ރައީސް އޮފީހުގެ މީޑިއާ ޓީމުގައި 35 މުވައްޒަފުން، މުސާރަ އާއި އިނާޔަތްތަކަށް މަހަކު 900،000ރ.

ރައީސް މުއިއްޒު، އެމަނިކުފާނުގެ އޮފީހުގެ ސްޓްރެޓަޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު ހަލީލު އާއެކު: ރައީސް އޮފީހުގެ މީޑިއާ ޓީމުގައި 35 މުވައްޒަފުން އެބަތިބި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، އެމަނިކުފާނުގެ އޮފީހުގެ ސްޓްރެޓަޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު ހަލީލު އާއެކު: ރައީސް އޮފީހުގެ މީޑިއާ ޓީމުގައި 35 މުވައްޒަފުން އެބަތިބި --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ނޫސްތަކަށް މައުލޫމާތު ދިނުމަށާއި މީޑިއާގެ އެހެން މަސައްކަތްތަކަށް ހާއްސަކޮށްފައި އޮންނަ ޓީމުގައި ޖުމްލަ 35 މުވައްޒަފުން ތިބި ކަން ހާމަވެއްޖެ އެވެ.

އެ އޮފީހުން މިދިޔަ މަހު އަދާހަމަކޮށް ނެރެފައިވާ މުވައްޒަފުންގެ ލިސްޓު، އަދަދު ނޫހުގެ ނޫސްވެރިން ބެލުމުން އެނގުނު ގޮތުގައި މި ޓީމުގައި ރައީސް އޮފީހުގައި މީޑިއާ އަދި ކޮމިއުނިކޭޝަނަށް ހާއްސަކޮށްފައިވާ ވަޒީރުގެ އިތުރުން ފޮޓޯ އަދި ވީޑިއޯ ނަގާ މީހުން ހިމެނެ އެވެ.

މި ލިސްޓުގައި ހިމަނާފައިވާނީ ރައީސް އޮފީހުގެ ލިސްޓުގައި ސީދާ ކޮމިއުނިކޭޝަންސް ޔުނިޓުގައި ނުވަތަ މީޑިއާގެ އެކި މަސައްކަތްތައް ކުރާކަން ފެންނާން ހުރި ފަރާތްތަކެވެ. އެއްވެސް ތަފުސީލެއްނެތި ޖަހާފައި ތިބި އަންޑަ ސެކްރެޓަރީންނާއި ޑިރެކްޓަރުންގެ ތެރެއިން މީޑިއާގެ މަސައްކަތް ކުރަނީ ކިތައް ފަރާތްކަން ސާފެއް ނޫނެވެ.

ރައީސް އޮފީހުގެ މީޑިއާ ޓީމު

  • ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު
  • އިސް ތަރުޖަމާނު
  • ދެ އަންޑަ ސެކްރެޓަރީން
  • ދެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީން
  • ޗީފް ވީޑިއޯގްރާފަރު
  • ޗީފް ފޮޓޯގްރާފަރު
  • ފަސް ސީނިއާ ކޮންޓެންޓް ކްރިއޭޓަރުން
  • ސީނިއާ ޕްރޮޑަކްޝަން އޮފިސަރު
  • ކޮންޓެންޓް މާކެޓިން، ޕީއާރު އެގްޒެކެޓިވް
  • މަލްޓިމީޑިއާ ޑިޒައިނަރު
  • ފަސް ކޮންޓެންޓް ކްރިއޭޓަރުން
  • ދެ ފޮޓޯގްރާފަރުން
  • ހަތަރު ވީޑިއޯ ގްރާފަރުން
  • ދެ ޕްރޮޑަކްޝަން އޮފިސަރުން
  • ކޮމިއުނިކޭޝަންސްގެ ޑެޕިއުޓީ ޑިރެކްޓަރު
  • ކޮމިއުނިކޭޝަންސްގެ ދެ އެސިސްޓަންޓް ޑިރެކްޓަރުން
  • ކްރިއޭޓިވް ޑިރެކްޓަރު
  • ޑިޒައިން ކޮންސަލްޓަންޓު

ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މީޑިއާ ޓީމުގައި ހިމެނޭ 35 ފަރާތަށް ދައުލަތުގެ ބަޖެޓުން މަހަކު 913،222ރ. ހަރަދުކުރެ އެވެ. އެއީ އަހަރަކަށް 11 މިލިއަން ރުފިޔާ އެވެ. ރައީސް މުއިއްޒުގެ ފަސް އަހަރުގެ ވެރިކަމުގައި އެމަނިކުފާނުގެ މީޑިއާ ޓީމަށް 55 މިލިއަން ދައުލަތުން ހަރަދުކުރާނެ އެވެ.

މީގެ ތެރެއިން އެންމެ މަދުން މުސާރައާއި އިނާޔަތްތައް ލިބޭ ފަރާތަށް ވެސް 15،000ރ. ލިބެ އެވެ. މި ޓީމުގެ އެވްރެޖް މުސާރައަކީ 26،000ރ. އެވެ.

ރައީސް އޮފީހުގައި މިވަގުތު 349 މުވައްޒަފުން އެބަތިއްބެވެ. އެހެންކަމުން ރައީސް އޮފީހުގެ ޖުމްލަ މުވައްޒަފުންގެ 10 އިންސައްތަ އަކީ އެ އޮފީހުގެ މީޑިއާ ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox