައްކިލާއި އޭނާ ހައްޔަރުކުރި ރޭ ކުރިއަށް ދިޔަ އެއްވުމުގައި ބައިވެރިވި އެހެން އެންމެންނަކީ، ގާނޫނުއަސާސީން އެންމެހާ ދިވެހިންނަށް ލިބިދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފަމުން ދިޔަ ޒުވާނުންތަކެކެވެ.

"އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިގެންވާކަމަށް، ދައުލަތާއި ސަރުކާރުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، ސަރުކާރުގެ ވިސްނުމަކީ، ގާނޫނުއަސާސީއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަން ވީހާ ވެސް ފުޅާދާއިރާއެއްގައި ލިބިދިނުން ކަން ހާމަވޭ," އެ ސިޓީގައި ލިޔެފައިވެ އެވެ.

މާލޭގެ ކޮންމެ ތަނަކަށް އެއްވެ އުޅެވޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ޒުވާނުން ކުރިއަށް ގެންދާ އެއްވުންތަކަށް ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި މި އެއްވުން ރޫޅާލުމުގައި ފުލުހުން ބޭނުންކުރި އިބާރާތްތައް ތަކުރާރުކުރައްވަމުން ރައީސް ވަނީ ހުތުރު ބަހުން އެއްޗެހި ކިޔާ ކަމަށާއި ކުޅިވަރު ކުޅޭ ކަމަށާއި އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދިޔަ ކަމަށް ވިދާޅުވެފަ އެވެ.

ޒުވާނުން ކުރިއަށް ގެންދާ "ދުލެއް ނުކުރާނަން" އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ޝިމަން އާއި އަބްދުالله މަހުޒޫމް މާޖިދެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާއިި ރައްކާތެރިކަމަށް ޓަކައި އެ ދެ މީހުން ތިން ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

ދެ ޒުވާނުން ވެސް ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަމުން ދަނިކޮށް އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރެއް ވެސް ނުދީ އެވެ. އަދި އެ ދެ މީހުން ހައްޔަރު ކުރީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ. ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން އެ ދެ މީހުންނަށް ވެސް އަނިޔާ ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox