ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލަކާ ގުޅިގެން މެއި 1، އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ފަތުރުވެރިއެއް އެ ގައުމަށް އެތެރެވުމުގެ ކުރިން "ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަ ކުރަން ޖެހޭ ގޮތަށް ހަދައިފި އެވެ.
އޮންލައިން ފޯމެއް މެދުވެރިކޮށް ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަ ކުރެވޭއިރު، އެ ފޯމު ފުރުމުގެ ތިން ދުވަސް ކުރިން ފުރިހަމަ ކުރަން ޖެހެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތައިލެންޑުގެ އިމިގްރޭޝަނުން ގެނައި ބަދަލާ ގުޅިގެން ރާއްޖެ އާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލު އައިސްފައި ނުވާ ކަމަށެވެ.
އެގޮތުން ކުރިއެކޭ ވެސް އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ތައިލެންޑަށް ދަތުރުކުރާ ދިވެހިން އެ ގައުމަށް ފުރުމުގެ ކުރިން ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.














