ވަކި ކޮޅަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅޭ ކަމަށް ވިދާޅުވުމަށްފަހު ރަޝިޔާ ކުށްވެރިކޮށްފައި އޮތް ގަރާރުގެ ދެލިކޮޕީއަކަށް ރާއްޖެއިން ވޯޓު ދީފި

އދ ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ ތެެރެއިން؛ ބުރާސްފަތި ދުވަހުގެ ޖަލްސާގައި ގިނަ ގަރާރުތަކެއްގެ ދެލިކޮޕީ ފާސްކުރި -- ފޮޓޯ: ޔުނައިޓެޑް ނޭޝަންސް

އދ ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ ތެެރެއިން؛ ބުރާސްފަތި ދުވަހުގެ ޖަލްސާގައި ގިނަ ގަރާރުތަކެއްގެ ދެލިކޮޕީ ފާސްކުރި -- ފޮޓޯ: ޔުނައިޓެޑް ނޭޝަންސް

މި ސަރުކާރުން ގެންގުޅެނީ ވަކި ކޮޅަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ކަމަށާއި އދ. ގައި ވޯޓު ދޭ ގޮތުން ރާއްޖޭގެ ސްޓޭންޑު ސާފުވާނެ ކަމަށް ވިދާޅުވުމަށްފަހު ރަޝިޔާ ކުށްވެރިކުރާ މޭރުމުން ލިޔެފައި އޮތް ގަރާރުގެ ދެލި ކޮޕީއަކަށް ދިވެހި ސަރުކާރުން ވޯޓު ދީފި އެވެ.

އެ ވޯޓު އޮތީ މިދިޔަ ބުދަ ދުވަހެވެ. އެ ގަރާރަށް ކިޔާ ނަމަކީ "ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް" އެވެ. ބުދަ ދުވަހު ފާސް ކުރީ އެ އދ. ގެ 81 ވަނަ އާންމު މަޖިލީހަށް އެ ގަރާރު ހުށަހެޅުމަށެވެ.

އެ ގަރާރުގައި މުޅި ޔޫރަޕުގެ އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައިވެ އެވެ. އަދި ޔޫރަޕުގެ ހަމަޖެހުމަށް ކުރިމަތިވަމުންދާ ބައެއް ގޮންޖެހުންތައް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ހިންގަނީ އުދުވާނެއް ކަމަށާއި އެކަމުގެ ސަބަބުން ޔަހޫދީންނާ ދެކޮޅު ފިކުރު ޔޫރަޕުގައި ފެތުރެމުންދާ ކަމަށާއި ރަޝިޔާއިން ލާއިންސާނީ އަމަލުތައް ހިންގާ ފަދަ މޭރުމަކުން ގަރާރުގައި ލިޔެފައިވެ އެވެ. އޭގެއިތުރުން ޔޫކްރެއިންގެ ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމުގެ ވާހަކަތަކުގެ ތެރެއިން އެ ގައުމުގެ ކުޑަކުދިންނަށް ބައެއްގެ ފަރާތުން ޖިންސީ ގޯނާ ލިބެމުންދާކަމަށް ދޭހަވާ ފަދަ މޭރުމަކުން ވެސް ގަރާރުގައި ބައެއް ހިމަނާފައިވެ އެވެ.

އެ ގަރާރަށް ވޯޓު ނުދިން ސަބަބު ސާފުކޮށްދެއްވަމުން ރަޝިޔާގެ ސަފީރު ވިދާޅުވީ މިހާރު އެ ގަރާރު އޮތް ގޮތުން އެއަށް ތާއީދު ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ދެ އަހަރު ކުރިން އެ ގަރާރުގައި ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ބައިތަކެއް ހިމަނާފައިވާ ކަމަށެވެ.

"ކައުންސިލް އޮފް ޔޫރަޕު މިހާރުވެފައި ވަނީ ގާނޫނީ ގޮތުން ބާތިލު އަދި ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ކަންކަން ކުރިއަރުވާ ޕްލެޓްފޯމަކަށް، އޭގެތެރޭގައި އުދުވާނުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ރެޖިސްޓްރީ ކިޔާ ދަފުތަރު ވެސް ހިމެނޭ،" ރަޝިޔާގެ ސަފީރު ވިދާޅުވި އެވެ.

އެ ގަރާރު ފާސް ކުރީ ރާއްޖެ ހިމެނޭ ގޮތަށް 105 ގައުމެއްގެ ވޯޓާއެކު އެވެ. އެ ގަރާރަށް ވޯޓު ނުދިނީ ނުވަ ގައުމަކުންނެވެ. ވޯޓު ނުދިން ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ރަޝިޔާ ހިމެނެ އެވެ. ޖުމުލަ 33 ގައުމަކުން އެ ވޯޓުގައި ބައިވެރިނުވެ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި އިންޑިއާ އާއި ސްރީ ލަންކާ އާއި ޗައިނާ އާއި އޮމާން އާއިި ޕާކިސްތާނާއި ކުވައިތު އާއި ޔަމަން އަދި މިސްރު ހިމެނެ އެވެ. 

ރަޝިޔާގެ އިތުރުން ދެން އެ ގަރާރަށް ވޯޓު ނުދިން ގައުމުތަކުން ވެސް ވޯޓު ދީފައި ނުވަނީ، ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުުންދާ ހަނގުރާމައިގައި ރަޝިޔާ ކުށްވެރި ކުރާ މޭރުމުން ގަރާރު ލިޔެފައި އޮތުމުންނެވެ.

އެ ގަރާރަށް ރާއްޖެއިން ވޯޓު ދިންއިރު، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލު ކުރެއްވުމާ ގުޅޭގޮތުން އެ ގައުމުން އެކްސްގައި ކުރި ޕޯސްޓުގައި ރާއްޖެއިން ޔޫކްރެއިންއަށް ތާއީދު ކުރާތީ ޝުކުރު އަދާކޮށްފައިވެ އެވެ.

ނަމަވެސް އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ފޮރިން މިނިސްޓަރު ހަލީލް އެކްސްގައި ހަމަ އެ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ގެންގުޅެނީ ވަކި ކޮޅަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ކަމަށާއި ރާއްޖެއިން އދ. ގައި ވޯޓު ދޭ ގޮތުން އެކަން ސާފު ވާނެ ކަމަށެވެ.

"ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ ވިސްނުން ބަދަލެއް ނުވޭ، އަޅުގަނޑުމެން އދ ގައި ވޯޓު ދޭ ގޮތުން މިކަން ސާފުވާނެ، ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާ ގުޅިފައި ހުންނަ ކަންކަމުގައި ރާއްޖެއިން އަބަދުވެސް ގެންގުޅެނީ އދ ގެ ޗާޓަރާ އެއްގޮތްވާ ގޮތެއްގެ މަތިން ވަކި ކޮޅަކަށް ނުޖެހޭ ސިޔާސަތެއް،" ހަލީލްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެ ދުވަހު ހަލީލް އެހެން ވިދާޅުވުމަށްފަހު ރަޝިޔާ ކުށްވެރިކުރާ މޭރުމުން ލިޔެފައި އޮތް ގަރާރެއްގެ ދެލި ކޮޕީއަށް ވޯޓު ދިނުމުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox