އާރުޓީއައި ހުށަހެޅުމުން ވެސް ފަނޑިޔާރުންގެ މައްޗަށް ހިންގާ ތަހުގީގުގެ މައުލޫމާތު އޭސީސީން ނުދިން

އޭސީސީގެ ރައީސް ޝާމިލް، ރައީސް މުއިއްޒު އާ ސަލާމްކުރަނީ : އާރުޓީއައި ލުމުންވެސް ފަނޑިޔާރުންގެ މައްސަލާގެ ތަފުސީލު ދޭން އޭސީސީން ވަނީ ދެކޮޅު ހަދާފަ --- ފޮޓޯ: ރައީސް އޮފީސް

އޭސީސީގެ ރައީސް ޝާމިލް، ރައީސް މުއިއްޒު އާ ސަލާމްކުރަނީ : އާރުޓީއައި ލުމުންވެސް ފަނޑިޔާރުންގެ މައްސަލާގެ ތަފުސީލު ދޭން އޭސީސީން ވަނީ ދެކޮޅު ހަދާފަ --- ފޮޓޯ: ރައީސް އޮފީސް

ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ ސަސްޕެންޑު ކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ކުރާ ތަހުގީގުގެ ތަފުސީލަށް އެދި އާރުޓީއައި ހުށަހެޅުމުން ވެސް އެއްވެސް ތަފުސީލެއް ދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެކޮޅު ހަދައިފި އެވެ.

އޭސީސީގެ ތަހުގީގަކަށް ރިއާޔަތްކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރީ ފެބްރުއަރީ 26، ގަ އެވެ. ސަސްޕެންޝަނާއެކު ސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

މި ތަހުގީގު ތަފުސީލު ދޭން އޭސީސީން ދެކޮޅު ހެދުމުން، ތަފުސީލުތައް ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅީ މާޗު 2، ގަ އެވެ.

އެ ހުށަހެޅުމުގައި މި ނޫހުން ވާނީ މައްސަލަ ހުށަހެޅި ތާރީހާއި ދުވަސް އަދި ޖޭއެސްސީއަށް މައްސަލައާ ގުޅިގެން ސިޓީ ފޮނުވި ތާރީހާއި ގަޑި އަދި ފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަފުސީލަށް ވެސް އެދިފަ އެވެ.

ޖަވާބުގައި އޭސީސީން ބުނީ އެދިފައިވާ މައުލޫމާތަކީ ހިނގަމުންދާ ތަހުގީގަކަށް ހުރަސްއެޅޭ މައުލޫމާތު ކަމަށް ދެކޭތީ، އެ ތަފުސީލުތައް ހިއްސާކުރެވެން ނެތް ކަމަށެވެ. މައްސަލަ ހުށަހެޅި ތާރީހާއި ވަގުތުވެސް އޭސީސީން ހިއްސާނުކުރި އެވެ.

ނަމަވެސް، މި މައްސަލައިގެ މައުލޫމާތު ރަނގަޅަށް އެނގޭ ތަފާތު އެކި މަސްދަރުތަކުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑު ކުރީ ސީދާ ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރި މައްސަލަ ހުއްޓުވާލުމަށެވެ.

މިހާތަނަށް މި މައްސަލައާ ގުޅިގެން ތަފާތު މަސްދަރުތަކުން "އަދަދު" ނޫހުން ހޯދި މައުލޫމާތުތަކުން ކަށަވަރު ކުރެވޭ ގޮތުގައި އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީގައި އޮތީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަމުން ދަނީ "ޖިނާއި ތަހުގީގެއް ކުރާކަމަށް" އެކަނި ކަމެވެ.

މިހާރު އޭސީސީގެ ރައީސަކަށް ހުންނެވ ޝާމިލް ވަނީ މި މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދެކޮޅު ހައްދަވާފަ އެވެ.

މިއީ މިފަހުގެ ތާރީހެއްގައި ފަނޑިޔާރުގެއާ ގުޅޭ ތަހުގީގެއް އޭސީސީން މިހާ އަވަހަށް ފިޔަވަޅުތަކެއް އެޅި ފުރަތަމަ ފަހަރެވެ. އޭސީސީގެ ތަހުގީގުތައް އެ ތަނުގައި ރަޖިސްޓްރީ ކުރުމަށް ފަހު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅެވެ. އެ ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލައިލުމުން ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމަށް ބައިކުޅަބައި މަސައްކަތް ވެސް ނުކުރެވޭކަން ސާފުކޮށް އެނގެ އެވެ.

އޭސީސީގެ އިތުރުން ޖޭއެސްސީންވެސް ގެންދަނީ ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒްގެ ސުލޫކީ މައްސަލަތަކެއްވެސް ބަލަމުންނެވެ. މި މައްސަލަތަކާ ގުޅިގެން ދެ ފަނޑިޔާރުން ޖޭއެސްސީއަށް ދެ ފަހަރެއްގެ މަތިން ހާޒިރުކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް, ސުލޫކީ މައްސަލަތައް ބަލަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ދުވަހެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފެބްރުއަރީ 27، ގައި ބިލެއް ފާސްކުރި އެވެ. ނަމަވެސް އެ ބިލު ތަސްދީގު ނުކޮށް ރައީސް މުއިއްޒު އަނބުރާ މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox